އިންޑިއާގެ ޓީ20 ވޯލްޑް ކަޕް ސްކޮޑުން ގިލް އަށް ފުރުސަތެއް ނެތް

Dec 20, 2025, 9:27 AM
އިންޑިއާގެ ޓީ20 ވޯލްޑް ކަޕް ސްކޮޑުން ގިލް އަށް ފުރުސަތެއް ނެތް

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 20) - އަންނަ އަހަރު ސްރީ ލަންކާ އާއި އިންޑިއާގައި ހޯސްްޓްކުރާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި، އިންޑިއާ އިން ނެގި ސްކޮޑުން އެ ޓީމުގެ ވައިސް ކެޕްޓަނަކަށް ހުރި ޝުބްމަން ގިލް ބާކީކޮށްފި އެވެ.

އިންޑިއާ އިން ވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ފަށާ ކްރިކެޓް ވޯލްޑް ކަޕަށާއި ޖެނުއަރީ މަހު ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ފަސް މެޗުގެ ޓީ20 ސީރީސް އަށް ސްކޮޑެއް އެކުލަވާލައިފަ އެވެ. އެ ގޮތުން، އެ ސްކޮޑުން ގިލް ބާކީކުރިއިރު، އޭނާ އަދާކުރަމުން އައި ވައިސް ކެޕްޓަންގެ ޒިންމާ ހަވާލުކޮށްފައިވަނީ، އަކްސާރު ޕަޓޭލްއާ އެވެ.

ފަހަަކަށް އައިސް ޓީ20 ފޯމެޓްގައި ގިލްގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެ ހުރިހާ ކަމަކަށް ބަލައި، މި ވަގުތު އެންމެ ފޯމުގައި ހުރި ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން، އިންޑިއާގެ ކްރިކެޓް ބޯޑް، ބީސީސީއައި އިން ނިންމީ ގިލް ބާކީކޮށް، ޖުމްލަކޮށް ފޯމުގައި ތިބި ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ރަނގަޅަށް ލިބޭ ގޮތަށް ކަންކަން ބައްޓަން ކުރުމަށެވެ.

މިހާރު އޮތް ގޮތުން، ނިއު ޒީލެންޑާ ދެކޮޅަށް އިންޑިއާ އިން ކުޅޭ ޓީ20 ސީރީސްގެ މެޗުތައް ތާވަލުކޮށްފައިވަނީ، ޖެނުއަރީ 21، 23، 25، 28 އަދި 31 އަށެވެ.

ޖުމްލަ އެކު، 20 ޓީމު ވާދަކުރާ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އެމެރިކާ، ނަމީބިއާ އަދި ނެދަލެންޑްސް އެވެ. ގްރޫޕް ބީގައި ހިމެނެނީ، އޮސްޓްރޭލިއާ، ސްރީ ލަންކާ، ޒިމްބާބްވޭ، އޮމާން އަދި އަޔަލެންޑް އެވެ. ގްރޫޕް ސީގައި، މުޅިން އަލަށް ވޯލްޑް ކަަޕަށް ކޮލިފައިވި އިޓަލީން ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝާއި ވެސްޓް އިންޑީސް އަދި އިންގްލެންޑް އެވެ. އަދި، ގްރޫޕް ޑީގައި ހިމެނެނީ، ނިއު ޒީލެންޑާއި ދެކުނު އެފްރިކާ، އަފްގާނިސްތާން، ކެނަޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން ޕާކިސްތާނާ އެއް ގްރޫޕެއްގައި ހިމެނުނު ނަމަވެސް، ފެބްރުއަރީ 15 ވަނަ ދުވަހު، ޕާކިސްތާނާ ކުޅޭ މެޗު އޮންނާނީ ލަންކާގެ ކޮލަމްބޯގަ އެވެ. އެއީ، އިންޑިއާއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާތީ ޕާކިސްތާންގެ އެއްވެސް މެޗެއް އިންޑިއާގައި ކުޅެން ބޭނުންނުވާތީ އެވެ.

މިހާރު އޮތް ގޮތުން، އަންނަ މާޗް މަހު އަށް ވަނަ ދުވަހު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގަ އެވެ. އެހެން ނަމަވެސް، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ދަތުރުކޮށްފިނަަމަ، ފައިނަލް މެޗު ކުޅޭނީ ކޮލަމްބޯގަ އެވެ.

އެންމެ ފަހުން ޓީ20 ވޯލްޑް ކަޕް އޮތީ މިދިޔަ އަހަރު ވެސްޓް އިންޑީސްގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ އިން ހޯދިއިރު، މިއީ، އެ ޓީމަށް 17 އަހަރު ތެރޭ ޓީ20 ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އިންޑިއާ އިން އެ ތަށި ހޯދައިދިން ކެޕްޓަން، ރޯހިތު ޝަރްމާ، މި ފޯމެޓުގެ ޓީމުން ރިޓަޔާކޮށްފައިވާއިރު، އަންނަ އަހަރުގެ މުބާރާތުގެ އެމްބަސަަޑަރަކީ އޭނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox