އެމެރިކާ އާއި އިޒްރޭލުން އިރާނަށް ބޮން އަޅައި ފެށި ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 1،000 އިން މައްޗަށް އަރައިފި އެވެ.
އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް 1،045 މީހުން ވަނީ މަރުވެފަ އެވެ.
އިރާނުން ވެސް އަންނަނީ ރައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. އޭގެ އިތުރުން ލުބުނާންގައި ހަރަކާތްތެރިވާ ހިސްބުﷲ އިން ވެސް އަންނަނީ އިޒްރޭލަށް ހަމަލާ ދެމުންނެވެ.
އެމެރިކާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުން ވަނީ އިރާނުގެ މަނަވަރެއް ވެސް ފައްތާލާފަ އެވެ. އަދި އިރާނުގެ ހަމަލާތައް ހުއްޓާލަންދެން މި ހަނގުރާމަ ކުރާނެ ކަމަށް އެމެރިކާއިން ބުނެ އެވެ.
މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރާއި ކަނޑުމަގުން ކުރާ ދަތުރުތައް ވަނީ އެއްކޮށްހެން ހުއްޓިފަ އެވެ.







