މި އަހަރު ސަރުކާރަށް މުވައްޒަފުން ނެގީ ވަރަށް ލިމިޓެޑުކޮށް: މުއިއްޒު

މުހައްމަދު މުއިއްޒު: އާންމު އުސޫލުން ސަރުކާރުގެ ތަންތަނަށް މުވައްޒަފުން ނަގަމުންދަނީ ވަރަށް ލިމިޓެޑުކޮށް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: އާންމު އުސޫލުން ސަރުކާރުގެ ތަންތަނަށް މުވައްޒަފުން ނަގަމުންދަނީ ވަރަށް ލިމިޓެޑުކޮށް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ސަރުކާރުގެ އެކި ތަންތަނަށް މުވައްޒަފުން ނެގީ ވަރަށް ލިމިޓެޑުކޮށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް ކުރައްވާ ދަތުރުގައި ނޫމަރާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އާންމު އުސޫލުން ސަރުކާރުގެ ތަންތަނަށް މުވައްޒަފުން ނަގަމުންދަނީ ވަރަށް ލިމިޓެޑުކޮށް ކަމަށެވެ.

"ހަގީގަތުގައި މި އަހަރު ވެސް އާންމު އުސޫލުން ސަރުކާރުގެ ތަންތަނަށް ވަޒީފާތަކަށް މީހުން ނުނަގަން، ވަރަށް ލިމިޓެޑުކޮށް ގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މުވައްޒަފުން ނެގުން ލިމިޓް ކުރި ނަމަވެސް، ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިސްކަންދީ އެކަން ފަހިކުރަމުންދާ ކަމަށެވެ.

އެ ގޮތުން އަންނަ އަހަރު ވެސް ސިއްހީ ދާއިރާއަށް އިސްކަންދީ ފަހިކުރަން ޖެހޭ ކަންކަން ފަހިކުރަމުންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް، އެ ނަންބަރު ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި އެ އަދަދު ހުރީ 2،000 އަށްވުރެ މަތީގަ އެވެ.

މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ސިއްރަކަށް ވެފައިވަނީ ސިޔާސީ މުވައްޒަފުންގެ އަދަދެވެ. ރަށްރަށުގެ ކުޅިވަރު ސްޓޭޑިއަމްތައް ބެލެހެއްޓުމާއި، ހޮސްޕިޓަލްތައް ބެލެހެއްޓުމާއި، ފަޅު ރަށްރަށް ބެލެހެއްޓުމަށް ވެސް ސިޔާސީ މުވައްޒަފުން ބޮޑު މުސާރަ ދީފައި އެބަތިއްބެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަސް ފެށުނުއިރު މުސާރަ އާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ހަރަދު ކުރީ ޖުމްލަ 9.5 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 575.4 މިލިއަން ރުފިޔާއިން އިތުރު އަދަދެކެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަމުންދިޔަ ނަމަވެސް ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި ލިބޭ އާމްދަނީން ފަރުނުޖެހޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox