ކަންނެލި މަސްވެރިން ހިންގަނީ ސިޔާސީ ހަރަކާތެއް ނޫން، ސިޔާސީ ކަމަށް ބުނަނީ އެކަން ހުއްޓުވުމުގެ ބޭނުމުގައި: އިމްރާން

ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަންގެ ނައިބު ރައީސް، އިމްރާން މުހައްމަދު -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަންގެ ނައިބު ރައީސް، އިމްރާން މުހައްމަދު -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ އިހުތިޖާޖަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ކަމެއްކަމަށް ދައްކަން އުޅެނީ އިހުތިޖާޖު ހުއްޓުވުމަށް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ނައިބު ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު، އިމްރާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކެންދޫ ދާއިރާގެ މިހާރުގެ މެންބަރު، މައުރޫފް ޒާކިރު އަކީ 2020 ވަނަ އަހަރު ބީކޭއެމްޔޫ އުފެއްދިއިރު ވެސް އޭގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

"އަޅުގަނޑުމެން 2020 ވަނަ އަހަރު މި މަސައްކަތް ފެށިއިރު، ހަމަ މީގެ ތެރޭގައި ހުރި ބޭފުޅެއް ކެންދޫ ދާއިރާގެ މިހާރުގެ މެންބަރު، މައުރޫފް ޒާކިރުއަކީ. ހަމަ އޭރުވެސް މިތަނުގައި އަޅުގަނޑުމެންނާ އެކުގައި މިތަނުގައި އޮޑީގައި ހުރި ބޭފުޅެއް. އެ ދުވަހު އެ ބޭފުޅުން ވިދާޅުވީ ވަރަށް ރަނގަޅު މަސައްކަތެކޭ އޭރު 2020 ވަނަ އަހަރު އައިއިރު އޮތީ އެމްޑީޕީގެ ވެރިކަމެއް، އޭރު ވެސް މަޓޭ ހަމަ އަޅުގަނޑުމެންނާއެކު ނުކުމެ މި މަސައްކަތުގައި ހަމަ ހީވާގިކަމާއެކުގައި ހަރަކާތްތެރިވި،" އިމްރާން ވިދާޅުވި އެވެ.

"ހުރިހާ އިހުތިޖާޖެއްގައި ބައިވެރިވި، ހުރިހާ ބައްދަލުވުމަކަށް ދިޔަ، އެކަމަކު މިއަދު މި ވެގެން އުޅޭ ގޮތަކީ މައުރޫފް މެންބަރަކަށްވީ ހިސާބުން އެ ބަދަލުވީ މުޅިން ކަންތައް. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ މިއީކީ އެއްގޮތަކަށް ވެސް ސިޔާސީ ކަމެއް ނޫނޭ."

އިމްރާން ވިދާޅުވީ މަސްވެރިން ކުރާ އިހުތިޖާޖުތަގައި މައުރޫފް ބައިވެރިވީ މަސްވެރިންނާއި ފަޅުވެރިންގެ އިތުރުން އޮޑިވެރިން ވެސް ބޭނުންވެގެން ކަމަށެވެ.

ކަންކަމުގައި ސިޔާސީ ޓެގު އަޅުވަނީ އެކަން ހުއްޓުވަން ފަސޭހައަކަށް ކަމަށް އިމްރާން ވިދާޅުވި އެވެ. ނަމަވެސް، އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ސަރުކާރުން ވެސް ކުރަންވީކަމަކީ މަސްވެރިން ކުރާ މަސައްކަތް ބަލައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުކުމެ މިތިބީކީ އަޅުގަނޑުމެން ހަމަ މަސްވެރިކަން ހުއްޓާލައިފައި މިތަނުގައި ތިބޭކަށް ނޫން، ނުފުރިގެން މި ތިބީ،" އިމްރާން ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީކޭއެމްޔޫގެ ރައީސް، ހުސެއިން ނަޝީދު ވިދާޅުވީ މަސްވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދޭހައި ހިނދަކު އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އާއި އަދި އަޅުގަނޑުމެންގެ މި ހުރިހާ މެންބަރުން މި ވަގުތު ނިންމާފައި މިއޮތީ ވަޒީރު ވަޑައިގަންނަވަންދެން ހަމަ އަޅުގަނޑުމެން ސުލްހަވެރިކަމާއެކު ދިވެހިރާއްޖޭގެ މުޒާހަރާ ކުރުމުގެ ގާނޫނުގެ ދަށުން ހަމަ ސުލްހަވެރިކަމާއެކު މުޒާހަރާގައި ދެމިތިބުމަށް،" ނަޝީދު ވިދާޅުވި އެވެ.

ބޮޑު ކަންނެލި މަސްވެެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދައިދިނުމަށް ގޮވާލައި މަސްވެރިން އިހުތިޖާޖަށް ނުކުތީ މިދިޔަ ބުދަ ދުވަހު އެވެ. އިހުތިޖާޖުގެ ޑިމާންޑުތަކަށް ސަރުކާރުން އިިޖާބަނުދިނުމުން މަސްވެރިން ވަނީ މާލެ ކައިރިއަށް ގޮސް ވެސް އަޑު އުފުލައިފަ އެވެ.

އެގޮތަށް އަޑުއުފުލައި އިހުތިޖާޖު ކުރަނިކޮށް ފުލުހުން ވަނީ މަސްވެރިންގެ ދޯނިތަކަށް އަރައި ހަތަރު ބިދޭސީންނާއި ތިން ދިވެހީން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ.

ހައްޔަރުކުރި ތިން ދިވެހީން ފަސް ދުވަހު ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލައިގައި ދެން ހައްޔަރުކުރި ބިދޭސީންނާ ބެހޭ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އިހުތިޖާޖުގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

އެ ތިން ކަމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox