އިންތިހާބު ދުވަސްވަރު ކެރޭނެއް ގަތުމުގެ ނަމުގައި އެމްޕީއެލްއިން 17 މިލިއަން ދޫކުރި، ކެރޭނު ވެސް ނުލިބުނު

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތަކެއް އަދި އެ ތަކެތި އުފުލަން ބޭނުންކުރާ ކެރޭނުތައް --- ފޮޓޯ: އަދަދު

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތަކެއް އަދި އެ ތަކެތި އުފުލަން ބޭނުންކުރާ ކެރޭނުތައް --- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދުވަސްވަރު، ކެރޭނެއް ގަތުމުގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން ރާއްޖޭގެ އަމިއްލަ ކުންފުންޏަކަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެނގިއްޖެ އެވެ.

އެ މުއާމަލާތުގެ މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކުން އަދަދު ނޫހަށް ބުނީ އެ ހިޔާނާތް ހިންގާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.

އެ ފައިސާ ބޭރުކުރީ ހުޅުމާލޭ ޕޯޓަށް ކެރޭނެއް ގަތުމުގެ ނަމުގަ އެވެ. އެ އެއްބަސްވުން ހެދީ ޗައިނާގެ ކުންފުންޏަކާއެކު އެވެ. ނަމަވެސް، ޗައިނާ ކުންފުނީގެ ދިވެހި އެޖެންޓުގެ ހައިސިއްޔަތުން މިކަމުގައި ހުރިހާ މުއާމަލާތެއްކުރީ ބިޒް އޭޝިއާ ޕްރައިވެޓް ލިމިޓެޑުން ކަމަށް، މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

"މިކަމުގެ ހުރިހާ ކަމެއްގައި އުޅުނީ ދިވެހި އެޖެންޓު. ފައިސާ ވެސް ދިނީ އެ މީހުންނަށް،" އަދަދު ނޫހާ ވާހަކަ ދެއްކި އެކަކު ބުންޏެވެ.

ކެރޭނު ޖުމުލަ އަގަކީ 19 މިލިއަން ރުފިޔާ ކަމަށް އެނގިފައިވެ އެވެ. އެ އަގުގެ 90 ޕަސެންޓު (17 މިލިއަން ރުފިޔާ) ދިވެހި އެޖެންޓަށް އެމްޕީއެލްއިން ދައްކާފައިވާ ކަމަށްވެ އެވެ.

"މި މައްސަލަ ފަޅައިއެރީ، އާ ސީއީއޯ ރިޝްވާން ވަޑައިގެންނެވި ފަހުން. މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެބަ ބަލާ،" އަދަދު ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި މައްސަލައިގައި ބިޒް އޭޝިއާގެ އިސްވެރިޔަކަށް ގުޅުމުން އެ ކުންފުންޏަކީ، ކެރޭނެ ގަތުމަށް ހަވާލުކުރި ޗައިނާ ކުންފުނީގެ ދިވެހި އެޖެންޓު ކަމަށް އެއްބަސްވި އެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.

މަޖިލިސް ކެމްޕޭނު ތެރޭގައި ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ފައިސާ ނެރެފައިވާކަން މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ހާމަވެފައިވެ އެވެ.

މި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓު (އެސްޓީއާރު) ގައި ވަނީ ޖެނުއަރީ 1، 2023 އިން ފެށިގެން ސެޕްޓެމްބަރު 30، 2024 ގެ ނިޔަލަށް ކޮށްފައިވާ މުއާމަލާތްތަކެވެ. މި މުއްދަތުގެ ތެރޭގައި ފެނަކައިން 47 ޓްރާންސެކްޝަނެއްގެ ދަށުން ކެންގޯއަށް 37 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މަޖިލީހުގެ ކެމްޕޭނު ދުވަސްވަރު ޕްރޮޖެކްޓުތަކުގެ އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެޗްޑީސީން ވެސް އެތައް މިލިއަން ޑޮލަރެއް ޗައިނާގެ ބައެއް ކުންފުނިތަކަށް ދޫކޮށްފައިވާކަން އެނގިފައިވެ އެވެ. ނަމަވެސް އޭސީސީ އާއި އޮޑިޓަ ޖެނެރަލް މި މައްސަލަތައް ބަލައި ފިޔަވަޅެއް އެޅިކަން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox