އިރާނުން އަރަބި ގައުމުތަކަށް ދޭ ހަމަލާތަކާ ދެކޮޅުކަން މުއިއްޒު ހާމަކުރައްވައިފި

މުހައްމަދު މުއިއްޒު: އިރާނުން އަރަބި ގައުމުތަކަށް ދޭ ހަމަލާތަކާ ދެކޮޅުކަން މުއިއްޒު ވަނީ ހާމަކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: އިރާނުން އަރަބި ގައުމުތަކަށް ދޭ ހަމަލާތަކާ ދެކޮޅުކަން މުއިއްޒު ވަނީ ހާމަކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

އިޒްރޭލާއި އެމެރިކާއިން އިރާނަށް ދޭ ހަމަލާތައް ކުށްވެރިނުކޮށް، އިރާނުން ރައްދުގައި އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތަކާ ދެކޮޅުކަން މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު މިއަދު ވިދާޅުވީ އިރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅައި އެ ގައުމުތަކާއެކު ރާއްޖެއިން އޮތްކަން ހާމަކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިގޮތުން މުއިއްޒު ވިދާޅުވީ ޔޫއޭއީގެ ރައީސަށް ރޭ ފޯނުން ގުޅުއްވައި ރާއްޖެއިން އެ ގައުމާއެކު އޮތްކަން ހާމަކުރައްވާފައިވާ ކަމަށާއި އިރާނުން ދޭ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

Advertisement

"އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ގުޅާ ވާހަކަދެއްކުން، ރާއްޖޭގެ ސަޕޯޓް އެފަރާތްތަކަށް އޮތްކަން ދެންނެވުމުގެ މަސައްކަތް އެބަކުރިއަށް ގެންދަން. މިހާރު ރޭގައި އަޅުގަނޑު ވާނީ ޔޫއޭއީގެ ރައީސާ ވާހަކަދައްކާފައި ފޯނު ކޯލެއްގައި،" މުއިއްޒު ވިދާޅުވި އެވެ.

"ރާއްޖޭގެ ސަޕޯޓު ޔޫއޭއީއަށް މިދިމާވެގެން އުޅޭ، އިރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން މީހުންވެސް މަރުވޭ އެބަ. އިމާރާތްތަކަށްވެސް ގެއްލުންވޭ އެބަ. އެކަމާ ގުޅޭގޮތުން ރާއްޖޭގެ ފަރާތުން ދިވެހި ރައްޔިތުންގެ އެބޭފުޅުންނާ އެކީގައި ތިބިކަން ދަންނަވާފައިވާނެ."

މީގެއިތުރުން މިއަދު ސައިދީ އަރަބިއްޔާ އާއި ބަހުރައިން އާއި އޮމާން އަދި ގަތަރުގެ ވެރިންނަށް މިއަދު ގުޅައި އެ ގައުމުތަކާއެކު ވެސް ތިއްބެވިކަން ހާމަކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާ މުއިއްޒު ކުށްވެރި ނުކުރައްވާ ސަބަބެއް މިހާތަނަށް ހާހަމަކުރައްވާފައެއް ނުވެ އެވެ. އޭގެއިތުރުން އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އެކަމާ ގުޅިގެން ވެސް ރާއްޖެއިން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox