ލޯ ޗެކްކޮށްލަން މިއީ އެންމެ ރަނގަޅު ވަގުތު!

May 1, 2026, 7:25 AM
އައިކެއާއިން ހިދުމަތް ހޯދަން އައި މީހެއްގެ ލޯ ޗެކްކުރަނީ -- ފޮޓޯ: އައިކެއާ

އައިކެއާއިން ހިދުމަތް ހޯދަން އައި މީހެއްގެ ލޯ ޗެކްކުރަނީ -- ފޮޓޯ: އައިކެއާ

ގިނަ ވަގުތު ސްކްރީންތަކަށް ބަލަން ހުރުމުގެ ސަބަބުން ލޮލަށް ބާރުބޮޑުވެ، ބޮލުގައި ރިއްސުމާއި ފެންނަ އެއްޗެހި ފުސްވުމަކީ މިއަދުގެ ދިރިއުޅުމުގައި ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. ނަމަވެސް، މިފަދަ އަލާމާތްތަކަށް ފަރުވާކުޑަކޮށް، ލޯ ޗެކްކުރުން ފަސްކުރުމަކީ ދިގު މުއްދަތުގައި ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. 

ގަވާއިދުން ލޯ ޗެކްކުރުމަކީ ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި، ފެނުމަށް އަންނަ ކުދިކުދި ބަދަލުތައް ދެނެގަތުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ގިނަ ފަހަރަށް ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަށް އިންސާނާގެ ހަށިގަނޑު އަމިއްލައަށް ހޭނެމުންދާއިރު، އެކަން އިހުސާސް ކުރެވެނީ މައްސަލަ ބޮޑުވާ ހިސާބުންނެވެ. އެހެންކަމުން، ބޮލުގައި ރިއްސުމާއި ލޯ ފުސްވުން ފަދަ ކަންކަމަކީ ލޮލުގެ ފަރުވާއަށް ބޭނުންވެފައިވާ ކަމުގެ ކުރީގެ ނިޝާންތަކަކަށް ވެދާނެ އެވެ.

ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެދެމުންދާއިރު، ފޯނު ކޯލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދުމަށް ކިއޫގައި މަޑުކުރުމުގެ ބަދަލުގައި، ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށްދިނުމަށް އައިކެއާ އިން ވަނީ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. އައިކެއާގެ އަމާޒަކީ ކޮންމެ ކަސްޓަމަރަކަށްވެސް އެއްވެސް ތަކްލީފެއް ނެތި، އަވަސްކަމާއެކު ލޮލުގެ ފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

ކޯލް ކިއުގައި ގިނަވަގުތު ހޭދަކުރުމުގެ ބަދަލުގައި އައިކެއާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު އެޕޮއިންޓްމެންޓް ބުކް ކުރެވޭނެ އެވެ. މީގެ އިތުރުން، ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 7201026 އަށް މެސެޖު ކޮށްލައިގެންވެސް ވަރަށް ފަސޭހަކަމާއެކު އެޕޮއިންޓްމެންޓް ކަށަވަރު ކުރެވޭނެ އެވެ.

މި އިންތިޒާމްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މައުލޫމާތު ސާފުކޮށް ބޭނުންވާ ވަގުތަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވީމާ، ލޮލުގެ ފެނުމަށް ކުޑަވެސް ބަދަލެއް އައިސްފައިވާނަމަ ނުވަތަ ސްކްރީންތަކަށް ބަލާއިރު އުނދަގޫވާނަމަ، ލަސްނުކުރައްވައި އޮންލައިންކޮށް އެޕޮއިންޓްމެންޓް ހައްދަވައިގެން ލޯ ޗެކްކޮށްލުމަކީ ދުޅަހެޔޮ ފެނުމަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އައިކެއާ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދާނެ ގޮތް: 

އެޑިޓަރުގެ ނޯޓު: މިއީ އައިކެއާއިން ތައްޔާރުކޮށްފައިވާ ލިޔުމެއް

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox