ބަދަލުވާންވީ މުއިއްޒުގެ ސިޔާސަތު، ކެބިނެޓެއް ނޫން

ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި: ބަދަލު ކުރަންޖެހެނީ އެމަނިކުފާނުގެ ގެންގުޅުއްވާ ގޮތްތައް -- ފޮޓޯ: އަދަދު ފައިލް

ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި: ބަދަލު ކުރަންޖެހެނީ އެމަނިކުފާނުގެ ގެންގުޅުއްވާ ގޮތްތައް -- ފޮޓޯ: އަދަދު ފައިލް

ސަރުކާރުން ބުނާ ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު 10 ވަޒީރަކު ވަކިވީ، ރައީސް ގެންނަވަން ބޭނުންވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. 

އެހެންކަމުން، ރައީސް މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި، އެ 10 މިނިސްޓަރުން މަގާމުގައި ތިބެގެން، އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ އިސްލާހީ ބަދަލުތަކެއް ނުގެނެވޭނެ އެވެ. 

މުއިއްޒުއަށް ގަބޫލު ކުރެއްވުނީ، މިއަދު މަގާމުން ވަކިވި 10 ވަޒީރުންނަކީ އިސްލާހީ ބަދަލުތައް ތަންފީޒު ކުރުމުގެ ގާބިލްކަން ނެތް ބޭފުޅުން ކަމަށެވެ. 

Advertisement

"ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވައިފި،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

އެކަމަކު، ވަޒީރުން މީގެ ކުރިން ވިދާޅުވެފައިވާ ވާހަކަތަކަށް ބަލާއިރު އެބޭފުޅުން ތަންފީޒު ކުރަމުން ވަޑައިގެންނެވީ މުއިއްޒުގެ ސިޔާސަތު، އެމަނިކުފާނު ބޭނުންވެވަޑައިގެންނެވިހާ ގޮތަކަށް ކަން އެނގެ އެވެ. 

މަޝްރޫއުއެއް އިފުތިތާހު ކުރާ ކޮންމެ ހަފުލާއެއްގައި، ވާހަކަ ދައްކަވަން ލިބޭ ކޮންމެ ޖަލްސާއެއްގައި އަދި އިންޓަވިއު ދެއްވާ ހުރިހާ ފަހަރުތަކެއްގައި ވެސް މިނިސްޓަރުން ވިދާޅުވަމުން ގެންދެވީ، މިވެނިއެވެނި މަސައްކަތްތައް ކުރަމުންދިޔައީ މުއިއްޒު އެންގެވި ގޮތަށް، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. 

ވަޒީރުންގެ ވާހަކަތަކުން އެނގެނީ، މަގާމު ފުރުއްވާ ބޭފުޅާ ބަދަލުވި ނަމަވެސް އޭނާ މަސައްކަތް ކުރާނެ ގޮތް ބަދަލުނުވާނެ ކަމެވެ. މުއިއްޒު ވަޒީރުން ގެންގުޅުއްވީ މައިކްރޯ މެނޭޖް ކުރައްވައިގެން ކަން މިނިސްޓަރުންގެ ވާހަކަތަކުން އެނގެ އެވެ. 

ސަރުކާރު އިސްލާހު ކުރަންޖެހޭކަން ނުވަތަ ރިފޯމް ކުރަންޖެހޭ ކަމަށް މުއިއްޒަށް ވިސްނިވަޑައިގަތީ އޭޕްރީލް 4، ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކުރަން ފެނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރު ބޮޑުތަނުން ބަލިވުމުންނެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ހޯދީ އިދިކޮޅު އެމްޑީޕީ އިންނެވެ. ފެންނަ ނުފެންނަ ވޯޓުގައި، ނޫނެކޭ ބުނި މީހުންގެ އަދަދު، ނިމިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ވޯޓު ދިން މީހުންނަށް ވުރެ ގިނަ އެވެ. 

"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތް ﷲ ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އިންތިހާބު ބޭއްވި ދުވަހުގެ ރޭ މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

ސަރުކާާރަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނު ވިދާޅުވާ ބަހުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދެ އެވެ. ފުރަތަމަ ކަމަކަށް، ރައްޔިތުން ބޭނުންވާ ބަދަލަކީ ކޮބައިކަން މުއިއްޒަށް އެނގިވަޑައިގަންނަވާތޯ އެވެ؟ 

ރައްޔިތުންގެ ބޭނުންވާ ބަދަލުތަކަކީ ކޮބައިތޯ ރައްޔިތުން ކައިރި އަހަންޖެހެ އެވެ. ނިމިދިޔަ އިންތިހާބީ ދުވަހު ރައްޔިތުންގެ އެންމެ ގިނައިން ވޯޓު ދިން އިދިކޮޅު ޕާޓީއާ މަޝްވަރާތަކެއް ކުރަންޖެހެ އެވެ. 

އެފަދަ އެއްވެސް ކަމެއް ކުރުމުގެ ނިޔަތް ސަރުކާރުގައި އޮތް ހެން ހިއެއްނުވެ އެވެ. ހުރިހާ ޕާޓީއެއް ގުޅިގެން މަޝްވަރާ ކުރަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަނީ ގޮވާލައިފަ އެވެ. އެ ގޮވާލުމަށް ސަރުކާރުން މިހާތަނަށް ޖަވާބެއް ނުދެ އެވެ. 

ބަޔަކާ މަޝްވަރާނުކޮށް ވެސް މުއިއްޒަށް ކުރެއްވޭނެ ކަންކަން ބައިވަރު އެބަހުއްޓެވެ. އެންމެ ބޮޑު ކަމަކީ އެމަނިކުފާނުގެ ހުދުމުހުތާރު ގޮތްގަނޑު ދޫކޮށްލެއްވުމެވެ. ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމެވެ. ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުސްތަގިއްލު ކޮމިޝަންތަކަށް ނުފޫޒު ފޯރުވުން ހުއްޓާލެއްވުމެވެ. 

ރައްޔިތުންނަށް އޭގެ އަސަރު އެތައް އަހަރަކަށް ކުރާނެ ފަދަ ސިޔާސަތުތައް، އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ތަންފީޒު ކުރުން ހުއްޓާލަންޖެހެ އެވެ. އޭގެ ބަދަލުގައި ދެމެހެއްޓެނެވި ގޮތެއްގައި ތަންފީޒު ކުރެވޭނެ ހެޔޮ ބަދަލުތައް ސަރުކާރަށް ގެންނަންޖެހެ އެވެ.

ނިމިދިޔަ އިންތިހާބީ ދުވަހުން އެނގު އެންމެ ބޮޑު ހަގީގަތަކީ، ރައްޔިތުން ނުރުހެނީ މުއިއްޒު ދެކެ ކަމެވެ. ކޮންމެ ބޭފުޅަކު ކެބިނެޓުގައި ހުންނެވި ނަމަވެސް މުއިއްޒު ކެބިނެޓު ފެންވަރު ރަނގަޅެއް ނުވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox