ރޯދަ މަހާ ދިމާކޮށް އަންނަމުންދާ މުދާ އުފުލާ ބޯޓުތައް ގިނަވެ، މުދާ ބޭލުމުގައި ދަތިތަކެއް

މާލޭ ވިޔަފާރި ބަނދަރުގައި މުދާތައް ލޮރީއަށް އެރުން: ރޯދަ މަހާ ދިމާކޮށް ވިޔަފާރި ބަނދަރުން މުދާ ބޭލުމުގައި ދަތިތަކެއް ވަނީ ދިމާވެފައި -- ފޮޓޯ: އަދަދު

މާލޭ ވިޔަފާރި ބަނދަރުގައި މުދާތައް ލޮރީއަށް އެރުން: ރޯދަ މަހާ ދިމާކޮށް ވިޔަފާރި ބަނދަރުން މުދާ ބޭލުމުގައި ދަތިތަކެއް ވަނީ ދިމާވެފައި -- ފޮޓޯ: އަދަދު

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މާލޭ ވިޔަފާރި ބަނދަރަށް އެއް ފަހަރާ ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުތައް އަންނަމުންދާތީ، މުދާ ބޭލުމުގައި ދަތިތަކެއް ދިމާވެއްޖެ އެވެ.

އެމްޕީއެލްގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ ޑެޕިއުޓީ މެނޭޖަރު، ހަސަން ޝިފާން އަދަދު އަށް ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމުގައި ދަތިތަކެއް ދިމާވީ އެ ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ކަމަށެވެ.

ޖެނުއަރީ 12، ގައި މާލޭ ވިޔަފާރި ބަނދަރުން ބާލަން ހުރީ 3،901 ކޮންޓެއިނަރު ކަމަށްވާއިރު، ލޯޑްކުރަން ހުރީ 2،700 ކޮންޓެއިނަރު ކަމަ ޝިފާން މައުލޫމާތު ދެއްވި އެވެ.

އެހެން ނަމަވެސް، މިއަދު 12:00 ޖެހުމާ ހަމައަށް މިހާރު ނުބޭލި ހުރީ 1،250 ކޮންޓެއިނަރު ކަމަށްވާއިރު، ލޯޑުކުރަން ހުރީ 1،118 ކޮންޓެއިނަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން، ޖެނުއަރީ 12، އިން ފެށިގެން މިއަދު 12:00 ޖެހުމާ ހަމައަށް މާލެ ވިޔަފާރި ބަނދަރަށް ޖުމްލަ ހަތް ކާގޯ އުޅަނދު ލޯޑު ކުރި ކަމަށާއި އެގެތެރެއިން މިހާތަނަށް ހުސް ނުކުރެވި އޮތީ ދެ ބޯޓު ކަމަށް ޝިފާން ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން އެއްފަހަރާ ބޯޓުތައް އަންނަ ކޮންމެ ފަހަރަކު ވެސް މުދާ ބޭލުމުގައި ދަތިތައް ދިމާވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓަރމިނަލްގެ ކެޕޭސިޓީއަކީ 2،750 ކޮންޓޭނަރެވެ. ނަމަވެސް އެ ޓާމިނަލްތަކުގައި މިވަގުތު ވެސް 5،338 ކޮންޓޭނަރު އެބަހުއްޓެވެ.

ކޮންޓޭނަރު އުލާ ބޯޓު ފަހަރާއި ޕެރިޝަބަލް މުދާ އުފުލާ ބޯޓު ފަހަރު ހިމެނޭ ގޮތަށް ޖުމްލަ އަަށް އުޅަނދެއް މިވަގުތު ވެސް މާލޭ ވިޔަފާރި ބަނދަރުގައި އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox