ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު އަންނަ ފެބްރުއަރީ މަހުން ފެށިގެން ބޮޑުކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ބީއެމްއެލްއިން ދޫކުރާ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކެއް -- ފޮޓޯ: އަދަދު

ބީއެމްއެލްއިން ދޫކުރާ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކެއް -- ފޮޓޯ: އަދަދު

އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދާދި ދެންމެއަކު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލްގެ ކްލެސިކް، ގޯލްޑް އަދި ޕްލެޓިނަމް ކާޑުތަކުގެ ޑޮލަރު ލިމިޓު ފެބްރުއަރީ 1، 2026، އިން ފެށިގެން ބޮޑުކޮށްދެއްވާނެ ކަމަށެވެ.

"ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ،" މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު އަންނަ އަހަރުން ފެށިގެން ބޮޑުކޮށްދެއްވާނެކަން މުއިއްޒު މިއަދު އިއުލާނު ކުރެއްވިއިރު، ޑެބިޓު ކާޑު ބޭނުންކޮށްގެން ބޭރު ގައުމުތަކުގައި ވިޔަފާރި ކުރެވޭ އަދަދު ވެސް އަންނަ ނޮވެމްބަރު 11، އިން ފެށިގެން އިތުރުވާނެ ކަމަށް އެމަނިކުފާނު ވަނީ ސެޕްޓެމްބަރު 22، ގައި އިއުލާނު ކުރައްވައިފަ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް މިފަހުން ކުރެއްވި ދަތުރުގެ ތެރެއިން މ. މުލީގައި ހުންނަވައި ވާހަކަދައްކަވަމުން މުއިއްޒު އިއުލާނު ކުރެއްވީ މައިގަނޑު ތިން ބޭނުމަކަށް ވިޔަފާރި ކުރެވޭ އަދަދު އިތުރު ކުރުމަށެވެ.

އެއީ ބޭރު ގައުމުތަކުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރެވޭ އަދަދު 1،000 ޑޮލަރަށް، އަދި އެއާލައިން ޓިކެޓާއި ހޮޓާތަކަށް ލާރި ދެއްކުމާށް ކާޑުން ދެއްކޭ އަދަދު 3,000 ޑޮލަރަށް އިތުރު ކުރުމެވެ.

އޭގެއިތުރުން ހަމަ އެ ތާރީހުން ފެށިގެން ބޭސްފަރުވާއަށް ބޭރަށް ދާ ފަރާތްތަކުން ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ޑެބިޓު ކާޑު މެދުވެރިކޮށް ދެއްކުމަށް ބޭންކުގައި އެދުމުން އެ ފައިސާ ވެސް ޑެބިޓު ކާޑުން ކެނޑޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބީއެމްއެލްގެ ޑެބިޓު އަދި ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުކުރާނެކަން އިއުލާނު ކުރި ނަމަވެސް، ދިވެހިން އާންމުކޮށް އޮންލައިންކޮށް ވިޔަފާރި ކުރާ ބައެއް ވެބްސައިޓުތަކުން ޑެބިޓު ކާޑު މެދުވެރިކޮށް ވިޔަފާރި ކުރާއިރު، 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލްއިން އޮތީ މީގެ ކުރިން ނިންމައިފަ އެވެ.

އެހެންކަމުން ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓު ބޮޑު ކުރި ނަމަވެސް އެ ވެބްސައިޓުތައް މެދުވެރިކޮށް ވިޔަފާރި ކުރާއިރު، ހަމަ އެ 30 ޕަސެންޓު އަދިވެސް ދައްކަންޖެހޭނެ އެވެ.

މި ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް ސަރުކާރުން އިއުލާނު ކުރަމުންދާއިރު އިދިކޮޅު އެމްޑީޕީން ދަނީ އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުންނެވެ.

އެމްޑީޕީން މުޒާހަރާއަށް ތައްޔާރުވަމުން ދަނިކޮށް އިއްޔެ ސަރުކާރުން ވަނީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހައިތަނަށް މުސާރަ ބޮޑުވެފައި ނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު 1، ގައި އެއްހަމަ ކުރެވި ބޮޑުވެގެންދާނެކަން އިއުލާނު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox