އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ކޮންޓްރޯލް ކޮމިޝަނުން ބަލަން ފަށައިފި

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ޕޯސްޓަރު -- ފޮޓޯ: އަދަދު

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ޕޯސްޓަރު -- ފޮޓޯ: އަދަދު

އަދަދު ނޫހުން މީގެ 17 ދުވަސްކުރިން ގެނެސްދިން އައިޝާ ޑޮކިއުންމެންޓަރީގެ މައްސަލަ  މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މިއަދު ބަލަން ފަށައިފި އެވެ.

އެ ކޮމިޝަނުން އެ މައްސަލަ ބަލަން ފަށާފައިވާކަން، މި ނޫހަށް މިއަދު ވަނީ އަންގައިފަ އެވެ. އައިޝާ ޑޮކިއުމެންޓްރީ މި ނޫހުން ގެނެސްދިނީ މާޗު 28، ގަ އެވެ.

އެ ޑޮކިއުުމެންޓްރީގައި އިންޓަވިއުދިން އަންހެން މީހާ ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައި އެވެ. އެ ގޮތުން، ކައިވެނިން ބޭރުން މުއިއްޒު ގުޅުމެއް ބޭއްވި ކަމަށާއި އޭނާއަށް މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް އޭނާ ތުހުމަތު ކޮށްފައިވެ އެވެ.

އެ ޑޮކިއުމެންޓްރީ އާންމުކުރުމުގެ ކުރިން ސަރުކާރުގެ ތަރުޖަމާނާ އެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެ ޑޮކިއުމެންޓްރީގައި އެ ޖަވާބު ވެސް ހިމަނާފައިވާނެ އެވެ. 

އަދަދު ނޫހުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުން ގެނެސްދިން އެ ވީޑިއޯގައި އެ މުވައްޒަފުގެ އަސްލު ނަން ވަނީ ސިއްރުކޮށްފަ އެވެ.

"ރައީސްގެ ކެބިން ތެރޭގަ އިންނާނެ ދެ ސޯފާ. އެލްއެއް ގޮތަށް. ހުންނައިރުގަ މިހެން ދިގުކޮށް ހުންނަ ސޯފާގައި އަޅުގަނޑާ ރައީސްއާ ދެމީހުން އެންމެ ގިނައިން ފިސިކަލްކޮށް [އުޅުނީ]. ދެން ރައީސްގެ މެއިން ޓޭބަލް، ވަށްކޮށް ހުންނަ ޓޭބަލް. ދެން އެ ޓޭބަލް މަތީގައި އަޅުގަނޑު ރައީސްއާއެކު ފިސިކަލްކޮށް އުޅުނީ."

ރައީސް މުއިއްޒު އާއި އޭނާއާ ދެމެދު މެސެޖު ބަދަލުކޮށްފައިވާ ޗެޓު ލޮގާއި ކޯލް ލޮގު މި ނޫހަށް ވަނީ ފެނިފަ އެވެ. އޮފީހުގެ ރަސްމީ ވަގުތުން ބޭރުން ރައީސް އޭނާއަށް މެސެޖު ކުރައްވާފައިވާކަން އޭގެން ހާމަވެ އެވެ. އަދި އޭނާއަށް ރައީސް ފޮނުވާފައި ވަނީ ވަކި ގަޑިއެއްގެ ތެރޭގައި އަމިއްލައަށް ފުހުވޭ ވައްތަރުގެ މެސެޖެ އެވެ.

އެ ވީޑިއޯގެ މައްސަލަ ކޮންޓްރޯލް ކޮމިޝަނުން ތަހުުގީގު ކުރަން ފަށާފައިވާއިރު، އެ ޑޮކިއުމެންޓްރީ އާންމުކުރިފަހުން، މިހައިތަނަށް ސަރުކާރުން ވެސް މުއިއްޒު ވެސް އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި، އެ ތުހުމަތުތަކުގެ ސީރިއަސްކަމާއެކު ވެސް އެއްވެސް އިދާރާއަކުން އެ މައްސަލަ ތަހުގީގު ކޮށްފައެއް ވެސް ނުވެ އެވެ.

މި ނޫހަށް އިންޓަވިއު ދިން މީހާއަކީ، މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް އޮފީހުގެ ވަޒީފާއެއްގައި ހުރި މުވައްޒަފެކެވެ. އޭނާ އެ އޮފީހުގައި ވަޒީފާ އަދާކުރީ ހަފުތާއެއްހާ ދުވަހު އެވެ. އޭގެ ފަހުން ޖެންޑާ މިނިސްޓްރީ އާއި ހަޔާ އެޑިކުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ވެސް ހުއްޓެވެ. ނަމަވެސް، މިވަގުތު އޭނާ ސަރުކާރުގެ އެއްވެސް މަގާމެއް އަދާނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox