މުއިއްޒުއަކީ ދުސްތޫރީ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަން އާދަވެފައިވާ ވެރިޔެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

ހެންވޭރު ރައްޔިތުންނާއެކު ރޭ ކަލާފާނު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ހެންވޭރު ރައްޔިތުންނާއެކު ރޭ ކަލާފާނު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު އަކީ ދުސްތޫރީ ބާރުތަކާއި އިހުތިޔާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އާދަވެފައިވާ ވެރިޔެއް ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރު ވަނީ، ދުސްތޫރީ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެގެންވާ ދައުލަތެއްގައި، ދައުލަތުގެ "ނިޒާމު އާންމު" ނުވަތަ "ޕަބްލިކް އޯރޑަރ" ނެގެހެއްޓުމުގެ އަސާސީ ވާޖިބު އޭގެ ފުރިހަމަ ގޮތުގައި އަދާކުރުމަށާއި، އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނުކުޅެދިފައި ކަމަށެވެ.

"ވަކިން ހާއްސަކޮށް އޭނާގެ ދުސްތޫރީ ބާރުތަކާއި އިހުތިޔާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް އާދަވެފައިވާ ވެރިޔަކު، ޢާންމު ރައްޔިތުންނާއެކު އެކި އަވަށްތަކުގައި ބާއްވަމުން ގެންދާ ބައްދަލުވުންތައް މިޒަމާނުގެ ސިޔާސީ ފިކުރުގައި ސިފަކުރެވެނީ "ސިޔާސީ ޑްރާމާ" އެއްގެ ގޮތުގަ،" ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

"އޭގެ މަގުސަދަކީ، އޭނާ ވެރިކަން ހިންގަނީ ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު ކަމުގެ ހަގީގަތާ ހިލާފު ތަސައްވުރެއް އުފައްދައި، ރައްޔިތުންގެ އާންމު ރައުޔަށް އޮޅުވާލުމެވެ. މިއީ ހަގީގަތުގައި ދެފުށް ފެންނަ މުއައްސަސީ ހެޔޮވެރިކަމެއްގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެކެވެ."

މުއިއްޒު ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޮޅި އަދި ހެންވޭރު ރައްޔިތުންނާއެކު ބައްދަލުވުން ބާއްވައިފަ އެވެ. އެ ބައްދަލުވުންތަކުގެ ތެރެއިން ވިލިމާލެ ފިޔަވައި އެހެން ބައްދަލުވުންތަކުގައި ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި އަސާސީ ހައްގުތައް ނުލިބިގެންނާއި ރައީސް އޮފީހަށް އަދި ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ ސިޓީތަކަށް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ވެސް ރައްޔިތުން ބަންޑުން ކޮށްލި އެވެ.

ދުސްތޫރީ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަން އާދަވެފައިވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ތުހުމަތު ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން ވަކި ވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް، މަޖިލީހުގެ ބާރު ނެގި އެވެ،

އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމާއެކު، އެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރެއްގެ މައްސަލަ އޭސީސީއާއި ޖޭއެސްސީ މެދުވެރިކޮށް ބަލަން ފެށި އެވެ. އެ މައްސަލަ ބަލަން ފެށުމުން، މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކޯޓުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި އެވެ.

ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލަ ސަރުކާރުގެ ކޮންޓްރޯލް އޮތް ޖޭއެސްސީން ބެލުމަށް ފަހު އެ ދެ ފަނޑިޔާރުން ވަކިކުރި އެވެ. އެ ދެ ފަނޑިޔާރުން ވެސް ވިދާޅުވެފައި ވަނީ ޖަވާބުދާރީވާން ފުރުސަތު ނުލިބޭ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަން ކުރުމުގެ ބާރު މުއިއްޒު ނަންގަވާފައި ވާއިރު، ޒަމާނުއްސުރެ ރާއްޖޭގައި އޮތް "އަތޮޅުވެރިކަން" ގެއްލޭ ގޮތް ހެދުމަށްޓަކައި އަތޮޅު ކައުންސިލް ވަނީ އުވާލައިފަ އެވެ. އަންނަނ އަހަރު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅު ކައުންސިލްގެ ރައީސުން އިންތިހާބެއް ނުކުރާނެ އެވެ. ދެން އެ އޮފީސްތައް ހިންގާނީ ސަރުކާރުގެ އިދާރާއެއްގެ ގޮތުގަ އެވެ.

މިިނިވަން ނޫސްވެރިކަން ގެއްލޭ ގޮތެއް ގާނޫނެއް ހަދައި ވަނީ ތަސްދީގުކޮށްފަ އެވެ.

ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ހާމަނުކުރާއިރު، ސިޔާސީ ބޭނުމުގައި ސަރުކާރުގެ ކުންފުނިތަކަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ވައްދަމުންނެވެ. އަދި ސަރުކާރުގެ އަގުބޮޑު ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި ބަހާލަމުންދަނީ އެތައް ގުނައެއް ބޮޑު އަގެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox