މުޒާހަރާ ބޯމަތިވެފައި އޮއްވައި އެމްޑީޕީގެ އެކައުންޓު ފްރީޒް ކުރަން އެދެފި

Oct 2, 2025, 2:10 PM
އެމްޑީޕީގެ މުޒާހަރާއަށް ތައްޔާރުވާން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: މުޒާހަރާއަށް ދިޔުމުގެ ފުރުސަތު ހަނި ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ މުޒާހަރާއަށް ތައްޔާރުވާން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: މުޒާހަރާއަށް ދިޔުމުގެ ފުރުސަތު ހަނި ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން މާދަމާ ބޮޑު އެއްވުމަށް ބާއްވަން ތައްޔާރުވަމުންދަނިކޮށް އެ ޕާޓީގެ އެކައުންޓުތައް ފްރީޒް ކުރަން ސިވިލް ކޯޓުގައި އެދެފި އެވެ.

އެމްޑީޕީގެ އެކައުންޓުތައް ފްރީޒް ކުރަން އެދުނީ އައިލެންޑް އޭވިއޭޝަނުންނެވެ. އެއީ އެ ކުންފުންޏަށް އެމްޑީޕީ އިން ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާގެ ދަރަންޏެއްގެ މައްސަލައިގަ އެވެ.

އެމްޑީޕީން މާދަމާ އެއްވުމެއް މީހުން ދިއުމުގެ ފުރުސަތު ހަނި ކުރަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކުން ދަނީ މާދަމާއަށް މަސް ދަތުރު ފަދަ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.

މާދަމާގެ އެއްވުމުގެ ކުރިން ފުލުހުންނާއި ސިފައިންގެ އިސް ވެރިންގެ ހާއްސަ ބައްދަލުވުމެއް ވެސް މިއަދު ވަނީ ބާއްވައިފަ އެވެ. އަދި ފުލުހުންގެ ހާއްސަ ތަމުރީނުތަކެއް ވެސް މި ހަފުތާގައި މާލޭގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.

މާދަމާގެ އެއްވުމުގައި އެމްޑީޕީ އިން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ ފުލުހުން ވަނީ ސާބިތުނުހިފޭ ބަޔާނެއް ވެސް ނެރެފަ އެވެ. މާލެ ތެރެ ހަލަބޮލިކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އިން ބަޔާން ނެރުނުއިރު، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަކަށް ފުލުހުން ނުބުނެ އެވެ.

"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި އެމްޑީޕީ އިން މާދަމާ ބާއްވާ މުޒާހަރާގައި އަދާލަތު ޕާޓީ އިން ބައިވެރިވުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެ އެއްވުން އޮންނާނީ މާދަމާ ރޭ 8:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox