ކަސްޓަމަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލެއް ހަދައިފި

ކަސްޓަމުގެ އޮފީސް: ހާމަކުރަނީ 10،000ރ. އަށްވުރެ ގިނައިން ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް -- ފޮޓޯ: އަދަދު

ކަސްޓަމުގެ އޮފީސް: ހާމަކުރަނީ 10،000ރ. އަށްވުރެ ގިނައިން ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް -- ފޮޓޯ: އަދަދު

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ބަޔާން ކުރުމަށް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް މިއަދު އެކުލަވާލައިފި އެވެ.

އުސޫލުގައިވާ ގޮތުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000ރ. އަށްވުރެ އިތުރުވެ، އެ ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ލިޔުމުން އެކަން އެންގުމަށްފަހު އެ ފަރާތެއްގެ ނަން ކަސްޓަމްސްގެ ވެބްސައިޓުގައި ހާމަކުރާނެ އެވެ.

ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އުސޫލުގައި ބަޔާންކޮށްފައި ވަނީ މަދުވެގެން ކޮންމެ ދެ މަހަކުން އެއް ފަހަރެވެ.

އުސޫލުގައިވާ ގޮތުން ކަސްޓަމަށް 10،000ރ. އަށްވުރެ އިތުރަށް ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތައް އަދި ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ޕްރޮޖެކްޓް ހިންގާ ފަރާތްތަކުން ފައިސާ ދައްކަން ހުއްޓަސް، އެ ތަންތަން އުސޫލުން އިސްތިނާވެ އެވެ.

ކަސްޓަމަށް ފައިސާ ނުދައްކާ ފަރާތުގެ ހާމަކުރާ މައުލޫމާތު:

  • ފައިސާ ދައްކަން ޖެހޭ ފަރާތުގެ ފުރިހަމަ ނަން.
  • ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރު. އަމިއްލަ ފަރުދެއްނަމަ، އެ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެސް.
  • ވިޔަފާރި ރަޖިސްޓްރީ ނަންބަރު. (ގާނޫނީ ޝަހްސެއްނަމަ، އެ ފަރާތުގެ ރަޖިސްޓްރީ ނަންބަރު).
  • ނަން ހާމަކުރާއިރު އެހައިތަނަށް ނުދައްކައި އޮތް ފައިސާގެ އަދަދު.
  • ފައިސާގެ ބާވަތް / ފައިސާ ދައްކަންޖެހޭ ސަބަބު.

އުސޫލުގައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ މަރުހަލާތަކަކީ ކަސްޓަމްސްގެ ރަސްމީ ވެބްސައިޓުގައި މައުލޫމާތުތައް ހާމަކުރުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި ކަސްޓަމްސްގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މައުލޫމާތުތައް ހާމަކުރުމެވެ.

ނަމަވެސް މައުލޫމާތުތައް ހާމަކުރަން ބަޔާންކޮށްފައިވާ މަރުހަލާތަކުގެ ތެރެއިން އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދާންވާނީ 15 ދުވަސް ފާއިތުވުމުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އުސޫލުގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭ ފަރާތުން ކަސްޓަމްސްއަށް ފައިސާ ދައްކައިފިނަމަ، ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު ކަސްޓަމްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ އެ ފަރާތެއްގެ ނަން އުނިކުރެވޭނެ އެވެ. އެކަމަކު ގެޒެޓުގައި ޝާއިއުކުރާ ލިސްޓުން ނަން އުންޏެއް ނުކުރެވޭނެ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް އުސޫލުގެ ދަށުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އެކުލަވާލަން ޖެހެ އެވެ. އެ ކޮމިޓީން އުސޫލުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ކަނޑައެޅުމުގައި ލަފާދޭން ޖެހެ އެވެ.

ކަސްޓަމުން ނަން ހާމަކުރާތާ ފަސް ދުވަހުގެ ތެރޭގައި ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ހުށަހަޅަން ޖެހޭނީ ސްޓިއަރިން ކޮމިޓީއަށެވެ. އެގޮތުން އެ ޝަކުވާއެއް ސްޓިއަރިން ކޮމިޓީން 10 ދުވަސް ތެރޭގައި ބަލައި ގޮތެއް ނިންމަން ޖެހޭނެ އެވެ.

އުސޫލަށް އަމަލުކުރަން މިއަދުން ފެށިގެން ފަށާއިރު، ކަސްޓަމަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލުމުގައި އަމަލުކުރާ އުސޫލާ އެއްގޮތަށް ފައިސާ ދެއްކުމަށް ލިޔުމުން މުއާމަލާތް ކޮށްފައިވާ ފަރާތްތައް އެއީ އުސޫލުގެ ބޭނުމަށް ނޯޓިސް ދެވިފައިވާ ފަރާތްތައް ކަމަށް ބަލައި އެ ފަރާތްތަކުގެ ނަންތައް އުސޫލުގެ ދަށުން ނެރޭ ފުރަތަމަ ލިސްޓުގައި ހިމަނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox