ހީނާ، ގީލާ، އިރުތިޝާމްގެ އިތުރުން އަލީ ޝަރީފް ހިމަނައިގެން ކެބިނެޓު އެކުލަވާލައިފި

އައު ކެބިނެޓް

އައު ކެބިނެޓް

ކުރިން ވަޒީރު ކަމުގައި ނެތް ހަތަރު ބޭފުޅަކު ހިމަނައިގެން، ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓު މިރޭ އަލުން އެކުލަވާލައިފި އެވެ. 

ކެބިނެޓު އަލުން އެކުލަވާލީ މިއަދު 10 މިނިސްޓަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މުއިއްޒުގެ ކެބިނެޓު އަލުން އެކުލަވާލިއިރު، މިނިސްޓްރީތަކުގެ އަދަދު ވަނީ، އެޓާނީ ޖެނެރަލް އޮފީސް ހިމަނައިގެން، 15 އަށް މަދުކޮށްފަ އެވެ. ކުރިން އޮންނަނީ 20 މިނިސްޓްރީ އެވެ. 

އާ ކެބިނެޓު

  • އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް
  • ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު، މޫސާ ޒަމީރު
  • ހޯމްލޭންޑް، ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، އަލީ އިހުސާން
  • ފޮރިން އެފެއާޒް މިނިސްޓަރު، އިރުތިޝާމް އާދަމް
  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު، ގީލާ އަލީ
  • އެޑިޔުކޭޝަން އެންޑް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު
  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން
  • ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު
  • އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް، އެންޑް ޓްރޭޑް މިނިސްޓަރު، މުހައްމަދު ސައީދު
  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓް މިނިސްޓަރު، މުހައްމަދު ޝަހީމް
  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު، ހީނާ ވަލީދު
  • އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕަމަންޓް މިނިސްޓަރު، އަބްދުﷲ މުއްތޮލިބު
  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު، އަލީ ޝަރީފް
  • ފިޝަރީޒް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ، އަހުމަދު ޝިޔާމް
  • ޑިފެންސް މިނިސްޓަރު (އައްޔަން ނުކުރޭ، ސަބަބެއް ވެސް ނޭނގޭ)

މިރޭ ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ހުވާނުކުރައްވަނީ މެންޑޭޓަށް ބަދަލެއް ނާންނަ އެޓާނީ ޖެނެރަލް، އުޝާމް އާއި މި ވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. މައުލޫމާތު ލިބޭ ގޮތުގައި ޝިޔާމްގެ މެންޑޭޓު ބަދަލުކޮށް، އެގްރިކަލްޗާ އާއި އެނިމަލް ވެލްފެއާގެ މިނިސްޓްރީގެ މެންޑޭޓު ވަނީ އިތުރުކޮށްފަ އެވެ. 

ކެބިނެޓު އަލުން އެކުލަވާލިއިރު ޑިފެންސް މިނިސްޓަރަކު އައްޔަންނުކުރެ އެވެ. އަދި އެ މިނިސްޓްރީގެ ޒިންމާތައް އެހެން މިނިސްޓްރީއަކާ އެކެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox