ފެކްޓް ޗެކް: ފްލެޓްތަކުގެ ވެރިންނަށް ފައިސާ ދޭ ވާހަކަ މެނިފެސްޓޯ އަދި ވައުދު ފޮތުގައި ވެސް ނެތް

މުހައްމަދު މުއިއްޒު: ފްލެޓްތަކުގެ ވެރިންނަށް ފައިސާ ދޭ ވާހަކަ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ނެތްކަން ވަނީ ހާމަވެފައި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: ފްލެޓްތަކުގެ ވެރިންނަށް ފައިސާ ދޭ ވާހަކަ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ނެތްކަން ވަނީ ހާމަވެފައި -- ފޮޓޯ: ރައީސް އޮފީސް

ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް ފައިސާ ދޭނެ ވާހަކަ މި ސަރުކާރުގެ މެނިފެސްޓޯ އަދި ވައުދު ފޮތުގައި އޮންނާނެ ކަމަށް ވިދާޅުވެ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބަށް ޕީއެންސީން ތައްޔާރުކުރި މެނިފެސްޓޯގެ އިތުރުން ރިޔާސީ އިންތިހާބުގައި ވީ ވައުދުތަކުގެ ފޮތުގައި ފްލެޓް ވެރިންނަށް ފައިސާ ދޭނެކަން ބަޔާންކޮށްފައިވާނެ ކަމަށެވެ.

"އެއްވެސް ގޮތަކަށް ރިޝަވަތެއް ނޫން. މީގެއިން މިހާމަވަނީ ތިބޭފުޅުންގެ މައުލޫމާތު ނެތްވަރު އެނގޭތޯ. އަޅުގަނޑުގެ މެނިފެސްޓޯގައިވެސް އޮންނާނެ ކަމެއް އެއީ. މެނިފެސްޓޯގައިވެސް އަދި އެއާ ގުޅިގެން ރިޔާސީ އިންތިހާބުގެ އެކިއެކި ކެމްޕެއިންގެ ދުވަސްވަރުވެސް އޮންނާނެ އެވާހަކަ ދައްކާފައި،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އަދަދު އިން ބެލި ބެލުމުން މުއިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވަނީ މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅައިލައި، އާ ފްލެޓްތަކެއް އަޅައިދިނުން އެކަންޏެވެ.

އޭގެ އިތުރުން، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ވެސް ފްލެޓުތަކުގެ ވެރިންނަށް ފައިސާގެ ހަދިޔާއެއް ދޭ ވާހަކަ މުއިއްޒު ވިދާޅެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވެފައި ވަނީ އާ ފްލެޓުތަކެއް އަޅައިދޭ ވާހަކަ އެވެ.

"މާލޭގައި ހުރި ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުރި ސިނަމާލެ 4، މިތަންތަން ހުރީ ބޮލަށް ވެއްޓެން ގާތްވެފައި. ވީރާނާވެގެންގޮސް ވެއްޓެނީ. ރެނދުލައިގެންގޮސް ހުސްވަނީ. އެހެންވީމާ، އެތަންތަންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އާއިމާރާތްތަކެއް އެތަންތަނުގައި އަޅައިދޭނަން. އަޅައިދީ އެ ފަރާތްތަކުގެ ގެދޮރު ތާއަބަދަށް އިރާދަކުރެއްވިއްޔާ، ވީހާވެސް ގިނަ ދުވަހަށް ޔަގީންކޮށްދޭނަން،" އޯގަސްޓް، 20، 2023، ގައި ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް މުއިއްޒު މިއަދު ވިދާޅުވީ ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ބޯމައްޗަށް ވެއްޓޭ ހިސާބުގައި ހުރި ކަމަށާއި ރިޔާސީ ވައުދުގައިވީ ވައުދާ އެއްގޮތަށް އެތަންތަނުގެ ވެރިންނަށް ފައިސާ ދޭނެ ކަމަށެވެ.

"ކުޑަކުޑަ ކަމެއް ނުކުރާ ވާހަކައެއް ނޫން. އެހެންނަމަވެސް މިތަންތަން ހުރީ މީހުންގެ ބޯމައްޗަށް ވެއްޓޭ ހިސާބުގައި. އެހެންވީމަ އަޅުގަނޑު ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ވައުދުވީ. އެކިއެކި ޕޯޑިއަމްތަކުގައި ހުންނާނެ. އަޅުގަނޑު ހުންނާނެ ބޯ ފޮތެއް ނެރެފައި. ފޮތް ބައްލަވާ. ފޮތް ބަލާލަން ވަގުތު ނެތީ ކަމަށް ވެދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ހުރި ހާލަތުން އެތާ ދިރިއުޅޭ މީހުންނަށް އެހެން ތަނަކަށް ބަދަލުވެވެންދެން ވެސް ކޮންމެވެސް ކުރަންޖެހޭ ކަމަށާއި ސިޓީ ކައުންސިލުން އެ މަރާމާތް ނުކުރާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން މުއިއްޒު ވިދާޅުވީ އެ ފައިސާވެސް ދޭން ނިންމީ ކެބިނެޓުން ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށް ފައިސާ ދޭން ނިންމީ ކެބިނެޓުގައި މަޝްވަރާކޮށް މި އަހަރު ފެށުނު ހިސާބުގައި ކަމަށާއި އޭގެ ކުރިން އެކަން ނުކުރެވުނީ ސިޓީ ކައުންސިލްގެ ތެރެއިން އެއްބާރުލުން ނުލިބިގެން ކަމަށެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދޭން ނިންމުމުން، ޖުމްލަ 161 އެޕާޓްމަންޓަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 16.1 މިލިއަން ރުފިޔާ ދޭންޖެހޭނެ އެވެ.

އެ ނިންމެވުން މުއިއްޒު ނިންމެވީ މުލީއާގޭގައި މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ބައެއް ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު އާއި މާލޭގެ ޑަބްލިއުޑީސީގެ ރައީސަކަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާނުގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް އަދި ގަލޮޅު ދެކުނަށް ވާދަކުރައްވާ މިހާރުގެ ކައުންސިލަރު އިބްރާހިމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox