ހުލާސާކޮށް އިއްޔެ: މުއިއްޒުގެ އިންޒާރެއް

Sep 20, 2025, 1:33 AM
ވ. ފެލިދޫގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ވ. ފެލިދޫގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ކުރުމުގެ ހައްގު ނިގުޅަައިގަތުމަށް ފާސްކުރި ގާނޫނަށް ބޯނުލަނބާނެ ކަމަށް ނޫސްވެރިން ބުނަމުން ދަނިކޮށް ގާނޫނަށް ގޮންޖަހައި އެއަށް ތަބާނުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ހަރުކަށި އިންޒާރެއް ރޭ ދެއްވި އެވެ.

މުއިއްޒުގެ ފުރިހަމަ ބާރު ހިނގާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު ތަންފީޒުކުރަން ވަނީ ފަށާފަ އެވެ. ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން އެ ގާނޫނަށް ގޮންޖަހައި "ފްރީ ޕްރެސް ކައުންސިލެއް" އެކުލަވާލަން ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

ފަހުގެ ތާރީހެއްގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމަށް އެންމެ ބޮޑު ހަމަލާއެއް ދެއްވުމަށް ފަހު ފުރަތަމަ ފަހަރަށް އެކަމާ ގުޅޭގޮތުން މުއިއްޒު ދެއްކެވި ވާހަކަތަކުގައި ވެސް ދެއްވީ ހަރުކަށި އިންޒާރެކެވެ. ގާނޫނުއަސާސީގެ ތަރަހައިގެ ބޭރުން އަދި ގާނޫނު ހެދުމުގެ އިޖުރާއަތްތަކާ ހިލާފަށް އެކުލަވާލި ގާނޫނުގެގެ ނަން ވިދާޅުވި ނަމަވެސް ރޭ ފެލިދޫގައި މުއިއްޒު ނޫސްވެރިންނަށް ދެއްވީ އިންޒާރެކެވެ.

"އެކަކަށް ވެސް ގޮންޖަހާލާފައި ގާނޫނަކާ ހިލާފަށް މިތާކު، ގާނޫނަކަށް ތަބައެއް ނުވާނަމޭ ބުނެފައި އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން. އެއީ އަޅުގަނޑަށް އޮތް ފުރުސަތެއް ނޫން، އަޅުގަނޑަށް ކޮށްގެން ހުރި ހުވާގައި ހުރި ފުރުސަތެއް ނޫން އެއީކީއެއް،" ވަރަށް އަޑަށް ބާރު ލައްވާފައި މުއިއްޒު ވިދާޅުވި އެވެ.

ޣައިރު ދުސްތޫރީ ގާނޫނަކަށް ތަބާނުވާން ނިންމުން މުއިއްޒު ސިފަކުރެއްވީ ޖަންގަލީގެ އުސޫލުގެ ގޮތުގަ އެވެ. ސަރުކާރު ނުރުހޭ ގޮތަށް ހިޔާލު ފާޅުކުރާ މީހުން މި ބިލާއެކު ފެތޭނީ "ގައުމީ ސަލާމަތުގެ ގޮޅިއަކަށް" ނުވަތަ "ނަފްރަތު ފެތުރުމުގެ ގޮޅިއަކަށް" ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. އަހްމަދު އަލީ ސަވާދު ވެސް ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ ވަކީލުން އަންނަނީ މި ބިލަކީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތަކެއް ހިފެހެއްޓޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނަމުންނެވެ.

"އެކަމެއް ކުރުމުގެ ފުރުސަތު ނުދޭނަން އަޅުގަނޑެއް. އަޅުގަނޑު އިރާދުކުރެއްވިއްޔާ މި ދައްކާ ވާހަކައެއް މި ދައްކަނީ މި ދެއްކެނީ ކޮން ވާހަކައެއްކަން ވަރަށް ރަނގަޅަށް އެނގި ހުރެ ހިތުގެ އެންމެ ފުންމިން ގަބޫލުކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އިއްޔެ މުއައްސަސާއެއް އުފައްދަވާފަ އެވެ. އެއީ މީޑިއާތައް ކޮންޓްރޯލްކޮށް ހިޔާލުގައި ތަޅު އެޅުވުމުގެ އެންމެ އިސް ޒިންމާ އަދާކުރާނެ ކޮމިޝަނެވެ.

ނޫސްވެރިންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ އަމިއްލަ ނިޒާމެއް ގާއިމުކުރަން ފާސްކުރުމުގެ އިތުރުން ގާނޫނު ބާތިލްކުރަން ހައިކޯޓަށް ހުށަހެޅުމާއި އަލަށް އުފައްދާ މީޑިއާ ކޮމިޝަންގެ އިންތިހާބު ބޮއިކަޓުކުރަން ބާރު އެޅުން އަދި ސެޕްޓެމްބަރު 16 ވަނަ ދުވަހު ފުލުހުން ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ އާއި ނޫސްވެރިންގެ މުދަލަށް ގެއްލުން ދިން މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރަ ވެސް ނޫސްވެރިން އޮތީ ފާސްކޮށްފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox