ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށްފި

ވަޒީރުންގެ މަޖިލިހަށް އަލަށް ހުވާ ކުރެއްވި ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް

ވަޒީރުންގެ މަޖިލިހަށް އަލަށް ހުވާ ކުރެއްވި ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ 10 މިނިސްޓަރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވި ފަހުން، މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް މަދުކޮށްފައިވާކަން ސަރުކާރުން މިރޭ އިއުލާންކޮށްފި އެވެ. 

ރައީސް އޮފީހުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުން ހާމަވެފައިވާ ގޮތުގައި މަދުކުރި ބައެއް މިނިސްޓްރީތައް ވަނީ އެހެން މިނިސްޓްރީތަކާ އެއްކޮށްލާފަ އެވެ. 

ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން މެންޑޭޓަށް ބަދަލެއް ނާންނަނީ ހަމައެކަނި އެޓާނީ ޖެނެރަލް އާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީގެ އެވެ. އޭގެ ތެރެއިން ޑިފެންސް މިނިސްޓަރު މިހާތަނަށް އައްޔަންކޮށްފައެއް ނުވެ އެވެ. 

Advertisement

 އަދަދު އަށް މައުލޫމާތު ލިބޭ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ މެންޑޭޓު ބަދަލުކޮށް، އެގްރިކަލްޗާ އާއި އެނިމަލް ވެލްފެއާގެ މިނިސްޓްރީގެ މެންޑޭޓު ވަނީ އިތުރުކޮށްފަ އެވެ. ޝިޔާމް މިރޭ އައު މަގާމަށް އައްޔަން ނުކުރީ ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. 

އޭގެ އިތުރުން ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓްރީއަށް ލޭބާ އިތުރުކޮށްފައިވާއިރު، ހެލްތު މިނިސްޓްރީއަށް ފެމިލީ އެންޑް ވެލްފެއާ ވަނީ އިތުރުކޮށްފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީން އެންވަޔަރަމަންޓް މިނިސްޓްރީ ވަނީ ވަކިކޮށްފަ އެވެ. 

ބަދަލުތައް ގެނައި އެހެން މިނިސްޓްރީތަކަށް ބަލާއިރު އިކޮނޮމިކް މިނިސްޓްރީއަށް ޓްރާންސްޕޯޓް މިނިސްޓްރީ އިތުރުކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީއަށް ސިވިލް އޭވިއޭޝަން މިނިސްޓްރީ ވަނީ އިތުރުކޮށްފަ އެވެ. އަދި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް އެއްކޮށްލިއިރު، އެޑިއުކޭޝަން މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ވަނީ އެއްކޮށްލާފަ އެވެ. 

ނަމަވެސް  ކެބިނެޓު އަލުން އެކުލަވާލިއިރު ޑިފެންސް މިނިސްޓަރަކު އައްޔަންނުކުރެ އެވެ. އަދި އެ މިނިސްޓްރީގެ ޒިންމާތައް އެހެން މިނިސްޓްރީއަކާ އެކެއް ނުކުރެ އެވެ. 

މިއީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި މިނިސްޓްރީތަކުގެ އަދަދު މަދުކުރި ދެ ވަނަ ފަހަރެވެ. ރައީސް މުހައްމަދު މުއިއްޒު ފުރަތަމަ ކެބިނެޓު އެކުލަވާލީ 22 މިނިސްޓްރީއާއެކީގަ އެވެ. އެ ފަހުން އެ އަދަދު ވަނީ 20 އަށް މަދުކޮށްފަ އެވެ. 

އާ ކެބިނެޓު

  1. އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް
  2. ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު، މޫސާ ޒަމީރު
  3. ހޯމްލޭންޑް، ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، އަލީ އިހުސާން
  4. ފޮރިން އެފެއާޒް މިނިސްޓަރު، އިރުތިޝާމް އާދަމް
  5. ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު، ގީލާ އަލީ
  6. އެޑިޔުކޭޝަން އެންޑް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު
  7. ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން
  8. ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު
  9. އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް، އެންޑް ޓްރޭޑް މިނިސްޓަރު، މުހައްމަދު ސައީދު
  10. އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓް މިނިސްޓަރު، މުހައްމަދު ޝަހީމް
  11. އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު، ހީނާ ވަލީދު
  12. އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕަމަންޓް މިނިސްޓަރު، އަބްދުﷲ މުއްތޮލިބު
  13. ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު، އަލީ ޝަރީފް
  14. ފިޝަރީޒް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ، އަހުމަދު ޝިޔާމް
  15. ޑިފެންސް މިނިސްޓަރު (އައްޔަން ނުކުރޭ، ސަބަބެއް ވެސް ނޭނގޭ)

ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދުލް ޣަނީ މުހައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ސޮއިކުރެއްވި އެވެ.

މިއަދު ކެބިނެޓުން ވަކިވި މިނިސްޓަރުން 

 1- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫން

2- މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ހަލީލް

3- މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް 

4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް

5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އައިޝަތު ޝިހާމް

6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް އާދަމް ނަސީރު އިބްރާހީމް

7- މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މަރްޔަމް މާރިޔާ

8- މިނިސްޓަރ އޮފް ޔޫތު، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު

9- މިނިސްޓަރ އޮފް ސިޓީސް އާދަމް ޝަރީފު އުމަރު

10- މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އަލީ ހައިދަރު

ސަރުކާރުގެ މިނިސްޓްރީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި މިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފައި ވަނިކޮށެވެ.

ކައުންސިލް އިންތިހާބާއެކު ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރުން ހުށަހެޅި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ހުށަހެޅުމަށް ވެސް ބޮޑުތަނުން ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox