ޕްލާސްޓިކް ސާޖަރީގެ ހާއްސަ ޑރ. ވަހީދު ސިލްވާ ކްލިނިކްގައި

Jan 10, 2026, 4:44 AM
ޑރ. މުހައްމަދު ވަހީދު

ޑރ. މުހައްމަދު ވަހީދު

ސިއްހީ ފަރުވާގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ހިދުމަތް ދެން އަލަން ފެށި ސިލްވާ ކެއާ ކްލިނިކުން، ރާއްޖޭގެ މަޝްހޫރު ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް ސާޖަން، ޑރ. މުހައްމަދު ވަހީދު ބައްލަވަން ފައްޓަވައިފިއެވެ.

ޑރ. މުހައްމަދު ވަހީދަކީ ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ސާޖަން އެވެ. އަދި މި ދާއިރާއިން ތިރީހަކަށް އަހަރުގެ ތަޖުރިބާ އޭނާ ހޯއްދަވާފައިވެ އެވެ. އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިތުރުން ޑރ. ވަހީދު ސިލްވާ ކެއާ ކްލިނިކުން ވެސް މިހާރު ބަލި މީހުން ބައްލަވާނެ އެވެ.

ޑރ. ވަހީދުގެ ހާއްސަ ދާއިރާތަކުގެ ތެރޭގައި؛

  • އާދައިގެ ފަރުވާއިން ފަސޭހަނުވާ ފުން ފާރުތަކާއި، ހަކުރުބަލީގެ ސަބަބުން އުފެދޭ ފާރުތަކަށް ހާއްސަ ފަރުވާ ދިނުން.
  • އެކި އެކި ހާދިސާތަކާއި، އެކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ލިބޭ ގެއްލުންތައް އަލުން އިއާދަކޮށްދިނުމުގެ އޮޕަރޭޝަންތައް.
  • މޫނުމަތީގެ އެކި ކަހަލަ އައިބުތައް ރީތިކުރުމާއި، މަސައްކަތް ހަމައަކަށް އެޅުވުމަށް ކުރެވޭ ސާޖަރީތައް.
  • އޮޕަރޭޝަންތަކަށް ފަހު ނުވަތަ އަނިޔާތަކުގެ ސަބަބުން ހުންނަ ބޮޑެތި ލަކުނުތައް ފިލުވައިދިނުން.

ކިއުބާ، މެލޭޝިއާ އަދި ތައިލެންޑު އަދި ނޭޕާލުން މަތީ ތައުލީމާއި ތަމްރީނު ހޯއްދަވާފައިވާ ޑރ. ވަހީދަކީ، އައިޖީއެމްއެޗްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި، ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ހޯއްދަވާފައިވާ ބޭފުޅެކެވެ.

ސިލްވާ ކެއާ ކްލިނިކުން ބުނި ގޮތުގައި ޑރ. ވަހީދުގެ ފަރުވާތައް އެ ކްލިނިކުގައި ދޭނީ ޒަމާނީ ސައިންޓިފިކް އުސޫލުތަކާއި، އެންމެ ފަހުގެ ވަސީލަތްތަކާއި ބޭހާއެކު އެވެ.

ޑރ. ވަޙީދަށް ދެއްކުމަށް އެޕޮއިންޓްމަންޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ސިލްވާ ކެއާ ކްލިނިކުން ހުޅުވާލާފައެވެ.

  • ސިލްވާ ކެއާ ކްލިނިކް: ގ. ގްރީންލިން، 2 ވަނަ ފަންގިފިލާ، ނީލޯފަރުމަގު، މާލެ،
  • ފޯން: 7411911

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox