މިނިވަން ހިޔާލު މަނާ ކުރާ ބިލާއެކު ބޭރުގެ ޕްރެޝަރު ބޮޑުވެ، ބިލުގެ ހަގީގަތް އޮޅުވާލަން ސަރުކާރުން ސޯޝަލް މީޑިއާއަށް

Sep 17, 2025, 2:46 PM
ހާރިޖީ ވަޒީރު ހަލީލު: މަސައްކަތް ކުރައްވަމުން ގެންދަވަނީ ބިލުގެ ހަގީގަތް ފޮރުވަން -- ފޮޓޯ: އަދަދު ފައިލް

ހާރިޖީ ވަޒީރު ހަލީލު: މަސައްކަތް ކުރައްވަމުން ގެންދަވަނީ ބިލުގެ ހަގީގަތް ފޮރުވަން -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސް ކުރި މިނިވަން ހިޔާލާއި ނޫސްވެރިކަން މަނާ ކުރާ ބިލުގެ ސަބަބުން ބޭރު ގައުމުތަކުން ސަރުކާރަސް ކުރާ ޕްރެޝަރު ބޮޑުވެ، ބިލުގެ ހަގީގަތް އޮޅުވާލަން ސަރުކާރުގެ އިސް އޮފިޝަލުން ސޯޝަލް މީޑިއާގައި ލިޔަން ފަށައިފި އެވެ.

ސަރުކާރުން ބިލު ފާސް ކުރުމާއެކު ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ވަނީ މިނިވަން ހިޔާލާއި ނޫސްވެރިކަން ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް ދިވެހި ސަރުކާރަށްް ފާޅުގައި ގޮވާލައިފަ އެވެ. އޭގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް ބިލުގެ ކަންބޮޑުވުން ސަރުކާރާ ހިއްސާކުރި ކަން މި ނޫހަށް އެނގިފައިވެ އެވެ.

އޭގެ ފަހުން، ބިލު ދިފާއުކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވެރިން ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރައްވަމުންނެވެ. އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ލީޑަރުން ކުރައްވަމުން ގެންދަވާ ޕޯސްޓުތަކަށް ވެސް ސަރުކާރުން ދަނީ ރައްދު ދެމުންނެވެ.

އެ ބިލާ ގުޅޭ ދެ ޕޯސްޓެއް ހަލީލު ކުރައްވާފައިވެ އެވެ. އެ ދެ ޕޯސްޓުގައި ވެސް ބުނެފައި ވަނީ ބިލުގެ މައިގަނޑު މަގްސަދަކީ މީޑިއާ ރެގިއުލޭޓް ކުރަން މިހާރު އޮންނަ ކޮމިޝަނާއި ކައުންސިލުގެ މަސައްކަތް އެއް ކޮމިޝަނެއްގެ ދަށަށް ގެނައުން ކަމަށެވެ.

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ މީޑިއާ ރެގިއުލޭޓް ކުރަން މިނިވަން އެއް ކޮމިޝަނެއްގެ ދަށަށް ގެނެސްދޭ ބިލެއް. އެ ކޮމިޝަނުގެ މެޖޯރިޓީ މެންބަރުންނަކީ ސީދާ މީޑިއާތަކުން އިންތިހާބު ކުރާ މެންބަރުން. އޭގެ ސަބަބުން ޓްރާންސްޕޭރަންސީ އިތުރުވެ، ސަރުކާރުގެ ކޮންޓްރޯލް މީޑިއާއަށް ނެތްކަން ކަށަވަރުވާނެ،" ހަލީލު ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން ހަލީލު ބަހުގެ ހަމަލާއެއް ދެއްވީ އިދިކޮޅު އެމްޑީޕީއަށެވެ. އެމްޑީޕީގެ ވެރިކަމުގައި ނޫސްވެރިކަން އޮތް ކަމަށް ހަލީލަށް ގަބޫލު ކުރެވޭ ގޮތުގެ ވާހަކަ ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައި އޮތެވެ. ނަމަވެސް ބިލުގައި ހުރި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއްގެ ވާހަކައެއް ހަލީލު ނުދައްކަވަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ އެ ބިލުގެ ދިފާއުގައި މިއަދު ވާހަކަ ދައްކަވައިފަ އެވެ. މިއަދު ޝާއިއު ކުރި މުއިއްޒުގެ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު އެ ބިލު ސިފަ ކުރެއްވީ "ހިތަށް އަންނަހާ އެއްޗެއް" ލިޔުން މަނާ ކުރާނެ ބިލެއްގެ ގޮތުގަ އެވެ.

"ހަމަ ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އޭގެ ހަގީގަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އަޅުގަނޑު ހިތުން އިންސާނަކަށް ވީތީ ވެސް ކުރެވޭނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

ބިލު ފާސް ކުރުމާއެކު އެމެރިކާ އެމްބަސީއިން ގޮވާލީ މިނިވަން ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަން ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާނެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ތަފާތު އަދި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް،" އެމްބަސީއިން ބުނެފައިވެ އެވެ.

ހަލީލުގެ އިތުރުން މެންބަރު މުހައްމަދު އިބްރާހިމް، އިމްރާން ލަތީފް، މުހައްމަދު ސިނާން، އިބްރާހިމް ސުޖާއު، މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު، ޣައްސާން މައުމޫން، އަބްދުﷲ ރިފާއު، މޫސާ ޒަމީރު، ތޯރިގު އިބްރާހިމް އަދި އަބްދުﷲ މުއްތަލިބު ވެސް ވަނީ ބިލު ދިފާއުކޮށް ވާހަކަ ދައްކަވައިފަ އެވެ.

އޭގެ އިތުރުން ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިބި ވަރަށް ގިނަ ބޭފުޅުން ވެސް ގެންދަވަނީ މިނިވަން ހިޔާލު މަނާ ކުރާ ބިލު ދިފާއު ކުރައްވަމުންނެވެ.

އިއްޔެ ފާސް ކުރި ބިލުގައިވާ ގޮތުން ނޫސްތަކާއި އިންޓަނެޓު ރެގިއުލޭޓް ކުރަން ކޮމިޝަނެއް އުފައްދަންޖެހެ އެވެ. އެ ކޮމިޝަނުގައި ތިބެނީ މަޖިލީހުން އައްޔަން ކުރާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންނެވެ.

ބިލުގައިވާ ގޮތުން، ދޮގު ހަބަރާއި މައުލޫމާތަކީ ކޮބައިކަން ކަނޑައަޅާނީ އެ ކޮމިޝަނުންނެވެ. ނޫސްތައް ޖޫރިމަނާކޮށް، ރަޖިސްޓްރީ ބާތިލު ކުރުމުގެ ބާރު ވެސް އެ ކޮމިޝަނަށް ވަނީ ދީފަ އެވެ. އަދި ނޫސްތަކުގެ އެޑިޓަރުންގެ ކޮލިފިކޭޝަން ވެސް ކަނޑައަޅަނީ އެ ކޮމިޝަނުންނެވެ.

އެ ބިލުން އިންޓަނެޓު ރެގިއުލޭޓް ކުރާތީ ކަންބޮޑުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ. ބިލުގައި ބަދަލު ކުރަންޖެހޭ ގިނަ ކަންކަން ހުރި ކަމަށް މޯލްޑިވްސް ބާ ކައުންސިލުން ވެސް ބުންޏެވެ. އަދި ބިލު ފާސް ނުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި ނޫސްވެރިން ދިޔައީ ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox