ކާށި ބިނދެފިންތަ؟ ހަމައެކަނި ގޭމެއް ނޫން، އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތެއް!

ކާށި ބިނދެފިންތަ؟ ހަމައެކަނި ގޭމެއް ނޫން، އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތެއް!

ރޯދަމަސް ދެބައިވީ އެވެ. އަގުހުރި އެތައް އިނާމެއް ދިރާގު އެޕްގެ ތެރޭގައި ފޮރުވިފައި ހުރިކަން އެނގޭހެއްޔެވެ؟ ކުރަންވީ ކަމަކީ އެ އެޕްގައި ތެރެއިން ކާށި ބިނދެލުމެވެ.

"ކާށި ބިނދެގެން" މި ޕްރޮމޯޝަނަކީ ރޯދަމަހުގެ ފޫހިފިލުވައިދޭނެ، އުފާވެރިކަމާއި ފޯރިގަދަ ޑިޖިޓަލް ތަޖުރިބާއެއް ކުރުމާއެކު އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތެކެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް މަޖާ މާހައުލެއްގައި ގޭމެއް ކުޅެލައިގެން، ގިނަ އަދަދެއްގެ ހިލޭ ޑޭޓާ އާއި އެންމެ ފަހުގެ ސްމާޓް ފޯނުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުން ފެށި ހަރަކާތެކެވެ.

ކޮންމެ ދުވަހަކު އިނާމެއް، ކޮންމެ ވަގުތަކު އުފަލެއް!

މި ޕްރޮމޯޝަން ކުރިއަށްދާނީ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ މެންދުރު 1:00 އިން ހަވީރު 6:00 އާ ހަމައަށެވެ. ދިރާގު އެޕް މެދުވެރިކޮށް ކާށި ބިނދެގެން ކޮންމެ ދުވަހަކުވެސް 2ޖީބީގެ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

ބޮޑެތި އިނާމުތަކުގެ ތަފްސީލު

ކާށި ބިންނަ ދުވަސްތަކުގެ މައްޗަށް ބިނާކޮށް ލިބޭ ހާއްސަ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • 5، 10 ނުވަތަ 20 ދުވަހު ވިދިވިދިގެން ކާށި ބިނދެގެން 1ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ.
  • 10 ދުވަސް ހަމަކުރުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާއެއް.
  • 20 ދުވަސް ހަމަކުރުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް26 އަލްޓްރާ ފޯނެއް.

ބޮޑު އިނާމު: ޝަންހާއީގެ ހިތްގައިމު ދަތުރެއް!

މި ޕްރޮމޯޝަންގެ އެންމެ ހާއްސަ އިނާމަކީ، މެދުކެނޑުމެއްނެތި ރަމަޟާން މަހުގެ 30 ދުވަހު ކާށި ބިންނަ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދޭ އިނާމެވެ. އެ ނަސީބުވެރިއަކަށް ދެ މީހަކަށް ޗައިނާގެ ޝަންހާއީގައި އެއް ހަފުތާގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ދިރާގުން ހާމަކުރި ގޮތުގައި މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މި ބަރަކާތްތެރި މަހު އައު ތަޖުރިބާތަކަކާއި ފައިދާކުރަނިވި ހަދިޔާތަކެއް ފޯރުކޮށްދިނުމެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު ތަފްސީލު ދިރާގުގެ ވެބްސައިޓުން މި ލިންކު މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox