ރިޔާސީ ދައުރު ދަންމާލުމަކީ ގޯސް ކަމެއް ނޫން ކަމަށާއި ދައުރު ދަންމާލަން ތާއީދު ކުރާ ކަމަށް ޖަނާބު ވިދާޅުވެއްޖެ

Sep 14, 2025, 11:07 AM
މުއިއްޒު އާއި ޖަނާބު ސަލާމް ކުރައްވަނީ: ޖަނާބު ވިދާޅުވީ ދައުރު ދަންމާލުން ގޯސް ނޫން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު އާއި ޖަނާބު ސަލާމް ކުރައްވަނީ: ޖަނާބު ވިދާޅުވީ ދައުރު ދަންމާލުން ގޯސް ނޫން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ދައުރު ފަސް އަހަރަށް ވުރެ ދިގުކޮށް ދަންމާލުމަކީ ގޯސް ކަމެއް ނޫން ކަމަށާއި ދައުރު ދަންމާލަން އޭނާ ތާއީދު ކުރައްވާ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.

"މެންދުރު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖަނާބު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ ރަނގަޅު ކަންތައް ފަހުން އަންނަ ސަރުކާރަކުން ބަދަލުކޮށްފާނެ ކަމަށެވެ. އެހެންވިޔަ ނުދިނުމަށް ރިޔާސީ ދައުރު ދަންމާލުމަކީ މަައްސަލައެއް ނޫން ކަމަށް ޖަނާބު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ގްރޭޓާ ގުޑް، އިނގޭތޯ، ރަނގަޅު ކަލެކްޓިވް ފައިދާއަށްޓަކައި ރާއްޖޭގެ ދައުރު މިދަންނަވާހެން ދަމާލުމަކީ ވެސް ގޯސްކަމެއް ނޫން، އިނގޭތޯ. އެކަމަކީ ހަމަ މަޝްވަރާ ކުރެވިދާނެ ކަމެއް. އަޅުގަނޑު ދެކެނީ އެއީ ހަމަ ރަނގަޅު ކަމެއް ކަމަށް،" ޖަނާބު ވިދާޅުވި އެވެ.

ރިޔާސީ ދައުރު ދަންމާލަން ސަރުކާރުން ވިސްނާތޯ އަދި އެ މަސައްކަތް ފަށަން ޖަނާބު ގަސްދުކުރައްވަންތޯ ސުވާލު ކުރުމުން އޭނާ އެ ޕްރޮގްރާމުގައި އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. އޭގެ ބަދަލުގައި ވިދާޅުވީ ރިޔާސީ ދައުރު ދަންމާލަން އޭނާ ތާއީދު ކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމަށް ބޭނުންވާނެ، އިނގޭތޯ. އެކްސްޕާޓް އޮޕީނިއަން ބޭނުންވާނެ، ކެބިނެޓުގެ މަޝްވަރާ ބޭނުންވާނެ، މަޖިލީހުގެ މަޝްވަރާ ބޭނުންވާނެ،" ޖަނާބު ވިދާޅުވި އެވެ. "އަޅުގަނޑު ތި ހިޔާލަށް އަނެއްހެން ދަންނަވަންޏާ ތާއީދު ކުރަން، އިނގޭތޯ އަޅުގަނޑު ދެކޮޅެއް ނޫން ތިކަމާ."

ރިޔާސީ ދައުރު ދަންމާލުމުގެ ވާހަކަ ޖަނާބު ދެއްކެވިއިރު، ރިޔާސީ ދައުރު އިތުރު ކުރަން އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދެވިދާނެ ކަމަށް ބުނާ ބިލެއް އޮތީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާނަމަ ނުވަތަ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އެވެ.

އާންމުންގެ ވޯޓަކަށް ދެވޭ ކަންކަމުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރައީސުލްޖުމްހޫރިއްޔާ ދައުރު، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް، މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތް އަދި ދިވެހިރާއްޖޭގެ ސަރަހައްދު ބަދަލު ކުރުން ހިމެނެ އެވެ.

އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމުންގެ ވޯޓަކަށް ދިޔުމަށް މަޖިލީހަށް ނިންމިދާނެ އެވެ. އަދި ގައުމީ މުހިންމު މައްސަލައެއްގައި ރައްޔިތުން ދެކޭ ގޮތް ހޯދުމަށް ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ އެވެ. ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލު ކުރުމާ ގުޅޭ އާންމު ވޯޓު ނެގުމަށް ނިންމޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox