ޚާމަނާއީ އަވަހާރަކޮށްލިތާ 48 ގަޑިއިރުވީއިރު ވެސް ސަރުކާރު ހިމޭނުން، އާންމުން ރަތަށް!

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިސްވެ އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލިތާ 48 ގަޑިއިރު ވެގެންދިޔައިރު، ވެސް ދިވެހި ސަރުކާރުން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އޮންނާތީ އާންމުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާތަކުގައި އާޔަތުالله ޚާމަނާއީ އަވަހާރަކޮށްލީ އިއްޔެރޭ ފަތިހު އެވެ. ނަމަވެސް މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް ދިވެހި ސަރުކާރުން އަދި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެކަން ކުށްވެރި ކުރައްވައިފައެއް ވެސް، އަދި ތައުޒިޔާ ފޮނުއްވައިފައެއް ވެސް ނުވެ އެވެ.

އެކަމާ ނުރުހުން ފާޅުކޮށް ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ހިިޔާލުފާޅުކުރި މީހުން ބުނީ މުސްލިމަކަށް ވިޔަސް ނުވަތަ އެހެން ދީނެއްގެ މީހަކަށް ވިޔަސް ހަމަލާއެއްދީ މަރާލުން އެއީ ކުށެއް ކަމަށާއި އެކަން ކުށްވެރިކުރަން ނުކެރުމަކީ ދެފުށްގެދޮތްކަން ކަމަށެވެ.

"މިހާރު ގައުމުގައި ވެރިކަން ކުރަން ތިޔަ ހުރީ ވެރިއެއްގެ ސިފަހުރި އިންސާނެއް ނޫން، ދޮގުން ފުރި ބަންޑުން ދަނީ މިހާރު،" އަބްދުالله ރަޝީދުގެ ނަމުގައި ފޭސްބުކް އެކައުންޓެއް ހިންގާ މީހަކު ބުންޏެވެ.

އެކަމާ ނުރުހުން ފާޅުކުރި ބައެއް އެހެން މީހުން ބުނީ، އިސްލާމީ ގައުމެއްގެ ވެރިއަކު އަވަހާރަވުމުން މީގެ ކުރިން ވެސް އަމަލު ކުރަމުން އައިގޮތަށް އެކަމާ ހިތާމަކޮށް، ތައުޒިޔާގެ މެސެޖު ފޮނުވުމަކީ ރާއްޖެއިން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

އެ މީހުންގެ ވާހަކައަށް ބާރު ލިބެނީ މި ވެރިކަމުގެ ދުވަސްވަރު ވެސް ކަން ކޮށްފައިވާ ގޮތުންނެވެ. ރާއްޖޭގެ ވެރިކަމުގެ ހުވާ މުއިއްޒު ކުރެއްވިފަހުން، ކުވެއިތުގެ އަމީރު އަވަހާރަވުމުން ދިވެހި ސަރުކާރުން ތައުޒިޔާ ފޮނުވައި ޑިސެމްބަރު 17، 2023 އިން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރި އެވެ.

އޭގެފަހުން ނެމީބިއާގެ ރައީސް، އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ވެސް ފެބްރުއަރީ 2024 ގައި ތިން ދުވަހަށް ގައުމީ ދިދަ ތިރިކުރި އެވެ. އަދި، މެއި 2024، ގައި އިރާނުގެ ރައީސްއަކަށް ހުންނެވި އިބްރާހިމް ރައީސީ އަވަހާރަވުމުން ވެސް ސަރުކާރުން އަމަލު ކުރީ ހަމަ އެގޮތަށެވެ. އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުން ވެސް އަމަލުކުރީ އެގޮތަށެވެ.

އެހެންނަމަވެސް، އާޔަތުالله ހާމަނާއީ އަވަހާރަކޮށްލުމުން އެކަން ކުށްވެރި ނުކުރިތަނުގައި، ދިވެހި ސަރުކާރުން އިރާނަށް ތައުޒިޔާގެ މެސެޖެއް ވެސް ނުފޮނުވަ އެވެ.

އެކަމާ ނުރުހުން ފާޅުކުރި ބައެއް އާންމު ރައްޔިތުން ވަނީ މުއިއްޒުގެ އިސްތިއުފާއަށް ވެސް ސޯޝަލްމީޑިއާގައި ގޮވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox