އިންތިހާބާ ދިމާކޮށް ދޭ ވަޒީފާތަކާއި ފަށާ މަޝްރޫއުތަކާ ގުޅޭގޮތުން އޭސީސީގެ ބަހެއް ނެތް

އޭސީސީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އިންތިހާބާ ދިމާކޮށް ސަރުކާރުން ކުރަމުންދާ ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނުން އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފައި -- ފޮޓޯ؛ އޭސީސީ

އޭސީސީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އިންތިހާބާ ދިމާކޮށް ސަރުކާރުން ކުރަމުންދާ ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނުން އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފައި -- ފޮޓޯ؛ އޭސީސީ

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ދޭ ވަޒީފާތަކާއި ފަށާ މަޝްރޫއުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްޗެއް ނުބުނި އެވެ.

މިކަމާ ގުޅޭގޮތުން އަދަދު އިން ތަކުރާރުކޮށް އޭސީސީއަށް ގުޅައި މެސެޖުކުރުމުން ވެސް އެ ކޮމިޝަނުން އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފަ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ކައުންސިލް އިންތިހާބާ ދިމާކޮށް އެކި މިނިސްޓްރީތަކާއި އެސްއޯއީތަކަށް އަދި އެކި އިދާރާތަކަށް މުވައްޒަފުން ދަނީ ނަގަމުންނެވެ.

މިގޮތުން ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަން އުޅޭ ކަމަށް ދާދި ފަހުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭގޮތުން އޭސީސީއާ ސުވާލުކުރުމުން ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީގެއިތުރުން ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ދަނީ ބޯހިޔާވެހިކަމުގެ އެކި މަޝްރޫއުތަކަށް ކުރިމަތިލާން ހުޅުވާލަމުންނެވެ.

ސަރުކާރުން ހުޅުވާލި ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ރަސްމާލެއިން ދޫކުރާ 15،000 ބިމާއި 7،900 ފްލެޓަށް ކުރިމަތިލާން ހުޅުވާލިއިރު، ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ.

ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލާން ސަރުކާރުން ހުޅުވާލީ އެކަން ކައުންސިލުން ކުރިއަށް ގެންދަނިކޮށް، ކައުންސިލް އަތުން އަތުލުމަށްފަހު އެވެ.

ވޯޓު ގަންނަ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އެ މީހުންގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ތާއީދު ހޯދުމަށް ރިޝްވަތު ދީފި ނަމަ ރިޕޯޓު ކުރުމަށް އޭސީސީން ޖެނުއަރީ 12، ގައި އެދުނެވެ.

ރިޝްވަތު ދިނުމާއި ހިފުމަކީ ގާނޫނީ ކުށެއްކަން ހަނދާން ކޮށްދީ އޭސީސީން ވަނީ އެފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ރިޕޯޓު ކުރުމަށް އެދިފަ އެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް ނުބަލައި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ވެސް އެ ކޮމިޝަނުން ވަނީ ދީފަ އެވެ.

ނަމަވެސް އިންތިހާބާ ދިމާކޮށް ސަރުކާރުން ކުރަމުންދާ ކަންކަމާ ގުޅިގެން އަދި އެ ކޮމިޝަނަށް މިހާތަނަށް އެއްވެސް ރިޕޯޓެއް ލިބިފައިވާކަން ވެސް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox