ކައިވެނީގެ ގުޅުމުގައި އުމުރުގެ ފަރަގު؛ ކާމިޔާބީގެ ސިއްރަކީ ކޮބާ؟

އުމުރުގެ ތަފާތުތަކާއެކު ލޯބީގެ ގުޅުން ދައްކުވައިދޭ މަންޒަރެއް

އުމުރުގެ ތަފާތުތަކާއެކު ލޯބީގެ ގުޅުން ދައްކުވައިދޭ މަންޒަރެއް

ކޮންމެ އައު ގުޅުމަކީވެސް އުންމީދުތަކަކުން ފުރިގެންވާ ފެށުމެކެވެ. އަހަރުމެން ބައިވެރިއަކު އިހުތިޔާރު ކުރާއިރު އެމީހެއްގެ މިޒާޖަށާއި، ދިރިއުޅުމުގެ އަހުލާގަށާއި، ދެމީހުންގެ މެދުގައި އޮންނަ ގުޅުމަށް ނުހަނު ބޮޑަށް ސަމާލުކަން ދެމެވެ. ނަމަވެސް، ގިނަ ފަހަރަށް މާ ބޮޑު ސަމާލުކަމެއް ނުދެވި އޮންނަ، އެހެންނަމަވެސް ސައިންސްވެރިން ބުނާގޮތުގައި ގުޅުމުގެ ބިންގާ ވަރުގަދަކޮށްދޭ އެއް ކަމަކީ "އުމުރުގެ ފަރަގު" އެވެ.

ދެމީހުންގެ އުމުރުގައި 10 އަހަރު ނުވަތަ އެއަށްވުރެ ބޮޑު ތަފާތެއް ހުރުމަކީ ކައިވެނީގެ މައްސަލަތައް އިތުރުވެދާނެ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އެހެންވެ، ކާމިޔާބު ކައިވެންޏަކަށް އެންމެ އެކަށީގެންވާ އުމުރުގެ ފަރަގަކީ ކޮބައި ހެއްޔެވެ؟

ޖާނަލް އޮފް ޕޮޕިއުލޭޝަން އިކޮނޮމިކްސް ގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، އުމުރުގެ ތަފާތު ބޮޑު ދެމަފިރިންނަށްވުރެ، އުމުރު އެއްވަރު މީހުންގެ މެދުގައި ކައިވެނީގެ ހިތްހަމަޖެހުން ބޮޑެވެ. އެގޮތުން، 0 އާއި 3 އަހަރާ ދެމެދުގެ ފަރަގެއް ހުންނަ ދެމަފިރިންގެ ހިތްހަމަޖެހުން، 4 އާއި 6 އަހަރުގެ ފަރަގު ހުންނަ މީހުންނަށްވުރެ ބޮޑެވެ. ހަމައެފަދައިން، 4 އާއި 6 އަހަރުގެ ފަރަގު ހުންނަ މީހުންގެ ހިތްހަމަޖެހުން، 7 އަހަރަށްވުރެ ބޮޑު ތަފާތެއް ހުންނަ މީހުންނަށްވުރެ ބޮޑެވެ.

Advertisement

އާންމުގޮތެއްގައި، އުމުރުގެ ފަރަގު ބޮޑުވިވަރަކަށް ކައިވެނީގެ ހިތްހަމަޖެހުން ދަށްވެއެވެ. މި ދިރާސާއިން ދައްކާ އެއް ނަޒަރިއްޔާއަކީ، އުމުރުގެ ތަފާތު ބޮޑު ދެމަފިރިންނަށް ދިރިއުޅުމުގައި ދިމާވާ ނޭދެވޭ ކަންކަމާ (މިސާލަކަށް އިގުތިސާދީ ދަތިކަން ނުވަތަ ބަލިމަޑުކަން) ކުރިމަތިލުމުގައި ކެތްތެރިކަން ކުޑަވުމެވެ. މީގެ އިތުރުން ދަރިން ހޯދުމާއި ރިޓަޔަ ކުރުން ފަދަ ދިރިއުޅުމުގެ މަރުހަލާތަކުގެ ވާހަކަވެސް ފާހަގަކޮށްފައިވެއެވެ.

އުމުރުގެ ފަރަގު ހަގީގަތުގައި މުހިންމުތަ؟

އުމުރުގެ ފަރަގަކީ ގުޅުމެއްގެ ދެމިއޮތުމަށާއި ހިތްހަމަޖެހުމަށް އަސަރުކުރާ ކަމަކަށް ވިޔަސް، އެއީ ގުޅުމެއް ކާމިޔާބުވުން ނުވަތަ ނޫންކަން ކަނޑައަޅާ ހަމައެކަނި ސަބަބެއް ނޫނެވެ. މިފަދަ ދިރާސާތަކުން ދައްކައިދެނީ އުމުރުގެ ބޮޑު ފަރަގަކީ ދެމީހުންގެ ޝައުގުވެރިކަމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، އަދި ދުރު ރާސްތާގެ އަމާޒުތަކުގައި ބޮޑެތި ތަފާތުތަކެއް ހުރެދާނެ ކަމެވެ.

އުމުރުގެ ފަރަގު 10 އަހަރު ބޮޑު މީހަކާއެކު ވަރުގަދަ ގުޅުމެއް އޮތްނަމަ އެކަމަށް ފަސް ނުޖެހޭށެވެ. ނަމަވެސް، އުމުރުގެ ބޮޑު ފަރަގެއް ހުރި މީހަކާ ގުޅުން ބޭއްވުމުގައި ދަތިތަކެއް ހުރިނަމަ، އެކަމުގެ ސަބަބުން މުސްތަގުބަލަށް ކުރާނެ އަސަރާ މެދު ވިސްނާލުން ރަނގަޅެވެ. އެފަދަ ގުޅުމެއްގައި ދެމިހުރުމަށްޓަކައި ތިރީގައިވާ ކަންކަމަށް ވިސްނާލުން މުހިންމެވެ؛

  • ލަނޑުދަނޑިތައް އެއްގޮތްތަ؟: ކެރިއަރުގެ ކުރިއެރުމާއި، ދަރިން ހޯދުމާއި، މާލީ ރޭވުންތަކުގައި ދެމީހުންގެ ވިސްނުން ހުރީ އެއް މިސްރާބަކަށް ހެއްޔެވެ؟
  • ޝައުގުވެރިކަން ހިއްސާކުރެވޭތަ؟: ދެމީހުން އެކުގައި ކުރާނެ ކަންތައްތަކެއް ހުރުމަކީ އުމުރުގެ ފަރަގުގެ ސަބަބުން އުފެދޭ ދުރުމިން ކުޑަކޮށްދޭނެ ކަމެކެވެ.
  • މުޖުތަމައުގެ ފާޑުކިޔުންތަކަށް ތައްޔާރުތަ؟: އުމުރުގެ ބޮޑު ފަރަގަކާއެކު އޮންނަ ގުޅުންތަކަށް މީހުން ފާޑުކިޔުމަކީ އާންމު ކަމެކެވެ. މިފަދަ ކަންކަމަށް ކެތްކުރުމުގެ ގާބިލުކަން ހުރުން މުހިންމެވެ.

ކާމިޔާބު ކައިވެންޏަކަށް އޮތީ ވަކި ސީދާ ފޯމިއުލާއެއް ނޫނެވެ. ސައިންސް ބުނާ  0-3 އަހަރުގެ ފަރަގު އަކީ ކާމިޔާބު ނަންބަރެކެވެ. ނަމަވެސް، ކޮންމެ އުމުރެއްގެ މީހަކާ ގުޅުނު ކަމުގައިވިޔަސް، ގުޅުމެއް ދެމިއޮންނާނީ ދެމީހުންގެ މެދުގައި އޮންނަ އިހުތިރާމާއި، އިތުބާރާއި، އަދި އެކަކު އަނެކަކަށްޓަކައި ކުރާ މަސައްކަތުންނެވެ. އުމުރުގެ ފަރަގަށްވުރެ ބޮޑަށް، ދެމީހުންގެ ހިތުގެ ގުޅުން ވަރުގަދަ ނަމަ ކޮންމެ ހުރަހެއްވެސް ގިރާ ކުރެވޭނެއެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox