ސިނގިރޭޓުތަކެއްގެ މައްސަލައިގައި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރަކަށް ރިޝްވަތުގެ ދައުވާކުރަނީ

މާލޭ ކޮމާޝަލް ހާބަރުގައި ހުރި ކޮންޓެއިނަރުތަކެއް ހުސްކުރަނީ: މި މައްސަލައިގައި ހިމެނޭ ސިނގިރޭޓުތަކަކީ ރީއެކްސްޕޯޓު ކުރަން ހުއްދަ ނަގާ، ނުކޮށް ހުރި މުދާ --- ފޮޓޯ: އަދަދު

މާލޭ ކޮމާޝަލް ހާބަރުގައި ހުރި ކޮންޓެއިނަރުތަކެއް ހުސްކުރަނީ: މި މައްސަލައިގައި ހިމެނޭ ސިނގިރޭޓުތަކަކީ ރީއެކްސްޕޯޓު ކުރަން ހުއްދަ ނަގާ، ނުކޮށް ހުރި މުދާ --- ފޮޓޯ: އަދަދު

ކަސްޓަމްސްއިން ބަލަމުން ދިޔަ މައްސަލައެއް ނިންމުމުގެ މުގާބިލުގައި ރިޝްވަތު ދޭން އެދުނު މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރަކަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ނިމުނު ހަފުތާގެ ތެރޭގައި ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވީ، ކަސްޓަމްސް ސާވިސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ (ހ. ނިއުހެޕިނަސް، މާލެ) ގެ މައްޗަށެވެ.

މުއާޒުއަށް ތުހުމަތުުކުރެވެނީ 2018 ގައި އަމިއްލަ ކުންފުންޏަކުން އެތެރެކުރި 450 ސިނގިރޭޓު ކޭސް ހުޅުމާލޭ ބޮންޑުގައި ބެހެއްޓުމަށް ފަހު، އޭގެ ތެރެއިން 430 ކޭސް ރީ-އެކްސްޕޯޓުކުރަން ހުއްދަ ހޯދުމަށް އެ ތަކެތި ރީއެކްސްޕޯޓު ނުކުރި މައްސަލައެއްގެ އެވެ.

އޭސީސީން ބުނި ގޮތުގައި، ކަސްޓަމްސްއިން އެ ކުންފުނީގެ މައްސަލަ ބަލަމުންދިޔައިރު، މުއާޒު ވަނީ އެ ކުންފުންޏަށް ފަހިވާގޮތަށް މައްސަލަ ނިންމުމުގެ މުގާބިލުގައި އެ ކުންފުނީގެ ދެ މީހެއްގެ ކިބައިން ރިޝްވަތަށް އެދިފަ އެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާއަކީ، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ އެވެ. މިއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. އެންމެ ބޮޑު އަދަބަކީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ ހަތް އަހަރު ކުރިން އެތެރެކުރި ސިނގިރޭޓުތަކެއްގެ މައްސަލައިގައި ކަސްޓަމްސްގެ އޮފިސަރަކަށް ރިޝްވަތުގެ ދައުވާކުރާއިރު، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ވޭޕު މަނާކުރުމާ އެކީ ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިހެން އެތެރެކުރަން އުޅުނު ބައެއް ޝިޕްމަންޓުތައް އަތުލައިގަތް ނަމަވެސް، އަތުލައިގަނެވެނީ މަދު އަދަދެއް ކަމަށް ބެލެވެ އެވެ.

މި ފަހުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ސިނގިރޭޓު ޝިޕްމަންޓެއް ހިފަހައްޓާފައި ހުއްޓާ، އޭގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. މިއީ ވަރަށް އިންތިޒާމު ވެގެން ނޫނީ ނުކުރެވޭނެ ކަމެއް ނަމަވެސް، އަދި މި މައްސަލައިގައި އެންމެ މީހަކު ވެސް ހައްޔަރުކުރި ކަމެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox