އިރާނު ހަނގުރާމަ 4 ނުވަތަ 5 ހަފުތާއަށް ދެމިގެންދާނެ ކަމަށް ބެލެވުނަސް، އެއަށްވުރެ ދިގުލައިގެން ހިނގައިދާނެ: ޓްރަމްޕް

Mar 3, 2026, 4:39 AM
އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް

އިރާނު ހަނގުރާމަ 4 ނުވަތަ 5 ހަފުތާއަށް ދެމިގެންދާނެ ކަމަށް ބެލެވުނަސް، އެއަށްވުރެ ދިގުލައިގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމައިގެ ފުރަތަމަ ޕްލޭން އެގޮތަށް އޮތް ނަމަވެސް، އެއަށްވުރެ މާ ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ވެސް، އެކަމަށް ބޭނުންވާ ފުރިހަމަ ގާބިލްކަން އެމެރިކާއަށް ލިބިގެންވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، އިރާނުގެ "އަސްކަރީ ލީޑަޝިޕް ނައްތާލުމަށް" އެންމެ ފުރަތަމަ ލަފާކުރީ ހަތަރު ހަފުތާގެ މުއްދަތެއް ނަގާނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން ފުރަތަމަ ދިން ހަމަލާތަކުގައި އިރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ވެރިޔާ ހިމެނޭހެން އެ ގައުމުގެ އެތައް ވެރިންނެއް އަވަހަރާކޮށްލާފައިވެ އެވެ.

އިޒްރޭލާ ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމައަށް ދިއުމަށް އެމެރިކާއިން ނިންމި ސަބަބުތައް ޓްރަމްޕް ބަޔާންކޮށް ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އިރާނަކީ އެމެރިކާއަށް އޮތް "ބޮޑު ނުރައްކަލެއް" ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އިރާނަށް ދިން ހަމަލާތަކުގައި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް "ފުނޑުފުނޑުކޮށްލެވިފައިވާ" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް ބެލިސްޓިކް މިސައިލް ޕްރޮގްރާމް ވަރަށް ބާރަށް ކުރިއަރަމުންދާ ކަމަށާއި، އެއީ އެމެރިކާއަށާއި އެހެން ގައުމުތަކުގައި ތިބި އެމެރިކާގެ ސިފައިންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އިރާނުގެ ސަރުކާރު އަތުގައި މިހާރުވެސް ޔޫރަޕަށާއި، އެތެރެއާއި ބޭރުގައި ހުރި އަހަރެމެންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެވޭ ފަދަ މިސައިލް އެބަހުރި. އަދި މާލަސްތަކެއް ނުވެ އެމެރިކާއާ ހަމައަށް ފޯރާނެ މިސައިލްވެސް އެމީހުން ހޯދާނެ،" ހަނގުރާމަ ފެށުމުގެ ކުރިން ވެސް ދައްކަވަމުން އައި ވާހަކަ ޓްރަމްޕް ތަކުރާރުކުރެއްވި އެވެ.

ހޮނިހިރު ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް އިރާނުން 555 މީހުން، ލުބުނާނުން 13 މީހުން، އިޒްރޭލުން 10 މީހުން، ޔޫއޭއީ އިން ތިން މީހުން، އަދި އިރާގުން 2 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން އޮމާން، ބަހްރެއިން އަދި ކުވެއިތުން ކޮންމެ ގައުމަކުން އެކަކު މަރުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އެމެރިކާގެ ސިފައިންގެ ހަތަރު މީހަކު މަރުވިކަން އެ ގައުމުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox