ރިޕޯޓުކުލަޔާއި ފޯމުގެ ތެރެއިން އުފާވެރިކަމުގެ އިންތިހާ؛ ފަން ރަން ވަރަށް ކާމިޔާބު!

ކުލަޔާއި ފޯމުގެ ތެރެއިން އުފާވެރިކަމުގެ އިންތިހާ؛ ފަން ރަން ވަރަށް ކާމިޔާބު!

އުރީދޫ ފަން ރަން ނިމިގެން ދިޔައީ ހަމައެކަނި ކުލަތަކެއް ގައިގާ އުނގުޅިގެނެއް ނޫނެވެ. އެއީ އެތައް ހާސް ބަޔެއްގެ މޫނު މައްޗަށް ގެނެސްދިން ހިނިތުންވުމާއި، އިޖުތިމާއީ ބަދަހިކަމެކެވެ.

އުރީދޫ ފަން ރަންގެ ބައިވެރިން -- ފޮޓޯ: އިބްރާހިމް ޝާފިއު/އަދަދު
އުރީދޫ ފަން ރަންގެ ބައިވެރިން -- ފޮޓޯ: އިބްރާހިމް ޝާފިއު/އަދަދު

މިއަދު ހަވީރު ހުޅުމާލޭގެ މަގުތަކުން ފެނިގެންދިޔައީ ހަމައެކަނި ދުވުމުގެ ރޭހެއް ނޫނެވެ؛ އެއީ ކުލަ އާއި ފޯމާއި، ހީނލުމުގެ އަޑާއި، އެކުވެރިކަމުގެ ގުޅުމުން މުޅި ސަރަހައްދު ގުގުމާލި އުފާވެރި ހަވީރެކެވެ. އެއީ އާއިލާއާއި ރައްޓެހިންނާއެކު ތާއަބަދަށް ހަނދާން ހުންނާނެ އުފާވެރި ވަގުތެކެވެ.

"ފަން ރަން ވަރަށް ކާމިޔާބު، ވަރަށް ކާމިޔާބު، މިފަހަރު ހަތް ހާސް މީހުން ބައިވެރިވި،" އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި އެވެ.

މި ފަހަރު ވެސް ފެނުނު އެންމެ އުފާވެރި މަންޒަރަކީ މުޖުތަމައުގެ ހުރިހާ ފަންތިއެއް، ގިންތިއެއްގެ މީހުން އެއް ރޫހެއްގައި ފަން ރަން ބައިވެރިވުމެވެ. ސަރުކާރުގެ އިސް ބޭފުޅުންނާއި ވަޒީރުންވެސް އާންމުންނާއެކު ކުލައިގެ ތެރޭގައި މި ފޯރީގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އާއި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އަދި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ހިމެނެ އެވެ.

ވަޒީރުންނާއެކު އުރީދޫގެ ސީއީއޯ ޚާލިދު އަދި ނިޔާޒު
ވަޒީރުންނާއެކު އުރީދޫގެ ސީއީއޯ ޚާލިދު އަދި ނިޔާޒު

ވަޒީރުންނާއެކު އުރީދޫގެ ސީއީއޯ ޚާލިދު އަދި ނިޔާޒު

ދިވެހި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އާއިލާތައް އެކުގައި ދުވުމުގައި ބައިވެރިވިއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުން އައި މުވައްޒަފުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް ބައިވެރިވި އެވެ.

ކުޑަކުދިން ގޮވައިގެން މައިންބަފައިން ދުވަމުންދިޔައިރު، ބައެއް އާއިލާތަކުން ތިން ޖީލު އެކުގައި (ކުޑަކުދިންނާއި، މައިންބަފައިން އަދި ކާފަ/މާމަ) ބައިވެރިވި މަންޒަރަކީ ހިތްގައިމު މަންޒަރެކެވެ. ފަސް ކިލޯމީޓަރުގެ މި ރަސްމީ ދުވުމުގެ ކޮންމެ ކިލޯމީ ޓަރެއްގައި ގާއިމުކޮށްފައިވާ ސްޓޭޝަންތަކުން ޖެހި ކުލަޔާއި ފޯމުގެ ތެރޭގައި އެންމެންންނަށް އުފާވެރިކަން ގެނެސްދިނެވެ.

ދުވުމުގެ ބައިވެރިއެއްގެ ގަޔަކަށް ކުލަޖަހަނީ. -- ފޮޓޯ: ޝާފިއު/އަދަދު
ދުވުމުގެ ބައިވެރިއެއްގެ ގަޔަކަށް ކުލަޖަހަނީ. -- ފޮޓޯ: ޝާފިއު/އަދަދު

ދުވުމުގެ ބައިވެރިއެއްގެ ގަޔަކަށް ކުލަޖަހަނީ. -- ފޮޓޯ: ޝާފިއު/އަދަދު

"މިފަދަ ހަރަކާތްތަކުން އާއިލާގެ ގުޅުން ބަދަހިވެގެން ދިޔަ. ތޮއްޖެހިފައިވާ މި މާލޭގައި އާއިލާއަށް އުފާވެރިކަން ގެނެސްދިން،" ދުވުމުގައި ބައިވެރިވި، މީހަކު ދަރިފުޅުގެ ދަތުގައި ހިފަހައްޓާލައިގެން ހުރެ ބުންޏެވެ.

"ކުދިން ކޮޅުވެސް ތިބީ ވަރަށް އުފަލުން."

އުރީދޫ ފަން ރަން ނިމިގެން ދިޔައީ ހަމައެކަނި ކުލަތަކެއް ގައިގާ އުނގުޅިގެނެއް ނޫނެވެ. އެއީ އެތައް ހާސް ބަޔެއްގެ މޫނު މައްޗަށް ގެނެސްދިން ހިނިތުންވުމާއި، އިޖުތިމާއީ ބަދަހިކަމެކެވެ.

އިތުރު ފޮޓޯތައް:

ފަން ރަންގެ ބައިވެރިން. -- ފޮޓޯ: އިބްރާހިމް ޝާފިއު/ އަދަދު
ފަން ރަންގެ ބައިވެރިން. -- ފޮޓޯ: އިބްރާހިމް ޝާފިއު/ އަދަދު

ފަން ރަންގެ ބައިވެރިން. -- ފޮޓޯ: އިބްރާހިމް ޝާފިއު/ އަދަދު

ފަން ރަންގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުން ވީލްޗެއާއާއެކު. -- ފޮޓޯ: އިބްރާހިމް ޝާފިއު/އަދަދު

ދުވުމުގައި ބައިވެރިވި ކުޑަ ކުއްޖަކު -- ފޮޓޯ: އިބްރާހިމް ޝާފިއު/އަދަދު
ދުވުމުގައި ބައިވެރިވި ކުޑަ ކުއްޖަކު -- ފޮޓޯ: އިބްރާހިމް ޝާފިއު/އަދަދު

ދުވުމުގައި ބައިވެރިވި ކުޑަ ކުއްޖަކު -- ފޮޓޯ: އިބްރާހިމް ޝާފިއު/އަދަދު

މުހައްމަދު ޝަހްޒާން

ޖާނަލިސްޓު

މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox