ކަށީގެ ކެންސަރު ފަރުވާއިން ޓިއުމަރުގެ ވޭން ކުޑަކުރެވޭ

Jan 30, 2026, 2:50 AM
ކަށީގެ ކެންސަރު ފަރުވާއިން ޓިއުމަރުގެ ވޭން ކުޑަކުރެވޭ

ކެންސަރުގެ ބާވަތްތަކުގެ ތެރެއިން، ސައެންސްވެރިން ބުނާ ގޮތުގައި އެންމެ ވޭންދެނިވި ބާވަތަކީ ކަށީގެ ތެރެއަށް ފެތުރިގެންދާ ބާވަތުގެ ކެންސަރެވެ. އަދި އެންމެ ގިނަ މީހުން މަރުވާ ކެންސަރުގެ ބާވަތަކީ ވެސް އެއީއެވެ. އެހެންކަމުން ހަށިގަނޑުގެ އެހެން ގުނަވަނެއްގައި އުފެދިފައިވާ ކެންސަރުގެ އަސަރު ކަށިތަކާ ހަމައަށް ފެތުރޭ ހާލަތުގައި ފަރުވާ ކުރުމަށް އާ ބޭހެއް އީޖާދުކުރުމުގެ މަސައްކަތުގައި ސައެންސްވެރިން ވަނީ އެތައް އަހަރެއް ހޭދަކޮށްފައެވެ.

އެ ގޮތުން ޗައިނާގެ ޒޭޖިއާން ޔުނިވަސިޓީގެ ސައެންސްވެރިން މިހާރު ވަނީ ގެސްޑާމިން ބީ (gasdermin B) ކިޔާ ޕްރޮޓީނެއް އުފެއްދުމަށް އަމާޒުކޮށް އީޖާދުކުރި، ޑީއެންއޭ އެކުލެވޭ ފެޓީ ކެޕްސޫލެއް، ނޭނޯތެރަޕީއެއްގެ ގޮތުގައި އުފައްދައިފައެވެ. ނޭނޯ ތެރަޕީއަކީ 5-500 ނޭނޯމީޓަރުގެ ބޮޑުމިނުގައި ހުންނަ ވަރަށް ކުދިކުދި އެތިކޮޅުތަކެކެވެ. (ނޭނޯމީޓަރެއްގެ ބޮޑުމިނަކީ މީޓަރެއްގެ ބިލިއަން ބައިކުޅަ އެއް ބައެވެ.)

މި ކެޕްސޫލުން ކުރާނެ ކަމަކީ، ހަށިގަނޑުގައި ހުންނަ ދުޅަހެޔޮ ސެލްތަކަށް ގެއްލުމެއް ނުދީ، ކެންސަރު ސެލްތަކުގައި ގެސްޑާމިން ބީ ޕްރޮޓީން އުފެއްދުމެވެ. މި ކެޕްސޫލްގައި އެކުލެވޭ އޮޕްސާ (OPSA) ކިޔާ ކެމިކަލްއަކީ، ހަށިގަނޑުގައި ގުދުރަތީ ގޮތުން އެކުލެވިގެންވާ ކެންސަރާ އިދިކޮޅު ދިފާއީ ނިޒާމު އިތުރަށް ހަރަކާތްތެރި ކުރުވާނެ މާއްދާއެކެވެ.

Advertisement

އަލަށް މި އުފެއްދި ފަރުވާގެ އަޖުމަ ބެލުމުގެ ގޮތުން، ލެބޯޓެރީގައި މީދަލަށް މި ފަރުވާ ދިނުމުން އެދެވޭ ނަތީޖާއެއް ފެނުނު ކަމަށް ސައެންސްވެރިން ބުނެއެވެ. މީދަލުގެ ހަށިގަނޑުގައި މި ފަރުވާ ބޭނުންކުރުމުން، ކެންސަރު ސެލްތައް މަރާލައި، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މަސައްކަތް ހީވާގިވެގެން ދިޔަކަން ފާހަގަކުރެވުނެވެ.

މީދަލުގައި މި ފަރުވާގެ އަޖުމަ ބެލީ، ސިއްހަތު ސަލާމަތުން ތިބި މީދާތަކެއްގެ އެއް ފަޔަށް، އުރަމަތީ ކެންސަރުގެ ސެލްތަކެއް، އިންޖެކްޝަނެއްގެ ޒަރީއާއިން ފޮނުވައިގެންނެވެ. އެއަށް ފަހު އެ ފައިގެ ކަށިގަނޑުގައި ޓިއުމަރު އުފެދުމުން، މި ނޭނޯތެރަޕީގެ އިންޖެކްޝަން، ދެ ދުވަހުން އެއް ދުވަހު، ފަސް ދުވަސް ވަންދެން މީދާތަކުގެ ނަގުލަށް ޖެހިއެވެ.

ދެ ހަފުތާ ފަހުން ބެލި އިރު، މީދާތަކުގެ ފައިގެ ކަށީގައި އުފެދުނު ޓިއުމަރު ހުރީ، ފަރުވާ ފެށި އިރު ހުރި ވަރަށް ވުރެ 94 އިންސައްތަ ކުޑަވެފައެވެ. އަދި ކެންސަރު ސެލްތައް ވެއްދި ފައިގެ ހަރަކާތްތައް ވެސް މުޅިން ރަނގަޅުކަން ފާހަގަކުރެވުނެވެ. މިއިން އެނގުނީ ނޭނޯތެރަޕީގެ ފަރުވާއިން، ކެންސަރު ޓިއުމަރު އުފެދިފައިވާ ގުނަވަނުގައި އަޅާ ވޭން ކުޑަވެގެންދާ ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox