ކެބިނެޓުން ނިންމި ބޯހިޔާވަހިކަމުގެ ސްކީމަށް ލޯނު ދޫކުރުން ރާއްޖޭގައި ހިންގާ ހުރިހާ ބޭންކަކަށް މަޖުބޫރުކޮށްފި

އާޓްވޯކް: އިސްމާއީލް އިމްދާދު/އަދަދު

އާޓްވޯކް: އިސްމާއީލް އިމްދާދު/އަދަދު

ވަޒީރުންގެ މަޖިލީހުން ނިންމި ބޯހިޔާވަހިކަމުގެ ސްކީމަކަށް ރާއްޖޭގައި ހިންގާ ހުރިހާ ބޭންކަކުން ލޯނު ދޫކުރުން މަޖުބޫރުކޮށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ގަވާއިދެއް ގެޒެޓުކޮށްފި އެވެ.

އިއްޔެ ގެޒެޓުކުރި މި ގަވާއިދުގެ ދަށުން ހިންގާ ސްކީމަށް ކިޔަނީ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް" އެވެ.

ފަސް އަހަރުގެ މުއްދަތަކަށް ހިންގާ މި މަޝްރޫއުގެ ދަށުން ބޭންކުތަކަށް ލޯނު ދޫކުރަން މަޖުބޫރުކޮށް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް ފަންޑެއް ގާއިމުކުރެ އެވެ. މި ފަންޑު ހިންގާނީ އެމްއެމްއޭ އިން ކަނޑައަޅާ ފަރާތަކުންނެވެ.

އެމްއެމްއޭ އިން ނެރުނު ގަވާއިދު ބުނާ ގޮތުން ކޮންމެ ބޭންކެއްގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10 ޕަސެންޓާއި 15 ޕަސެންޓު މި ސްކީމަށް ހާއްސަ ކުރަން ޖެހެ އެވެ. އަދި، ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓު ރޭޓާއި އަދި ލޯނުގެ މުއްދަތުގެ މަދުވެގެން އެމްއެމްއޭ އިން އަންގާ މިންވަރެއްގައި ބަހައްޓަން ގަވާއިދުގެ ދަށުން ބޭންކުތަކަށް މަޖުބޫރުވާނެ އެވެ.

ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކުގެ ތެރޭގައި ބޭންކު އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކު، ކޮމާޝަލް ބޭންކު މޯލްޑިވްސް، އަދި ބޭންކު އޮފް ސިލޯން، ހަބީބު ބޭންކު، އަދި ސްޓޭޓު ބޭންކު އޮފް އިންޑިއާ އަދި މޮރިޝަސް ކޮމާޝަލް ބޭންކު ހިމެނެ އެވެ. އެމްއެމްއޭގެ ގަވާއިދުގެ ތެރެއަށް ހައުސިން ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން ވެސް ވަންނާނެ އެވެ.

ގަވާއިދުގެ ދަށުން ބޭންކުތަކުން މަޖުބޫރުކުރުވާ ކަންކަން ނުކޮށްފިނަމަ އެމްއެމްއޭ ގާނޫނުގެ ދަށުން އެ ބޭންކެއް 1،000،000ރ. އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

މި ސްކީމުގެ ދަށުން ދެ ބާވަތެއްގެ ލޯނު ދޫކުރާއިރު، ޓައިޕް އޭ ގެ ލޯނުތަކަށް އެދޭ މީހުން ބޭންކުގައި އެއްވެސް އިކިއުޓީއެއް ބަހައްޓާކަށް ނުޖެހެ އެވެ. ނަމަވެސް، ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ. މި ބާވަތުގެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ.

ޓައިޕް ބީ ގެ ލޯނުތައް ނަގާ ފަރާތްތަކުން ލޯނުގެ ފަސް ޕަސެންޓު އިކުއިޓީގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ. ގަވާއިދުގެ ދަށުން މި ލޯނުތަކުގެ އިންޓްރެސްޓު ހަ ޕަސެންޓުގައި ބަހައްޓަން ބޭންކުތަކަށް މަޖުބޫރުވާނެ އެވެ.

އެމްއެމްއޭގެ ގަވާއިދު ބުނާ ގޮތުގައި މި ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ގެދޮރުވެރިކަމުގެ މިލްކުވެރިކަމެއް ނެތް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށެވެ. ފަންޑުގެ ދަށުން ލޯނު ދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ލޯނު ލިބޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ކަނޑައަޅަނީ އެމްއެމްއޭ އިންނެވެ.

ގެދޮރު އަޅަން މާލީ ގޮތުން ދަތިކަން ކުރިމަތިވާ މީހުންނަށް ލުއި ގޮތްތަކެއް ހޯދައިދޭން ވެގެން މި ސަރުކާރުން މީގެ ކުރިން ވަނީ 'ހިޔާވެހި ފައިނޭންސިން ސްކީމް' ގެ ނަމުގައި ސްކީމެއް ފަށާފަ އެވެ. އެ ސްކީމަށް ލޯނު ދޫކުރަން ފަށާފައިވަނީ ބީއެމްއެލް އިން އެކަންޏެވެ. މި މަހު ކުރީކޮޅު ބީއެމްއެލްއިން ބުނި ގޮތުގައި އެ ބޭންކުން ދަނީ 1400 އަށް ވުރެ ގިނަ އެޕްލިކޭޝަން ބަލައި ފްރޮސެސް ކުރަމުންނެވެ.

މީގެ ކުރިން ބޭންކުން ވަނީ މި ކަމަށް ހުށަހެޅި މީހުންގެ ފައިނޭންޝަލް އެލިޖިބިލިޓީ ވަޒަންކުރުމަށް ފަހު، ބަޔެއްގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފަ އެވެ. މި ގޮތަށް ބާކީ ކުރަން ޖެހުނީ، ގެދޮރު އަޅަން ނަގާ ލޯނު އަނބުރާ ދެއްކޭނެ ކަމަށް ބޭންކުން ބަލައި މިންގަނޑަށް ނުފެތޭ މީހުންނެވެ.

ބީއެމްއެލްގެ އިތުރުން މި ސްކީމުގެ ދަށުން ފައިނޭންސިން ދޫކުރަނީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިންނެވެ. މި ހުރިހާ ތަނަކުން ވެސް ފައިނޭންސިން ދެނީ އެއް ރޭޓެއްގައި، އެއް ޝަރުތުތަކެއްގެ ދަށުންނެވެ. ނަމަވެސް މިހާތަނަށް އެ ދެ ބޭންކުން ލޯނުތައް އެޕްރޫވް ކޮށްފައެއް ނުވެ އެވެ.

ހިޔާވެހި ސްކީމަށް ހުށަހެޅުމުގެ ސުންގަޑި މެއި މަހުގެ ނިޔަަލަށް ހަމަވިއިރު 2،256 ފޯމެއް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ. އެއީ 'ރަށްވެހި' ސްކީމަށް 1329 ފޯމާއި، 'ސަހަރު' ސްކީމަށް 586 ފޯމާއި، 'ފަހިމާލެ' ސްކީމަށް 341 ފޯމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox