ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ފިނޭންސްގައި ނެތް ކަމަށް ބުނެ ދޮގު ހަދައިފި

ރައީސް މުއިއްޒު އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރައީސް މުއިއްޒު އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ދައުލަތުގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ މުވައްޒަފުންގެ ލިޔެކިޔުން ވަކިން ބަލަހައްޓަމުން ނުދާތީ ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ އަޑުއެހުމުގައި ދޮގު ހަދައިފި އެވެ.

އައިކޮމްއަށް މި މައްސަލަ ހުށަހެޅި އައިކު އަހްމަދު އީސާ އެވެ. އޭނާ ފިނޭންސްގައި އެދުނީ މާޗު 13، 2025 އާ ހަމައަށް ދައުލަތުން މުސާރައަށް ކޮށްފައިވާ ހަރަދުގެ ތެރެއިން ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު ހޯދުމަށެވެ. އެގޮތުން، މުވައްޒަފުންގެ އަދަދާއި މުސާރަ އާއި އިނާޔަތްތަކަށް ކޮށްފައިވާ ހޭދަ ހޯދުމަށް އައިކު އެދިފައިވެ އެވެ.

އެ މައުލޫމާތު ފިނޭންސުން ނުދިނުމުން އައިކޮމްއިން ބެލި މައްސަލައިގެ އަޑުއެހުމުގައި ފިނޭންސްގެ ފަރާތުން ބައިވެރިވީ އެ މިނިސްޓްރީގެ ލީގަލް އޮފިސަރެވެ. އޭނާ އެ އަޑުއެހުމުގައި ދެއްކި ވާހަކަތަކަށް ބަލާއިރު ފިނޭންސުން އަދިވެސް އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާކަން އެނގެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވިދާޅުވި ގޮތުގައި އެ މައުލޫމާތަކީ ދައުލަތުގެ ކޮންމެވެސް އިދާރާއެއްގައި ހުންނަން ޖެހޭ މައުލޫމާތެކެވެ. ދައުލަތުގެ ހުރިހާ މާލިއްޔަތުގެ ކަންކަމެއް ބަލަހައްޓަނީ ފިނޭންސުން ކަމަށްވެފައި އެ މައުލޫމާތު ހުރި އިދާރާއެއް އެ މިނިސްޓްރީއަށް އެނގެން ވާނެ ކަމަށް އާހިދު ވިދާޅުވި އެވެ.

ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް މުސާރަ ޝީޓު ތައްޔާރު ކުރުމަށް ފަހު ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ. އެ ކަމަށް ފިނޭންސްގެ ފަރާތުން ބައިވެރިވި ލީގަލް އޮފިސަރު ވެސް އެއްބަސްވި އެވެ. އެއާއެކު އާހިދު ވިދާޅުވީ ހުރިހާ އިދާރާއެއްގެ މުސާރަ ޝީޓު ފިނޭންސްގައި ހުންނަންވާނެ ކަމަށެވެ.

"ތި ބޭފުޅުން ތި ވިދާޅުވަނީ ތި ބޭފުޅުންނަށް އެނގޭކަށެއް ނޯންނާނެ ސިޔާސީ މުވައްޒަފުންނަކީ ކޮބައިކަމެއް؟" އާހިދު ސުވާލު ކުރެއްވި އެވެ.

"އާދެ، ސިޔާސީ މުވައްޒަފުންނާއި އެހެން މުވައްޒަފުން އަޅުގަނޑުމެންނަށް ވަކި ނުކުރެވޭ،" ލީގަލް އޮފިސަރު ޖަވާބު ދެއްވި އެވެ.

ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަގާމާއި، މުސާރަ އާއި، އިނާޔަތްތަކާއި، އައްޔަންކުރި ތާރީހު އެ މިނިސްޓްރީއަށް އެނގޭނެ އެވެ. ވަކިން ހާއްސަކޮށް ސިޔާސީ ގޮތުން އައްޔަންކުރާ މުވައްޒަފުންނަކީ ކޮންމެ ފަސް އަހަރަކުންހެން ބަދަލުވާ ބަޔަކަށްވުމާއެކު އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީގައި ހުންނާނެ އެވެ.

މިފަދަ މުހިންމު މައުލޫމާތެއް ފިނޭންސްގައި ނެތް ކަމަށް ބުނެ އޮޅުވާލުމަކީ އެ މިނިސްޓްރީއަށް މާލިއްޔަތު ގާނޫނާއި ގަވާއިދުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރެވޭ ކަމުގެ ސާފު ހެއްކެކެވެ. އެ މައުލޫމާތު އެ މިނިސްޓްރީގައި ހުންނާނެ ކަމަށް ތަފާތު އެކި މަސްދަރުތަކުން ޔަގީންކޮށްދިނެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް، އެ ނަންބަރު ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި އެ އަދަދު ހުރީ 2،000 އަށްވުރެ މަތީގަ އެވެ.

ހުރިހާ ކަމެއް ހާމަކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ މި ސަރުކާރުގެ އެންމެ ބޮޑު ސިއްރަކަށް ވެފައިވަނީ ސިޔާސީ މުވައްޒަފުންގެ އަދަދެވެ. ރަށްރަށުގެ ކުޅިވަރު ސްޓޭޑިއަމްތައް ބެލެހެއްޓުމާއ، ހޮސްޕިޓަލްތައް ބެލެހެއްޓުމާއި، ފަޅު ރަށްރަށް ބެލެހެއްޓުމަށް ވެސް ސިޔާސީ މުވައްޒަފުން ބޮޑު މުސާރަ ދީފައި އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox