ހުޅުމާލެ މަގު ހަދަން ޗައިނާ ކުންފުންޏަކަށް ބޮޑު އަގެއްގައި ހަވާލުކުރީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން

ހުޅުމާލެ މަގު ހަދަން ޗައިނާ ކުންފުންޏަކަށް ބޮޑު އަގެއްގައި ހަވާލު ކުރުން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ މަގު ހަދަން ޗައިނާ ކުންފުންޏަކަށް ބޮޑު އަގެއްގައި ހަވާލު ކުރުން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ މަގު ހެދުމާއި މަގުތައް މަރާމާތުކުރަން ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ބޮޑު އަގެއްގައި މިދިޔަ ހަފްތާގައި ހަވާލުކުރީ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެޗްޑީސީން ބަޔާނެއް ނެރުނީ "ހުޅުމާލޭ މަގުތައް މަރާމާތު ކުރުން؛ އެމްޓީސީސީ/އާރުޑީސީ ބާކީކޮށް ޗައިނާގެ ކުންފުންޏާ ހަވާލުކުރީ ބޮޑު އަގެއްގައި" ކަމަށް ބުނެ، އަދަދު ނޫހުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އެޗްޑީސީގެ ނޫސް ބަޔާނެއްގައި ބުނީ ރޮޓައިމްއާއެކު ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ އެ ކުންފުންޏާ ހަވާލުކުރި ހުޅުމާލެ ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން ތަރައްގީކުރުމުގެ މަސައްކަތުގެ ބަދަލުގައި އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ.

ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން ތަރައްގީ ނުކުރަން ނިންމީ ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމާއި، އެ ސަރަހައްދުން ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އެޅުމަށް ސްޕޯޓްސް މިނިސްޓްރީން އެދުމުން ކަމަށް އެޗްޑީސީން ބުންޏެވެ.

ރޮޓައިމްއާއެކު ހެދި ސެޓްލެމްނަޓް އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފަސް މަގަކާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭގޮތަށް ޖުމްލަ 19،001 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަގުތަކުގައި ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް އަލުން ތާރު އެޅުމަށް ވެސް އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއަށް ހަރަދުވާނީ 91،86،829.15ރ. ކަމަށާއި އެ ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ކޭޝްފްލޯއަށް ދަތިނުވާ ގޮތަށް ކަމަށެވެ. އެގޮތުން 50 ޕަސަންޓުގެ ފައިސާ އެއް އަހަރުގެ މުއްދަތަށް ބަހައިގެން ދައްކާއިރު، ބާކީ 50 ޕަސަންޓު ދައްކާނީ 2027 ވަނަ އަހަރުގެ ފެށިގެން ހަ އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި މަގު ހެދުމުގެ މަޝްރޫއަށް 90 މިލިއަން ރުފިޔާއަށްވުރެ ގިނައިން ހަރަދުވާއިރު، އެ މަޝްރޫއަށް އަރާނެ ކަމަށް ބެލެވެނީ 30 މިލިއަނެއްހާ ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވެގެން އައިއިރު ވެސް ބޮޑު އަގުގައި ޗައިނާ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރި އެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން މިހާރު ހިނގަމުން އަންނަ ހިޔާ ފްލެޓުތަކުގައި 32 ލިފްޓު ހަރުކުރުމުގެ އަގަކީ 18 މިލިއަން ޑޮލަރެވެ. ބްލެކްމާކެޓު ރޭޓުން ބަލާނަމަ އެއީ 360 މިލިއަން ރުފިޔާ އެވެ. އެތައް ގުނައެއް އަގުބޮޑުކޮށް މި މަޝްރޫއު ހަވާލުކުރުމަކީ ކޮރަޕްޝަން ކަމަށް ތުހުމަތުކުރެވެ އެވެ.

މަޖިލީހުގެ އިންތިހާބާ ދިމާކޮށް ހަވާލުކުރި މިފަދަ ބައެއް މަޝްރޫއުތައް އަދިވެސް ނުފެށި އެބަ ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox