ގޭސް އުފައްދާ އެންމެ ބޮޑު ފެކްޓަރީއަށް އިރާނުން ހަމަލާދިނުމުން ގޭހުގެ އަގު އިންތިހާ މައްޗަށް

Mar 2, 2026, 2:39 PM
ގޭސް އުފައްދާ އެންމެ ބޮޑު ފެކްޓަރީއަށް އިރާނުން ހަމަލާދިނުމުން ގޭހުގެ އަގު އިންތިހާ މައްޗަށް

ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ގަތަރު އެނަޖީ އަށް އިރާނުން ހަމަލާދިނުމުން އެ ފެކްޓަރީއިން ގޭސް އުފެއްދުން ހުއްޓާލައިފި އެވެ.

ގަތަރު އެނަޖީއިން ގޭސް އުފެއްދުން ހުއްޓާލުމާއެކު ގޭހުގެ އަގު ވަނީ 50 ޕަސެންޓު އުފުލިފަ އެވެ. ފެކްޓަރީގެ މަސައްކަތް އަލުން ފަށާނެ ދުވަހެއް ގަތަރުގެ ސަރުކާރުން ހިންގާ ގަތަރު އެނަޖީއަކުން އަދި ނުބުނެ އެވެ.

އަލްޖަޒީރާ އިން ބުނީ ގަތަރު އެނަޖީއަށް ހަމަލާ ދިނީ އިރާނުގެ ދެ ޑްރޯންއަކުން ކަމަށެވެ. ޑްރޯންއަކީ މީހުން ނުލައި، ދުއްވުމުގެ ގާބިލްކަން ހުރި، މަތިންދާބޯޓެވެ.

Advertisement

އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ހަމަލާދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭގެ ފަހުން އިޒްރޭލުން ވަނީ އިރާނުގެ ސުޕްރީމް ލީޑަރު ހާމަނާއީ އަވަހާރަކޮށްލައިފަ އެވެ. ބަދަލުގައި އިރާނުން ހަމަލާދޭން ފެށީ އެމެރިކާއިން އަސްކަރީ ބޭސްތައް ހަދައިގެން އުޅޭ އިރާނާ އަވައްޓެރި ގައުމުތަކަށެވެ.

މިހާތަނަށް އިރާނުން ވަނީ ގަތަރުގެ އިތުރުން، ކުވެއިތާއި އޮމާން އާއި ޔޫއޭއީ އާއި އުރުދުންއަށް ހަމަލާތަކެއް ދީފަ އެވެ. އެންމެ ވަރުގަދަ ހަމަލާތަކެއް ދިނީ ޔޫއޭއީއަށެވެ. އެ ގައުމުގައި އެމެރިކާގެ ސިފައިންގެ ބަޔަކު ތިބި ހޮޓަލަކަށް ވެސް އިރާނުން ހަމަލާދިނެވެ.

ހަމަލާތައް ދިނުމުގެ ކުރިން އިރާނުން އާންމު ކުރި މެސެޖެއްގައި އަރަބި ގައުމުތަކަށް މުހާތަބުކޮށް ބުނީ، އިރާނުން ހަމަލާދެނީ އެމެރިކާގެ ބޭސްތަކަށް ކަމަށެވެ. އަދި އެއީ އެގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ނުބެލުމަށް ވެސް އިރާނުން ގޮވައިލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox