ދައުލަތުގެ ހަރަދު ކުޑަކުރާނެ ގޮތުގެ ތަފުސީލެއް ބަޖެޓުގައި ނެތް، ހަރަދު ކުޑަ ކުރާތަނެއް ވެސް ނުފެނޭ: ކުޑޫ

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ކުރާނެ ކަންކަމުގެ ތަފުސީލެއް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ނެތް ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކުޑޫ ވިދާޅުވީ މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، ދައުލަތުގެ ޖުމުލަ ދަރަނި ހުރީ 148.9 ބިލިއަން ރުފިޔާއަށް އަރާފައި ކަަމަށެވެ. ނަމަވެސް އެއީ ދައުލަތް ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ދަރަނި ނުހިމަނާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ދައުލަތުގެ އަސްލު ދަރަނި އަންދާޒާ ކޮށްލަން ވެސް ނޭނގޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި އެހާ މަތީގައި ހުރި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހަރަދު ކުޑަކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަން ކުޑޫ ފާހަގަކުރެއްވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި އެ ހުންނެވީ މި އިއްޒަތްތެރި މަޖިލީހުގެ ފުލް މެޖޯރިޓީއާއެކު، ބޭނުންފުޅު ކޮންމެ ކަމެއް ބޭނުންފުޅު ކޮންމެ ވަގުތެއްގައި ކުރެއްވުމުގެ ބާރު އެމަނިކުފާނަށް އެބައޮތް، ދައުލަތުގެ ހަރަދުތައް ކުޑަކުރަން ބޭނުންވެއްޖެ ނަމަ އެކަން ވެސް ކުރެއްވޭނެ،" ކުޑޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނާނެ މަޖިލީހުގެ ކޮމިޓީތަކުގައި ވެސް ސަރުކާރުގެ އޮފީސްތަކުގެ ބޭފުޅުން ދައްކާ ވާހަކަ، ހަރަދު ބޮޑުވާ ވާހަކަ، ހަރަދު ބޮޑުވާ ވާހަކަ، އެކަމަކު ހަމަ އެއްގޮތަކަށް ވެސް އެއަށް އަމަލީ ސިފަ ގެންނަ ތަނެއް ނުފެނޭ."

ތަފާތު އެކި އިވެންޓުތަކާއި ޖަލްސާތައް ބޭއްވުމަށް ދައުލަތުން ކުރާ ހަރަދު އެހެން ހުރިހާ ކަންކަމަށް ކުރާ ހަރަދަށްވުރެ ބޮޑު ކަމަށް ކުޑޫ ވިދާޅުވި އެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓު ހުޅުވަން ވެސް ނުވަ ފްލައިޓުގައި މީހުން ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ މިނިވަން މުއައްސަސާތަކަށް ކުރާ ހަރަދުތަކަކީ ވެސް އިސްރާފެއްގެ ގޮތުގައި ކުޑޫ ސިފަ ކުރެެއްވި އެވެ. އަދި ކުދިކުދި އާބާދީތަކުގައި އިގުތިސާދީ ގޮތުން ފޫނުބެއްދޭވަރުގެ ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގުމަކީ ވެސް ދެކޮޅުޖެހޭ ކަމެއް ނޫންކަން ކުޑޫ ފާހަގަކުރެއްވި އެވެ.

"މި ސަރުކާރުން ވެސް ޒަމާނުއްސުރެ ހަމައެއްލަމައެއް ނެތި ދެމުންއައި ސަބްސިޑީތައް އިސްލާހު ކުރާނެ ވާހަކަދެއްކި، ޑަބަލް ޕެންޝަންގެ އުސޫލުތައް އުވައިލާނެ ކަމަށް އިއުލާނުކުރި، އާސަންދަ ރިފޯމް ކުރާނެ ވާހަކަދެއްކި، މިހެން ގޮސް ހަރަދު ކުޑަކުރަންޖެހޭ އެތައް ކަމެއް ކުރަން މި ސަރުކާރުން ވައުދުވި،" ކުޑޫ ވިދާޅުވި އެވެ.

"އެންމެފަހު ވަގުތު އެ ހުރިހާ ކަމެއް އެނބުރި، ފަހަތު ފަޔަށް ބުރަވެ، ހަރަދު ކުޑަކުރަން ކުރި އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނުފެނޭ، އިއްޒަތްތެރި ރައީސް، ހުރިހާ ކަމަކަށް ސަބްސިޑީ ދެމުންގޮސް އަޅުގަނޑުމެން މިއަދު މިތިބީ، ޑޮލަރަށް ވެސް ސަބްސިޑީ ދެމުން މި ދަނީ."

ހަރަދު ކުޑަކުރަން އެއްވެސް ކަމެއް ނުކުރި ތަނުގައި، ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑު ކުރަމުންދާ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. އެގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދޭ އިރުޝާދާއި ލަފަޔަށް ބެލުމެއް ނެތި ވަޒީފާތައް އިތުރުކޮށް ބަހާލަމުންދާކަން ކަންބޮޑުވުމާއެކު އޭނާ ފާހަގަކުރެއްވި އެވެ.

އަދި އާމްދަނީ ހޯދުމަށް ތަފާތު އެކި ކަންކަން ކުރާ ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އޭގައި ވެސް އެއްވެސް ހަގީގީ ކުލައެއް ޖެހޭތަން ނުފެންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ފަސްޖެހުމެއް ނެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަށް ހަދާލި ގޮތް އެއީ އޭގެ މިސާލެއް، މަޖިލިސް މެންބަރުން ތަޅު އެޅުވޭގޮތަށް ގާނޫނުއަސާސީއަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ގެނައި ބަދަލުވެސް އެއީ އޭގެ މިސާލެއް، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ފާސްކުރި ބިލު، މިއީ ވެސް އޭގެ މިސާލެއް، ބަޔަކު ދައްކާ ވާހަކައަކަށް، [ދޭ] ނަސޭހަތަކަށް ބެލުމެއް މިއަދުގެ ސަރުކާރުން ނެތް،" ކުޑޫ ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ކުރެއްވި ފަދަ، އާމްދާނީ ހޯދޭނޭ ފަދަ އެއްވެސް ކަމެއް، މި ސަރުކާރުން ކުރަން ވިސްނާފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ދައުލަތުގެ މާލިއްޔާއަށް ބުރަ ބޮޑުވާ ގޮތަށް ކަންކަން ބައްޓަން ކުރައްވަމުން ގެންދަވާތަން ކަމަށް ކުޑޫ ވިދާޅުވި އެވެ.

"ސަރުކާރަށް ދެ އަހަރުވާއިރު މި ހުށަހަޅާފައިވާ ބަޖެޓަކީ ސިންދަފާތު ބަޖެޓެކޭ ބުނެވޭނެ ޖާގައެއް ނެތް، މުޅިން ހުރީ އަތުން ފައިސާ ދާނެ ކަންކަން، މިއީ ދަރައި ވިކިފައި އޮތް ގައުމަކަށް ކުރެވޭ ވަރަށް ބޮޑު ހަރަދެއް، ފައިސާ ލިބޭނެ ކަމެއް ނުކޮށް ވާކަށް ނެތް، ދައުލަތަށް އާމްދަނީއެއް ވެސް ވަންނާނެ ގޮތެއް ވެސް ނެތް،" ކުޑޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖެއަށް ލިބިފައި އޮތް ނަސީބަކީ ފަތުރުވެރިކަމުގެ ސިނާއަތް ނަމަވެސް، އެ ދާއިރާ ކުރިއަރުވަން ވެސް އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަ ކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ގެއްލުން އަދިވެސް ފޫނުބެއްދޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.

އޭގެއިތުރުން ދިވެހިންގެ ލޭނާރުގެ ގޮތުގައި ކިޔާ، މަސްވެރިކަމުގެ ސިނާއަތް ވެސް އޮތީ ނުރައްކަލެއްގެ ތެރޭގައިކަން ކުޑޫ ފާހަގަ ކުރެއްވި އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ އިހުލާސްތެރި ވެރިން ކަމަށް ކުޑޫ ވިދާޅުވި އެވެ. ނަމަވެސް ދިވެހިންގެ ބަދުނަސީބަކީ އެފަދަ ވެރިން ދިވެހިރާއްޖޭގައި ނެތްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox