މުއިއްޒު ރިބަން ކެނޑިއިރު ފުވައްމުލަކުގައި ސީޓީ ސްކޭން ހިދުމަތް ދޭން ފެށިތާ ދުވަސްތަކެއް ވެއްޖެ

ފުވައްމުލަކު ހޮސްޕިޓަލުގައި ގާއިމުކުރި ސީޓީ ސްކޭން މެޝިނުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މުއިއްޒު ރިބަން ކަނޑުއްވަނީ --- ފޮޓޯ: ރަޢީސް އޮފީސް

ފުވައްމުލަކު ހޮސްޕިޓަލުގައި ގާއިމުކުރި ސީޓީ ސްކޭން މެޝިނުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މުއިއްޒު ރިބަން ކަނޑުއްވަނީ --- ފޮޓޯ: ރަޢީސް އޮފީސް

ފުވައްމުލަކު ސިޓީގެ ހޮސްޕިޓަލުގައި މީގެ ދުވަސްތަކެއް ކުރިން ބޭނުން ކުރަން ފެށި ސީޓީ ސްކޭން މެޝިނުގެ ހިދުމަތް "ރަސްމީކޮށް ފެށުމަށް" ކަމަށް ބުނެ ހަފުލާއެއް ބާއްވައި، ހިދުމަތް އިފުތިތާހު ކުރުމަށް ރިބަން ކަނޑުއްވައިފި އެވެ.

މިހާރު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ސީޓީ ސްކޭނުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު އެވެ. އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އާއި އެ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަދި ހޮސްޕިޓަލާއި ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވި އެވެ.

ސީޓީ ސްކޭން މެޝިނުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ރިބަން ކެނޑުއްވީ މުއިއްޒު އެވެ. އެއަށްފަހު އެމަނިކުފާނާއި، އެކުގައި ވަޑައިގެންނެވި ސަރުކާރުގެ ވެރިން ވަނީ ސީޓީ ސްކޭން މެޝިން ހުންނަ ކޮޓަރި ބައްލަވާލައްވައިފަ އެވެ.

މިއަދު ރަސްމީކޮށް ހިދުމަތް ފެށި ސީޓީ ސްކޭން މެޝިނުން 90 އަށްވުރެ ގިނަ ޕޭޝަންޓުން ހިދުމަތް ހޯދާފައިވާ ކަމަށް މިރޭ ވިދާޅުވީ ވެސް މުއިއްޒު އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނާއި އެކު މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.

"ސީޓީގެ ހިދުމަތް ރަސްމީކޮށް މިއަދު ފެށުނީ. އެ ހިދުމަތް ފެށިގެން 90 ވަރަކަށް ޕޭޝަންޓުންނަށް ހިދުމަތް ދެވިފަ ވޭ،" މިރޭ މުއިއްޒު ވިދާޅުވި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި އައު ހިދުމަތްތައް ފެށި ނަމަވެސް، ވައުދުވި ގޮތަށް އެ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މުއިއްޒު މިރޭ ވިދާޅުވި އެވެ. އެ މަޝްރޫއަކީ ސައުދީގެ ހިލޭ އެހީގެ ދަށުން ފަންޑުކުރާ މަޝްރޫއެކެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ސައުދީ ފަންޑުގެ ޕްރޮކިއުމެންޓު ކަންކަން ނިމި، ކޮންޓްރެކްޓަރަކާއި ހަވާލުކޮށް އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ތެރޭ ކަމަށް ވެސް މުއިއްޒު މިރޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox