ޖުޑިޝަރީގެ މިނިވަންކަން ޔަގީންކުރަން އދ. ގެ މުހިންމު ހުށަހެޅުންތަކެއް، ރާއްޖެއިން ބުނަނީ ފަނޑިޔާރުގެ މިނިވަންކަމަށް

ޖުޑިޝަރީގެ މިނިވަންކަން ޔަގީންކުރަން އދ. ގެ މުހިންމު ހުށަހެޅުންތަކެއް، ރާއްޖެއިން ބުނަނީ ފަނޑިޔާރުގެ މިނިވަންކަމަށް

ދިވެހިރާއްޖޭގެ ޖުޑިޝަރީގެ މިނިވަންކަން ޔަގީން ކުރުމަށް އދ. އިން މުހިންމު ހުށަހެޅުންތަކެއް ރާއްޖެއަށް ހުށަހަޅައިފި އެވެ.

އދ. އިން ހުށަހެޅީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ފަނޑިޔާރުންގެ އަގުލަބިއްޔަތު އޮންނަ ގޮތަށް އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ އުސޫލުތައް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެއްތުމަށް ވެސް އދ. އިން ހުށަހަޅާފައިވެ އެވެ.

އދ. އިން ރާއްޖެއަށް ހުށަހެޅުންތަކެއް ހުށަހަޅާފައި މި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ހިއުމަން ރައިޓްސް ކައުންސިލުން ރިވިއު ކުރުމަށްޓަކައި، އދ. ގެ ހައި ކޮމިޝަނާ އޮފް ހިއުމަން ރައިޓްސްގެ އޮފީހުން އެކުލަވާލި ރިޕޯޓުގަ އެވެ. ރިވިއު ކުރުން އޮންނާނީ މާދަމާ އެވެ.

އެ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ އދ. ގެ އެކި އޮފީސްތަކާއި މަދަނީ ޖަމިއްޔާތަކާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ވެސް ބައެއް އިދާރާތަކުން ދީފައިވާ ލަފާތަކުގެ މައްޗަށެވެ.

އދ. ގެ ހައި ކޮމިޝަނާ އޮފް ހިއުމަން ރައިޓްސްގެ އޮފީހުން އެކުލަވާލި ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، ފަނޑިޔާރުން އައްޔަން ކުރުމާއި ޕްރޮމޯޝަން ދިނުމާއި ވަކި ކުރުން އޮންނަންޖެހޭނީ ޖުޑިޝަރީގެ މިނިވަންކަން ކަށަވަރު ކުރަން 1985 ގައި އެ ޖަމިއްޔާއިން ފާސް ކުރި ގަރާރާ އެއްގޮތަށް ކަމަށެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ފަނޑިޔާރުންގެ މާލީ ބަޔާން އާންމު ކުރުމަށް ވެސް އދ. އިން ރިކޮމެންޑުކޮށްފައިވެ އެވެ. އޭގެ އިތުރުން ވެސް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވެން ހުރި ހުރިހާ ދޮރުތަކެއް ބަންދު ކުރަން އދ. އިން ގޮވާލާފައިވެ އެވެ.

ޑިއު ޕްރޮސެސް ކަށަވަރު ކުރަން ފަނޑިޔާރުގެއަށް އިސްލާހުތަކެއް ބޭނުންވާ ކަމަށް ވެސް އދ. އިން ދެކެ އެވެ. އަަދި އެ އިސްލާހުތައް ވާންޖެހޭނީ ޖުޑިޝަރީ އާއި މަދަނީ ޖަމިއްޔާތަކާއި ގާނޫނީ ބޭފުޅުންގެ މަޝްވަރާގެ މަތިން އެކުލަވާލަންޖެހޭ އިސްލާހުތަކަކަށް ކަމަށް ވެސް އދ. އިން ބުނެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މިނިވަންކަން ކަށަވަރު ކުރުމަށް އިތުރަށް ކުރެވެން ހުރި ކަންކަން ބަލައި، އެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ދެކޭ ކަމަށް ވެސް އދ. ގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރިވިއު ކުރުމުގެ ކުރިން، ރާއްޖެއިން ހުށަހަޅާފައިވާ ކަންޓްރީ ރިޕޯޓުގައި ބުނެފައި ވަނީ ގައުމުގެ ޖުޑިޝަރީ މިހާރު އިންތިހާއަށް މިނިވަން ކަމަށެވެ. އަދި ބުނެފައި ވަނީ މިދިޔަ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ސަސްޕެންޑުކޮށް އޭގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

އދ. ގެ ހުރި ކަންބޮޑުވުންތަކަށް މަޝްވަރާ ކުރަން، ފަނޑިޔާރުންގެ މިނިވަންކަމާ ގުޅޭ އދ. ގެ ހާއްސަ މަންދޫބުގެ އޮފީހާއެކު ވާހަކަ ދައްކަމުންދާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. ފަނޑިޔާރުން ވަކި ކުރުމާ ގުޅިގެން ހާއްސަ މަންދޫބު މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުމުން ރާއްޖެއިން ބުނެފައި ވަނީ އެއީ ވަކި އަތަކަށް ޖެހިފައިވާ ބަޔާނެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ސަރުކާރުން ވަކި ކުރީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ. ވަކި ކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. އޭގެ ކުރިން ފަނޑިޔާރު ހުސްނުއްސުއޫދ ސަސްޕެންޑު ކުރި އެވެ. ވަކި ކުރުމުގެ ކުރިން ސުއޫދު އިސްތިއުފާ ދެއްވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox