އެމެރިކާގެ ނޭވީ ސެކްރެޓަރީ ވަކިކޮށްފި
އެމެރިކާގެ ނޭވީ ސެކްރެޓަރީ ޖޯން ފީލަން މަގާމުން ވަކިކޮށް، އެ މަގާމު ވަގުތީ ގޮތުން ހަންގް ކާއޯއާ ވަނީ ހަވާލުކޮށްފައެވެ. ފީލަން މަގާމުން ވަކިކުރީ ދިފާއީ ވަޒީރު ޕީޓް ހެގްސެތުއާ ދެމެދު އުފެދުނު ނުތަނަވަސްކަމާއި މަނަވަރު ބަނުމުގެ މަސައްކަތް ލަސްވުމުގެ މައްސަލަތަކާ ގުޅިގެން ކަމަށް ބެލެވެއެވެ. މިއީ ރައީސް ޓްރަމްޕްގެ މި ސަރުކާރުގައި އަސްކަރީ ސެކްރެޓަރީއަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.