މުއިއްޒުގެ ހޫނު ސުވާލުތަކާއި ކަންބޮޑުވުން ތަކަށް މުއިއްޒުގެ ޖަވާބެއް ނެތް!

ރައީސް މުއިއްޒު އާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުއިއްޒު

ރައީސް މުއިއްޒު އާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުއިއްޒު

މަޝްވަރާއެއް ހިޔާލެއް ހޯދުމެއް ނެތި ބޮޑެތި ނިންމުންތައް ނިންމުމާއި ހިންގުމުގެ ދޯދިޔާ ކަމާއި، ނުފޫޒުން މަގާމު ބެހުމާއި ހިޔާނާތުން މުއްސަނދިކޮށް ދިނުން، އަދި ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުގެ ހިމެނޭ ގޮތަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު މިރޭ ރައީސް މުހައްމަދު މުއިއްޒުއާ ކުރެއްވި ހޫނު ސުވާލުތަކަށް ޖަވާބެއް ނުދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވާ ވާހަކައަށް އިޝާރާތް ކުރައްވައި އަހުމަދު މުއިއްޒު މިސާލެއްގެ ގޮތުގައި ނެންގެވީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ނުވައަކަށް ބަދަލު ކުރަން ހުށަހަޅާފައިވާ ބިލެވެ.

ފާޑުކިޔުން އަމާޒުވުމާއެކު އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލުމަށް ފަހު މަޖިލީހުގައި އެ ބިލް އޮތީ ޕާކުކޮށްފަ އެވެ. ބިލް ހުށަހެޅުއްވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ [އެއީ] ސަރުކާރަށް ނިސްބަތްވާ މެންބަރަކު އަދުލް އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރީ އަދުލްވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނައިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ނުކޮށް، އެ ކޮމިޝަންގެ ރައީސް އަކަށް ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު ބަހައްޓަވާތީ މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖޭއެސްސީގެ ރައީސްކަން ކުރައްވަން ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށާއި ނައިބު ރައީސްކަން ވެސް ފަނޑިޔާރަކު ކުރެއްވުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މަނިކުފާނަށް ވިސްނާ ވަޑައިގެންނެވިދާނެ ކަމެއް،" މައްޗަންގޮޅީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އަހުމަދު މުއިއްޒު ވިދާޅުވި އެވެ.

ސިޔާސީ މަގާމުތައް ގިނަކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެ މަގާމުތަކަށް މީހުން އައްޔަން ކުރަމުން ގެންދަނީ ކޮންމެހެން މަގާމަކަށް މީހަކު އައްޔަން ކުރުމަށް ނޫން ކަމަށާއި "ރައީސުލްޖުމްހޫރިއްޔާގެ ޒާތީ މަސްލަހަތެއް ހިމާޔަތް ކުރައްވަން" ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އަހުމަދު މުއިއްޒު ވިދާޅުވި އެވެ.

މިއީ ވެސް ވިސްނާ ވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްބަސީތަކަށް މުވައްޒަފުން ގިނަކުރާ ކުރުން، ހާއްސަކޮށް މެލޭޝިއާ އާއި ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް އައްޔަންކޮށްފައިވާ މީހުން ގިނަވުން ވެސް މައްސަލައެެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވި އެވެ.

ދާދި ފަހުން 206 ޕްރޮޖެކްޓު ބަހައިލީ އުސޫލުތަކުގެ ތެރެއިން ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިފަދަ މަޝްރޫއުތައް ހަވާލުކުރުމުގައި ހާމަކަން ބޮޑު، ރައްޔިތުންނަށް ގަބޫލު ކުރެވޭ، ފަސާދައެއް ނެތް ކަމަށް ކަށަވަރު ކުރެވޭ ގޮތަށް ކުރިއަށް ގެންދެވުމަށް ވެސް އަހުމަދު މުއިއްޒު އެދިވަޑައިގަތެވެ.

މުއިއްޒުގެ ސުވާލު ތަކަށް ރައީސް ޖަވާބު ނުދެއްވި ނަމަވެސް އެ މަނިކުފާނު ޖަވާބު ދެއްވަން ބޭނުންވި ކަންކަމުގައި ތަފުސީލުކޮށް ޖަވާބު ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox