ރައީސް އޮފީހަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުދޭތީ ގިނަ ބައެއްގެ ޝަކުވާ

އާޓްވޯކް: ސާއިފް ޝިޔާދު / އަދަދު

އާޓްވޯކް: ސާއިފް ޝިޔާދު / އަދަދު

ރައީސް އޮފީހަށް ލާ ސިޓީތަކަށް ޖަވާބު ނުދޭތީ ގިނަ ބަޔަކު އެކަމުގެ ޝަކުވާ އެކިފަހަރު މަތިން ލައިވް ޓީވީގައި މުހައްމަދު މުއިއްޒުއަށް ކޮށްފި އެވެ.

މާލޭގެ އެކި އަވަށްތަކާއެކު މުއިއްޒު ބާއްވާ ބައްދަލުވުންތަކުގައި ގިނަ ބަޔަކު ބުނީ ރައީސް އޮފީހުގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކަށް ލާ ސިޓީތަކުގެ ވެސް ޖަވާބު ނުލިބޭ ކަމަށެވެ.

ހެންވޭރު ރައްޔިތުންނާއެކު މުއިއްޒު ރޭ ބޭއްވި ބައްދަލުވުމުގައި އޮކްސިޖަން ގުޅާފައި ހުރި ކޮއްކޮ ގޮވައިގެން އައި އަންހެނަކު ބުނީ މުއިއްޒު ވެރިކަމަށް އައިއްސުރެ އޭނާގެ ކޮއްކޮއާ ގުޅޭގޮތުން މުއިއްޒުއާ ބައްދަލުކުރަން ގިނަ އަދަދެއްގެ ސިޓީ ރައީސް އޮފީހަށް ލީ ނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އާދައިގެ މީހުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރާނަމަ އަމަލުކުރަން ޖެހޭ ގޮތާ ގުޅޭގޮތުން އޭނާ މުއިއްޒުއާ ސުވާލު ކުރި ނަމަވެސް، އެ ސުވާލަށް މުއިއްޒު ޖަވާބު ދީފައެއް ނުވެ އެވެ. އޭނާ ބުނީ އެޕޮއިންޓްމަންޓާ ގުޅޭގޮތުން ރައީސް އޮފީހަށް ގޮސް ސުވާލު ކުރުމުން ވެސް އެކަމަށް ހައްލެއް ދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ކޮއްކޮއާ ބެހޭގޮތުން ރައީސްއާ ވާހަކަދައްކާލުމަށް އެޕޮއިންޓްމަންޓަކަށް އެދި ރައީސް އޮފީހަށް ވަރަށް ގިނައިން ވާނެ ސިޓީ ލާފައި. އެކަމަކު ރައީސް އޮފީހުން ޖަވާބެއް އެއްވެސް ވަރަކަށް ނުލިބޭ. މަނިކުފާނު ވެރިކަމަށް އައިސުރެ އަޅުގަނޑު މިދަނީ ސިޓީ ލަމުން," އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުމެން އާދައިގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލަން ވެއްޖެއްޔާ ކިހިނެއްތޯއޭ ހަދާނީ. އެއީ އޮޕޮއިންޓްމަންޓަކަށް އެދުނީމަ ޖަވާބެއް ނުލިބޭ. އެކޮޅަށް ގޮސް ވާހަކަ ދެއްކީމަ އެއްވެސް ކަހަލަ ސޮލިއުޝަނެއް ނުއެއް ލިބޭ."

އެ ބައްދަލުވުމުގައި ބައިވެރިވި އިތުރު މީހަކު ބުނީ ކޭޕާކް ފްލެޓް މައްސަލައިގައި މިދިޔަ އަހަރު 20 މީހުންގެ ޕެޓިޝަނަކާއެކު އަދި މި އަހަރު 50 މީހުންގެ ޕެޓިޝަނަކާއެކު ރައީސް އޮފީހަށް ސިޓީ ލުމުން ވެސް މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ރައީސް އޮފީހުން ނުލިބޭ ކަމަށެވެ.

"2024 ވަނަ އަހަރު އަޅުގަނޑު 20 މީހުންގެ ޕެޓިޝަނަކާ އެއްކޮށް އެޕާޓްމަންޓް [ކޭޕާކް] ގަންފައި ހުރި މީހުންނާ އެއްކޮށް ރައީސް އޮފީހަށް ލީ ލިޔުމެއް މިއީ އިނގޭތޯ. މި ޗިޓުކޮޅުވެސް މިއޮތީ. އެކަމަކު އަޅުގަނޑަށް ރައީސް އޮފީހަކުން ޖަވާބެއް ވެސް ނުދެއްވާ. ދެން 2025 ވަނަ އަހަރު އަނެއްކާ އަޅުގަނޑު 50 މީހުން މި ޖެނުއިން އެޕާޓްމަންޓް ގަންފައި ތިބި މީހުންގެ ވާހަކަ އަޅުގަނޑު މި ދައްކަނީ،" އޭނާ ބުންޏެވެ.

"50 މީހުންނާ އެއްކޮށް އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅިން. އޭގެވެސް ސްލިޕްކޮޅު އެބައޮތް އަޅުގަނޑު އަތުގައި. އެކަމަކު އަޅުގަނޑަކަށް ރައީސް އޮފީހުން ޖަވާބެއް ވެސް ނުދެއްވާ"

މާފަންނު ރައްޔިތުންނާ މުއިއްޒު ބޭއްވި ބައްދަލުވުމުގައި މީހަކު ބުނީ އޭނާގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބިގެން މުއިއްޒުއާ ބައްދަލުކުރަން މީގެ އެއް އަހަރު ކުރިން ރައީސް އޮފީހަށް ސިޓީ ލުމުން ވެސް މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

"މީގެ އެއް އަހަރަށްވުރެ ވެސް ގިނަ ދުވަސް ކުރިން ސިޓީއެއް ލާފައި އެނގޭތޯ ވަނީ. ފަހަރެއްގައި މަނިކުފާނަށް އޭތި ނުލިބި އޮވެދާނެތީ ހިތަށް އެރީ މިއީއޭ އެންމެ ރަނގަޅު ފުރުސަތު މަނިކުފާން ކައިރީގައި މިވާހަކަ ބުނެލަން. އެހެންވީމަ އަދިވެސް މިކަމާ ގުޅޭގޮތުން ހައްލެއް ހޯދުމަށްޓަކައި އަޅުގަނޑުމެން އެބަ ބޭނުންވޭ މަނިކުފާނާ ޕާސަނަލީ ބައްދަލުކޮށްލަން،" އޭނާ ބުންޏެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި އިތުރު މީހަކު ބުނީ ރައްޔިތުންނާއެކު މުއިއްޒު ބޭއްވި ބައްދަލުވުމަށް އަންނަން ޖެހުނީ އޭނާގެ ދަރިފުޅަށް އިންސާފު ހޯދުމަށްޓަކައި މުއިއްޒުއާ ބައްދަލުކޮށްލަން ބޭނުންވާތީ ކަމަށާއި އެކަން ކުރުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅަށް އިންސާފު ހޯދުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރަން ބެނުންވާތީ މިއަދު ރައީސާ އަޅުގަނޑަށް ބައްދަލުކުރެވޭނެ އެއްވެސް ގޮތެއް ނުވެގެން އަޅުގަނޑު ދާއިރާ މެންބަރުން ކައިރިގައި ވެސް ވަރަށް އާދޭހާއެކު ދެންނެވިން އަޅުގަނޑާ ރައީސާ ބައްދަލުކޮށްދެވޭނެ ގޮތެއް ހައްދަވާ ދެއްވާށޭ. ނަމަވެސް އަޅުގަނޑަށް މިހާތަނަށްވީއިރު ވެސް އަޅުގަނޑަށް ރައީސާ ބައްދަލު ނުކުރެވުނީމަ މިތަނަށް އަޅުގަނޑު މި އައީ," މަރިޔަމް ވަހީދާ

މީގެއިތުރުން އިތުރު މީހަކު އެ ބައްދަލުވުމުގައި ބުނީ ސަރުކާރުގެ އެއްވެސް ތަނަކަށް ލާ ސިޓީއަކަށް އަދި ކުރާ ސުވާލަކަށް ޖަވާބު ނުދޭ ކަމަށެވެ. އޭނާ ބުނީ މިދިޔަ ވެރިކަމުގައި ވެސް މި ވެރިކަމުގައި ވެސް ލީ ސިޓީތަކަށް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް ތަނަކުން ލާ ސިޓީއަކަށް ކުރާ ސުވާލަކަށް ޖަވާބެއް ނުދެއްވައޭ އެނގޭތޯ. އަޅުގަނޑު 2021 ވަނަ އަހަރު ރަށު ކައުންސިލަށް ލީ ސިޓީގެ ޖަވާބު މިއަދު މިތާ މިވަގުތު ހުއްޓެންދެން އަދި ނުލިބެއޭ. އަތޮޅު ކައުންސިލަށް ލިން ނުލިބެއޭ. ހައުސިން މިނިސްޓްރީއަށް ލިން. ނުލިބެއޭ،" އޭނާ ބުންޏެވެ.

މާފަންނު ރައްޔިތުންނާއެކު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ހަތަރު ރައްޔިތަކު ވަނީ މުއިއްޒުއާ ވަކިން ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ބުނެ އެކަމަށް އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox