އަސާސީ ކަންކަމަށް ބޭނުންވާ ވަރަށް ވެސް ލޭ ނެތުމުން ނެޝަނަލް ބްލަޑް ސަޕްލައި އެމަޖެންސީއެއް އިއުލާނުކޮށްފި

Jan 30, 2026, 8:30 AM
އަސާސީ ކަންކަމަށް ބޭނުންވާ ވަރަށް ވެސް ލޭ ނެތުމުން ނެޝަނަލް ބްލަޑް ސަޕްލައި އެމަޖެންސީއެއް އިއުލާނުކޮށްފި

ލޭ ރައްކާ ކުރާ ބްލަޑް ބޭންކުތަކުން ވަރަށް ބޮޑަށް ލޭ މަދުވެ، އަސާސީ ކަންކަމަށް ބޭނުންވާ މިންވަރަށް ވެސް ލޭ ނެތުމުން، ނެޝަނަލް ބްލަޑް ސަޕްލައި އެމަޖެންސީއެއް އިއުލާނުކޮށްފި އެވެ.

ލޭ މަދުވެ، އެމަޖެންސީ ހާލަތެއް މިދިޔަ ބުދަ ދުވަހު ކުރީ އިމަޖެންސީކޮށް ލޭ ބޭނުންވާ މީހުންނާއި ވިހެއުމުގެ ތެރޭގައި ލޭ ބޭނުންވާ މީހުންނާއި ކެންސަރުގެ ފަދަ ބަލިތަކުގައި ލޭ ބޭނުންވާ މީހުންނާއި ގަވާއިދުން ލޭ އަޅަންޖެހޭ މީހުންނަށް ބޭނުންވާ މިންވަރަށް ލޭ ނެތުމުންނެވެ.

"ލޭ ދިނުމަށް ޝަރުތު ހަމަވާ މީހުން، އެހެން ބަޔަކު ލޭ ދޭނެ ކަމަށް ބަލަން ނުތިއްބަވާ، ލޭ ހަދިޔާ ކުރަން އަވަސްވެ ގަންނަވާ،" ލޭ ހޯދަން މަސައްކަތް ކުރާ އަށް ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ލޭ ހަދިޔާ ކުރުމުގެ މައިގަނޑު ޝަރުތުތައް

18 އަހަރު ފުރިފައިވުން

  1. ބަރުދަނުގައި 45 ކިލޯ ހަމަވުން
  2. ޖިސްމާނީ ގޮތުން އަދި ނަފުސާނީ ގޮތުން ދުޅަހެޔޮވުން
  3. ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައި ނެތުން
  4. އެންމެ ފަހުން ލޭ ހަދިޔާ ކުރިތާ ތިން މަސްދުވަސް ފާއިތުވެފައިވުން

ލޭގެ ރިޒާވް މިހާ ބޮޑަށް ދަށްވީ، އަލަށް ލޭ ހަދިޔާ ކުރާ މީހުން މަދުވުމާއި ސްކޫލް ބަންދާ ދިމާވުމުން ގަވާއިދުން ލޭ ހަދިޔާ ކުރާ މީހުންނަށް ވެސް ލޭ ނުދެވުމާއި ރޯގާ އާއި އެހެނިހެން ބަލިތަކާ ހުރެ ލޭ ހަދިޔާ ކުރަން ޝަރުތު ހަމަނުވުމާއި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުން ގިނަވުމުން ކަމަށް، ލޭ ހޯދުމުގެ މަސައްކަތް ކުރާ ލޭ އެޕް އިން އިސްނަގައިގެން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އެ ބަޔާން ނެރުނީ، ލޭ އެޕުގެ އިތުރުން މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އާއި އެހީ ޖަމިއްޔާ އާއި ބްލަޑް ޑޮނާސް މޯލްޑިވްސް އާއި ރިޕަބްލިކް އޮފް ޑޮނާސް އާއި އަތުކުރި އޮޅާލަމާ ޖަމިއްޔާއިން ގުޅިގެންނެވެ.

މި ހަބަރަށް ހެލްތު މިނިސްޓްރީގެ ބަހެއް ހޯދަން މިއަދު މަސައްކަތް ކުރި ނަމަވެސް ކޮމެންްޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުން ގިނަވެފައި ވަނީ ރާއްޖޭގެ ވައިގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްވުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ވައި ނުސާފު މިންވަރު ވަރަށް ބޮޑަށް ގޯސްވެގެން ސަރުކާރުން ވަނީ އިއްޔެ ވެސް އެލާޓެއް ނެރަފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެ ވައި ނުސާފުވާން ފެށީ އުތުރު އިންޑިއާގެ ހިރަފުސްގަނޑު ވަޔާއެކު ރާއްޖެ ސަރަހަށް ދަތުރު ކުރުމުންނެވެ. ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު އިންޑިއާގެ ހިރަފުސްގަނޑު ރާއްޖެ އަށް ދަތުރު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox