ނުރައްކާތެރި އުރަމަތީ ކެންސަރު ހުއްޓުވާ އެންޓިބޮޑީއެއް

Dec 17, 2025, 3:46 AM
ނުރައްކާތެރި އުރަމަތީ ކެންސަރު ހުއްޓުވާ އެންޓިބޮޑީއެއް

އުރަމައްޗަށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ބާވަތުގެ ގޮތުގައި ގިންތިކުރާ، "ޓްރިޕްލް-ނެގެޓިވް ބްރެސްޓު ކެންސަރު" (ޓީއެންބީސީ) ފެތުރުން ހުއްޓުވާ އެންޓިބޮޑީއެއް އީޖާދުކުރެވިއްޖެ ކަމަށް ސައެންސްވެރިން ބުނެފިއެވެ. ޓީއެންބީސީއަކީ ކެންސަރާ ދެކޮޅަށް އާންމުކޮށް ބޭނުންކުރާ ހޯމޯން ފަރުވާއަށް ނުގުޑާ، އަދި އެންމެ ބާރަށް ހަށިގަނޑުގެ ތެރެއަށް ފެތުރިގެންނަ ކެންސަރެކެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ޓީއެންބީސީ ސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުން ރެކިގަނެ، ކެންސަރު ހުއްޓުވުމަށް ދޭ ބޭސްތަކުން ސަލާމަތްވެ ހަށިގަނޑުގެ ތެރެއަށް ފެތުރިގަތުމަށް އެހީވެދޭ ޕްރޮޓީންގެ މަސައްކަތަށް ހުރަސްއަޅާ ބާރު ގަދަ އެންޓިބޮޑީއެއް މިހާރު ވަނީ އުފެއްދިފައެވެ. ޓީއެންބީސީ ޖެހިފައިވާ ބައެއް މީހުންނަށް މިހާރު ބޭނުންކުރާ ހޯމޯން ތެރަޕީން ފަރުވާ ކުރުމުން ބަލިން ފަސޭހަވެއެވެ.

ނަމަވެސް ދެ ވަނަ ފަހަރަށް އަނެއްކާ މި ބާވަތުގެ ކެންސަރު ސެލްތައް އުފެދި ހަށިގަނޑަށް ފެތުރިގަންނަނީ ކުރިއަށް ވުރެ ބާރުގަދަ ގޮތަކަށެވެ. ދެ ވަނަ ފަހަރަށް މި ބާވަތުގެ ކެންސަރު ޖެހޭ އިރު، ބޭހަށް ވެސް ނުގުޑާތީ ބަލިން ފަސޭހަވުން އޮންނަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ.

Advertisement

މެޑިކަލް ޔުނިވަސިޓީ އޮފް ސައުތު ކެރޮލީނާގެ ހޯލިންގްސް ކެންސަރު ސެންޓަރުގެ ސައެންސްވެރިން އަލަށް މި އީޖާދުކުރި އެންޓިބޮޑީއަކީ ޓީއެންބީސީގެ ސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުން ރެކިގަނެ، ހަށިގަނޑުގެ ތެރެއަށް ފެތުރިގަތުމުގެ މަސައްކަތަށް ހުރަސްއަޅާ އެއްޗެކެވެ. ޓީއެންބީސީ ސެލްތައް ފެތުރުމަށް އެހީވެދޭ ޕްރޮޓީން އަމަލުކުރާ ގޮތަކުން، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކަށް ވެސް، ކެންސަރު ސެލް ދެނެގަތުން އުނދަގޫވެއެވެ. ނަތީޖާއަކަށްވަނީ، އެ ބާވަތުގެ ކެންސަރު ސެލްތަކާ ދެކޮޅަށް ދިފާއީ ނިޒާމުން ފިޔަވަޅުއެޅުން ހުއްޓި، މުޅި ހަށިގަނޑަށް ކެންސަރު ސެލްތައް ފެތުރިގަތުމެވެ.

ބްރެސްޓް ކެންސަރު ރިސާޗް ކިޔާ ޖާނަލްގައި މިހާރު ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސައެންސްވެރިން އީޖާދުކުރި އެންޓިބޮޑީގެ އަޖުމަބެލުމަށް ލެބޯޓެރީގައި ކުރި ތަހުލީލުތަކުން ސާބިތުވެފައިވަނީ މި އެންޓިބޮޑީ ދިނުމުން، ހަށިގަނޑުގައި އުފެދިފައި ހުންނަ ޓިއުމަރު އިތުރަށް ހެދި ބޮޑުވުން ހުއްޓުވާ ކަމެވެ. މިހެންވުމުން، ކެންސަރު ސެލްތައް ފުއްޕާމެއަށް ފެތުރުން ހުއްޓި، ކެންސަރު ސެލްތަކަށް ހަމަލާ ދޭ ދިފާއީ ނިޒާމުގެ ސެލްތައް ހަރަކާތްތެރިކުރުވަން ފަށައެވެ.

ލެބޯޓެރީގައި ކުރި ތަހުލީލުތަކުގައި އެންޓިބޮޑީގެ އަމާޒަކަށް ހެދީ އުރަމަތީ ކެންސަރު ސެލް ފެތުރުމަށް އެހީވެދޭ ޕްރޮޓީނެއް ކަމަށްވާ ސިކްރީޓެޑް ފްރިޒްލްޑް-ރިލޭޓެޑް ޕްރޮޓީން 2 (އެސްއެފްއާރްޕީ 2) އަށެވެ. މި ޕްރޮޓީން ކުރާ ކަމަކީ، ހަށިގަނޑުގެ ތެރޭގައި އާ ލޭނާރުތަކެއް އުފައްދައި، އެ ލޭނާރުތަކުގެ ތެރެއަށް ކެންސަރު ސެލްތައް ވައްދައި، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ކިބައިން ކެންސަރު ސެލްތައް ސަލާމަތް ކުރުމެވެ.

މިހެންވުމުން، ކެންސަރަށް ފަރުވާ ކުރިޔަސް ކެންސަރު ސެލްތައް މަރުނުވެ ސަލާމަތްވެއެވެ. އަދި ހަށިގަނޑުގައި އުފެދިފައި ހުންނަ ޓިއުމަރު ހަލާކުކޮށްލަން މަސައްކަތްކުރާ ދިފާއީ ނިޒާމުގެ ސެލްތަކުގެ ބާރު ދެރަވެ ބާރު ކެނޑިގެންދެއެވެ. ސައެންސްވެރިން ބުނާ ގޮތުގައި އެސްއެފްއާރްޕީ 2 އާ ދެކޮޅަށް މަސައްކަތް ކުރާ އެންޓިބޮޑީއެއް އީޖާދުކުރީ، 20 އަހަރު ވަންދެން މި ޕްރޮޓީންއާ ބެހޭ ގޮތުން ދިރާސާކޮށް މި ޕްރޮޓީންގެ ހަގީގަތްތައް ދެނެގަތުމަށް ފަހުގައެވެ.

މި ދިރާސާގެ އިސް ސައެންސްވެރިއެއްގެ ގޮތުން ބައިވެރިވި ޑރ. ކްލައުބާ ޑެމޯރް ވިދާޅުވި ގޮތުގައި އުރަމަތީ ކެންސަރު ފެތުރުމުގައި އެސްއެފްއާރްޕީ 2 އަދާކުރާ ދައުރު ދެނެގަނެވުނީ، ލެބޯޓެރީގައި ކުރި ތަހުލީލުތަކަކުގެ ތެރެއިން 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށް ފަހުގައި ސައެންސްވެރިން ދިރާސާކޮށް ބެލީ، އުރަމަތީ ކެންސަރު ސެލްތައް ހެދިބޮޑުވުމުގައި އެސްއެފްއާރްޕީ 2 މަސައްކަތްކުރާ ވައްޓަފާޅި އާއި، ހަށިގަނޑުގެ ދިފާއީ ނިޒާމުން ދޭ ހަމަލާތަކުން ސަލާމަތްވުމަށް ބޭނުންކުރާ އުކުޅުތަކާއި، ހަށިގަނޑުގައި އުފެދޭ ކެންސަރުގެ ފުރަތަމަ ޓިއުމަރު ދޫކޮށް ލޭގެ ތެރެއިން ކެންސަރު ސެލްތައް ދަތުރުކޮށް ހަށިގަނޑުގެ އެހެން ގުނަވަނެއްގައި ކެންސަރު ސެލްތައް ހާލި ހަދައި އިތުރު ޓިއުމަރުތައް އުފައްދަން ފަށާ ގޮތެވެ.

ސައެންސްވެރިން އީޖާދުކުރި އެންޓިބޮޑީގެ އަޖުމަބެލީ ލެބޯޓެރީގައި މީދާ ބޭނުންކޮށްގެން ހެދި ތަހުލީލުތަކުންނެވެ. މީދަލަށް މި އެންޓިބޮޑީ ދިނުމަށް ފަހު އެސޮރުމެންގެ ހަށިގަނޑުގައި އެންޓިބޮޑީ މަސައްކަތް ކުރާ ގޮތް ދެނެގަތުމުން އެނގުނީ، އެންޓިބޮޑީ ހަމަލާ ދެނީ ޓިއުމަރު ސެލްތަކަށް ކަމެވެ. އެތެރެހަށީގެ ދުޅަހެޔޮ ގުނަވަންތަކަށާއި އާދައިގެ ގޮތުގައި ހެދެމުން އަންނަ ސެލްތަކަށް ވެސް މި އެންޓިބޮޑީ އެއްވެސް ހަމަލާއެއް ނުދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox