ކެބިނެޓަށް މިނިސްޓަރުން އައްޔަންކުރުން މިރޭ

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ސަރުކާރުގެ ކެބިނެޓަށް އައު މިނިސްޓަރުން މިރޭ އައްޔަންކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ސަރުކާރުގެ ކެބިނެޓަށް އައު މިނިސްޓަރުން މިރޭ އައްޔަންކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ކެބިނެޓުން 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމުތަކަށް މިރޭ އައު މިނިސްޓަރުން އައްޔަންކުރަން ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ކެބިނެޓަށް އައު މިނިސްޓަރުން އައްޔަން ކުރަން ހަމަޖެހިފައިވަނީ މިރޭ 19:00 ގެ ފަހުންނެވެ. އެގޮތުން މުއިއްޒު އެ ގަޑިއަށް ރައީސް އޮފީހަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ކެބިނެޓަށް އައްޔަންކުރާ އައު މިނިސްޓަރުންގެ ތަފްސީލެއް މިހާތަނަށް މި ނޫހަށް ލިބިފައެއް ނުވެ އެވެ. 

މިއަދު ކެބިނެޓުން ވަކިވި މިނިސްޓަރުން 

 1- ޑިފެންސް މިނިސްޓަރު، މުހައްމަދު ޣައްސާން މައުމޫން

2- ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް

3- ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް 

4- ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު، ޠާރިޤު އިބްރާހީމް

5- ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު، އައިޝަތު ޝިހާމް

6- ދިވެހި ލެންގުއޭޖް މިނިސްޓަރު، އާދަމް ނަސީރު އިބްރާހީމް

7- އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު، މަރްޔަމް މާރިޔާ

8- ޔޫތު މިނިސްޓަރު، އިބްރާހީމް ވަހީދު

9- ސިޓީސް މިނިސްޓަރު، އާދަމް ޝަރީފު އުމަރު

10- މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އަލީ ހައިދަރު 

އަދަދު އަށް އެނގިފައިވާ ގޮތުގައި މިއަދު ބައެއް މިނިސްޓަރުން އިސްތިއުފާ ދޭން އެންގެވީ ސީދާ މުއިއްޒު އެވެ. އަދި ބައެއް މިނިސްޓަރުންނަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ނުދީ ވަކި ކުރީ އެވެ. 

އެކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ މިނިސްޓަރުން ވެސް އިސްތިއުފާ ދެއްވީ ކަމަށާއި އިސްތިއުފާ ދެއްވީ މުއިއްޒު ގެންނަން ބޭނުންވެވަޑައިގަންނަވާ އިސްލާހުތަކަސް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ. 

ސަރުކާރުގެ މިނިސްޓަރުންތައް މިއަދު ވަކިކޮށްފައި މިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފައި ވަނިކޮށެވެ.

ކައުންސިލް އިންތިހާބާއެކު ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރުން ހުށަހެޅި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ހުށަހެޅުމަށް ވެސް ބޮޑުތަނުން ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox