މި ސަރުކާރަށް ޔާމީން ދިނީ ސަތޭކައަކުން ވިހި މާކްސް!

މި ސަރުކާރަށް ޔާމީން ދިނީ ސަތޭކައަކުން ވިހި މާކްސް!

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް 100 އަކުން ދޭނީ 20 މާކްސް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް ދޭއްގައި މިރޭ ބޭއްވި "ރައިޒް އަޕް ޔޫތު" އިވެންޓުގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިއަދު ރާއްޖޭގެ ހާލަތު ފަސް ގަރުނު ފަހަތަށް ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކުގައި ސަރުކާރުތަކާއި ވެރިންގެ ޕާފޯމަންސް ރޭޓު ކުރާ އިންޑެކްސް ބޭނުންކޮށްގެން ޔާމީން ވަނީ މި ސަަރުކާރުގެ ފުރަތަމަ ދެ އަހަރުގެ މަސައްކަތްތައް ރޭޓުކޮށްފަ އެވެ.

ޔާމީން ދެއްވި ރޭޓިން

  • އިންޓެގްރިޓީ - 60 އިން 10 މާކްސް
  • ރެސްޕޮންސިވްނެސް - 10 އިން ފަސް މާކްސް
  • އެކައުންޓަބިލިޓީ - 10 އިން ސުމެއް
  • ޓްރާންސްޕޭރެންސީ - 10 އިން ދެ މާކްސް
  • އެފިޝެންސީ - 10 އިން ތިން މާކްސް

"ނަތީޖާ ޝީޓަށް 100 އިން އަޅުގަނޑަށް ދެވެން މި އަންނަނީ 20 މާކްސް. ބިގް ޓައިމް ފެއިލިއާއެއް، ބިގް ޓައިމް ފެއިލިއާއެއް އިނގޭތޯ. އަޅުގަނޑު ބޭނުން މިކުރީ ސައިންޓިފިކް މެތޮޑޮލޮޖީ، އޭގައި ސުވާލެއް ނުއުފުދޭނެ،" ޔާމީން ވިދާޅުވި އެވެ.

މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ދައްކާ ވާހަކައިގެ އަޑު ނީވޭ ކަމަށާއި އިގުތިސޯދު ހީނަރުވެގެންދާއިރު އިންވެސްޓު ކުރަން ރާއްްޖެ އަންނަ ބަޔަކު ވެސް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މުޅި އިގުތިސޯދު ހަލާކުވެގެންދިޔައީ މީހުން އަތުގައި އަމުދުން ހަރަދުކުރާނެ ފައިސާ ނެތި. ދެން ކިހިނެއްތޯ ކުލި ދައްކައިގެން އުޅޭނީ. އެހާ ހާލު ދެރަ. ހަގީގަތަކީ ހިސާބު އަކުރުތަކެއް ދޮގެއް ނަހަދާނެ."

މި އަންނަ އަހަރުގެ ބަޖެޓަކީ އުފާވެރި ބަޖެޓެއް ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ދަރަނި ނަގައިގެން ކުރާ ކަންކަން ފެންނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މުއިއްޒުއަށް ރެކޮމެންޑު ކުރަން، މިހާރު ތި ހިސާބު ޖައްސަވާ ގޮތް ރަނގަޅެއް ނޫން. ކަހީނަކު ހޯއްދަވާ. ކަހީނަކު ހޯއްދަވައިގެން ރައްޔިތުން އުފާވެރި ކަންކަން ކުރައްވާ ކަމަށް ވާނީ. އޮފުދާރު ނުކުރައްވާ ރައްޔިތުންނާ ހަމައަށް ތިރިއަށް ވަޑައިގަންނަވާ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވަފަ އެވެ. ނިމިދިޔަ 2023 ވަނަ އަހަރުގެ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ ހުކުމް ތަންފީޒުކުރަމުން ދިޔުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox