ފަޒުލްގެ ވައްކަންތައް ނުބެލި އޮއްވައި ކުރީ ސަރުކާރުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެޗްޑީސީން ބުނެފި

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު އާއި އެ ކުންފުނީގެ އިސްވެރިން ---- ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު އާއި އެ ކުންފުނީގެ އިސްވެރިން ---- ފޮޓޯ: އެޗްޑީސީ

ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި މަޖުބޫރުވެގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ފަޒުލް ރަޝީދު ވައްކަންތައް ނުބެލި އޮއްވާ، ކުރީ ސަރުކާރުގެ ދުވަސްވަރު ހިނގި މައްސަލަތަކެއް ބަލަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާ ބޯމަތިވެފައިވަނިކޮށް ކުރީ ސަރުކާރުގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ އެޗްޑީސީން ބަޔާން ނެރުނީ ރޭ އިރާކޮޅު އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ 2019 އާއި 2023 އާއި ދެމެދު އެ ކުންފުނީގެ ތެރެއިން 200 މިލިއަނެއްހާ ރުފިޔާގެ ހިޔާނާތް ވެފައިވާ ކަމަށް ފާހަގަކުރެވޭތީ އެކަންކަން ބެލުމަށް ތަހުގީގީ އިދާރާތަކަށް މައްސަލަ ހުށަހަޅަމުންދާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ކުންފުނީގެ މުދަލުން ވައްކަން ކުރުމާއި ކުންފުނީގެ މުދާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމުގެ އިތުރުން ކުންފުންޏަށް ގެއްލުންވާނެހެން ބިންތައް ކުއްޔަށް ދިނުމުގެ މައްސަލަތަކެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން މިފަދަ ބަޔާނެއް ނެރެފައިވައި މިވަނީ، ފަޒުލް ކުންފުނި ހިންގެވިއިރު ހިންގި ވައްކަންތަކުގެ މައްސަލަ މަޑުޖެހިފައި އޮއްވަ އެވެ. އެ މައްސަލަތަކާއި ގުޅޭގޮތުން ފަޒުލްގެ އިސްތިއުފާއަށްފަހު އެޗްޑީސީ އިން ބަހެއް ބުނެފައެއް ނުވެ އެވެ.

މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވެ އެވެ.

އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވުމުން އެ މައްސަލައިގައި ފުލުހުން ތަހުގީގެއް ވެސް ހިންގި އެވެ. އެގޮތުން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، ގައި ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދި އެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ ފައިސާ ފަޒުލްއާ ހަވާލުކޮށްފަ އެވެ.

އޭގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ އާދަޔާ ހިލާފު ބޮޑު އަގެއްގައި އެޗްޑީސީން ހަވާލު ކުރުމުގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވެ އެވެ.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރަން ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށެވެ. އެއީ ކޮންމެ ލިފްޓަކަށް 562،500 ޑޮލަރު (8.3 މިލިއަން ރުފިޔާ) ރޭޓުގަ އެވެ.

ބޮޑު އަގުގައި ލިފްޓުތައް ހަރުކުރަން ހަވާލުކުރި ކަމުގެ ތުހުމަތު ކުރެވޭއިރު، މިހާރު ލިފްޓުތައް ހަރުކުރަން ހަވާލުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރަމުން އަންނަ ވަރުގެ ދެ ޓަވަރު އެޅޭ ވަރަށް ވުރެ ގިނަ ފައިސާއަށެވެ.

އެމްޑީޕީގެ ބޮޑު މުޒާހަރާ އާއި ދިމާކޮށް އެޗްޑީސީގެ އިތުރުން ސަރުކާރުގެ އެކި ކުންފުނިތަކުންނާއި އިދާރާތަކުން އަންނަނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ހިނގި ކަމަށް ބުނާ އެކި ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅޭ ބަޔާންތަކާއި ރިޕޯޓުތައް ނެރެމުންނެވެ.

އޭގެ ތެރޭގައި ސެޕްޓެމްބަރު 25، ގެ ރޭ ދަންވަރު އޮޑިޓު އޮފީހުން ނެރުނު ފެނަކައިގެ އޮޑިޓު ރިޕޯޓާއި ރޭ އެމްޓީސީސީ އިން ނެރުނު ބަޔާން ހިމެނެ އެވެ.

މިރޭގެ މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީއަށް ތާއީދުކުރާ އަދި މި ސަރުކާރާއި އިދިކޮޅު ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު މާލެއަށް ދަތުރުކުރަމުންނެވެ. މި ދަތުރުތަކާއެކު ކަނޑުދަތުރުކުރާ އުޅަނދުތައް ބަލައިފާސްކުރަން ސިފައިން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ. މި އޮޕަރޭޝަނުގައި އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox