މާލިއްޔަތު ގަވާއިދު ބަދަލުކޮށް ބީލަމަކަށް ނުލައި 200 އަށް ވުރެ ގިނަ މަޝްރޫއު މިއަދު ހަވާލުކުރާ 53 ކުންފުންޏަކަކީ ކޮބައިކަމާއި އެ ކުންފުނިތަކާ ހަވާލުކުރާ މަޝްރޫއުތައް އަގުތައް އަދަދު އަށް އެނގިއްޖެ އެވެ.
ބާސެލޯ ނަސަންދުރާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަނަވާ ރަސްމިއްޔާތެއްގައި ހަވާލުކުރާ މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް، އިތުބާރު ކުރެވޭ މަސްދަރުތަކުން މި ނޫހާ ވަނީ ހިއްސާކޮށްފަ އެވެ.
އެ ފައިސާ ލޯނުގެ ގޮތުގައި ކުންފުނިތަކަށް ދޫކުރަނީ ބީއެމްއެލްއިންނެވެ. އެ ލޯނުތަކަށް ގެރެންޓީ ދީފައިވަނީ ސަރުކާރުން ކަމަށްވެ އެވެ.
މިއަދު ހަވާލުކުރާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ފައިސާ ލިބެނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ކުންފުންޏަށެވެ. އަލްޓެކް ކުންފުންޏާ ހަވާލުކުރަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަލުން ތަރައްގީކުރުމާއި ތިން ރަށެއްގައި 175 ހައުސިން ޔުނިޓު އެޅުމަށެވެ.
މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކާއި އަގު














