އާސަންދަ ސްކީމްގެ ދަށުން އައިނު ހެދުމުގެ ހިދުމަތަށް ބޮޑު ލުޔެއް ގެނެސް، އަމިއްލަ ބައެއް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދައިގެ ދަށުން އައިނު ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އާސަންދަ ކޮމްޕެނީން އިއްޔެ އާންމުކުރި އިއުލާނެއްގައިވާ ގޮތުން، އެ ކުންފުނީގައި ރަޖިސްޓަރީވެފައިވާ ލޮލުގެ ޑޮކްޓަރުންނާއި އޮޕްޓޮމެޓްރިސްޓުން ދޫކުރާ ރިފްރެކްޝަން ޕްރިސްކްރިޕްޝަންތަކަށް އިއްޔެއިން ފެށިގެން އާސަންދަ މެދުވެރިކޮށް އައިނު ހެއްދޭނެއެވެ.
މި ހިދުމަތް ލިބޭނީ އާސަންދަ ސްކީމްގައި އެމްޕެނަލްކޮށްފައިވާ އައިނު ފިހާރަތަކުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިންނެވެ.
ޚިދުމަތް ލިބޭ މަރުކަޒުތައް:
މި ބަދަލާއެކު އަމިއްލަ 15 މަރުކަޒަކުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދައިގެ އެހީ ލިބޭނެއެވެ؛
- ހޮސްޕިޓަލްތައް: އޭޑީކޭ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، މެޑިކާ، އަދި އައި ކެއާ ހޮސްޕިޓަލް.
- ލޮލުގެ ހާއްސަ ކްލިނިކްތައް: އެޑްވާންސް އައި ކްލިނިކް، އައި ކެއާއެކި ބްރާންޗްތައް، ސިޓީ އޮޕްޓިކަލް، އަދި ވިޝަން ކްލިނިކް.
- އެހެނިހެން ކްލިނިކްތައް: އެޑްވާންސް މެޑިކަލް ކްލިނިކް، އެއިމްސް ޑައިގްނޯސްޓިކް، އަޒްމީ ނައީމް (އޭއެމްޑީސީ)، ފާރޫކް ހެލްތުކެއާ، މޯލްޑިކެއާ، އަދި
- އަމިއްލަ ތަންތަނުގެ އިތުރުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް
މީގެ ކުރިން އާސަންދައިގެ ދަށުން އައިނު ހެދުމުގައި އަމިއްލަ ބައެއް ކްލިނިކްތަކުގެ ޕްރިސްކްރިޕްޝަންތައް ބަލައިގަތުމުގައި ހުރި ދަތިތަކަށް މި ބަދަލާއެކު ހައްލެއް ލިބިގެންދާނެއެވެ.

ސަރުކާރުން ވެސް ވަނީ އައިނު ފިހާރައެއް ހުޅުވައިފަ އެވެ. އައިޖީއެމްއެޗް އާއި ހުޅުމާލޭގައި ހުޅުވާފައިވާ ސަރުކާރުގެ އައިނު ފިހާރަ ހިންގަނީ ލަންކާގެ ބަޔަކަށް ފައިދާ ވާގޮތަށް ކަމަށް ތުހުމަތު ކުރެވިފައިވެ އެވެ. އެތަންތަނުގައި ލަންކާގެ މުވައްޒަފުން ދަނީ ފެށުނީއްސުރެ ވަޒީފާ އަދާކުރަމުންނެވެ.












