ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރުމުގެ ވިސްނުން މުއިއްޒު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ޕީއެންސީން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވާހަކަ ދައްކަވަނީ. މި ދުވަސްކޮޅު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކަތަކަކީ މެންބަރުންނަށް ކުރާ ހަރަދުގެ ވާހަކަ ---- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ޕީއެންސީން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވާހަކަ ދައްކަވަނީ. މި ދުވަސްކޮޅު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކަތަކަކީ މެންބަރުންނަށް ކުރާ ހަރަދުގެ ވާހަކަ ---- ފޮޓޯ: އަދަދު ފައިލް

އާންމުންގެ މެދުގައި ސަރުކާރަށް އޮތް ތާއިދު ކުޑަވަމުން ދާއިރު، ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދެމުންދާ އިނާޔަތްތައް ކުޑަކުރުމުގެ ވިސްނުން ރައީސް މުހައްމަދު މުއިއްޒު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސްވެރިންނާ ހިއްސާކުރައްވައިފި އެވެ.

މަޖިލީހުގެ ކުރީގެ މެންބަރުންނާއި ރައީސުންނަށް ދެމުން އަންނަ އިނާޔާތްތައް ކުޑަކުރަން ނުވަތަ ކަނޑާލުމުގެ ބަހުސް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ. އަލުން އަނެއްކާ މި ބަހުސް ތިލަވި ދަނޑިވަޅަކީ ތަކެތީގެ އަގުތައް ބޮޑުވެ، އަތްމަތި ދަތިވަމުންދާތީ އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެކެވެ.

"އަޅުގަނޑަށް ފެންނަނީ މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބަވާ ކުރީގެ އެމްޕީންނަށް މިހާރު ގާނޫނުން ދޭ ފައިސާގެ އަދަދު މަދުކުރަން. އަދި ކުރީގެ ރައީސުންނަށް ދޭ އަދަދު މަދުކުރަން. ރައްޔިތުން އެދެނީ އެ ގޮތް. އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން، ޚާދިމުން،" ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިއްބަވާ ގްރޫޕެއްގައި އެހެން ބޭފުޅުންގެ ހިޔާލަށް އެދިވަޑައިގެން މުއިއްޒު އިއްޔެ ލިޔުއްވި އެވެ.

މުއިއްޒު އެހެން ލިޔުއްވުމާއެކު ގިނަ މެންބަރުން ވަނީ އެ ހިޔާލަށް ތާއީދު ކުރައްވާފަ އެވެ. މެންބަރުންގެ ކަންބޮޑުވުމަކަށް އޮތީ އެހެން ދާއިރާތަކުން ވެސް ޑަބަލް ޕެންޝަން ލިބޭއިރު އެ ޕެންޝަންތައް ނުކަނޑައި މެންބަރުންގެ އިނާޔަތް ކުޑަކުރަން ވިސްނުމެވެ.

މެންބަރުންގެ އިނާޔަތް ކުޑަކުރުމުން ކުރިއަށް އޮތް އިންތިހާބުތަކުގައި ޕީއެންސީއަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. މިއީ ނޫސްވެރިންގެ ޕްރެޝަރާ ގުޅިގެން ކުރާ ކަމެއްގެ ގޮތުގައި ބައެއް މެންބަރުން ސިފަކުރެއްވި އެވެ.

މިހާރު އެކްސްގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން ހާމަވެފައިވާ ގޮތުގައި މަޖިލީހުން ކުރީގެ މެންބަރުންގެ ހެލްތު އިންޝޫރެންސަށް 2014 އިން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް 18.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެ އިނާޔަތްތައް ކަނޑާލަން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވީއައިޕީ ހިދުމަތްތައް މެންބަރުން ބޭނުންކުރާތީ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ވިހި ވަނަ މަޖިލީހުގެ މެންބަރުން ފުރަތަމަ 14 މަސްދުވަހުގެ ތެރޭގައި 1.4 މިލިއަން ރުފިޔާ ވީއައިޕީ ހިދުމަތަށް ބޭނުންކުރިއިރު ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އެ ކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި ނުވެ އެވެ.

މަޖިލީހުގެ މެންބަރުންނަށް ދޭ އިނާޔަތްތައް

މަޖިލީހުގެ މެންބަރުންނަށް އިނާޔަތާއި ހެލްތު އިންޝޫރެންސް ލިބެނީ 2013 ވަނަ އަހަރު ފާސްކުރި އިމްތިޔާޒުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ 8 ވަނަ މާއްދާގެ ޅ. ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝޫރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށެވެ.

މެންބަރުން މާލީ އިނާޔަތަށް ކޮލިފައި ވަނީ މެންބަރުކަމުން ވަކިވުމަށް ފަހު އަދި 55 އަހަރު ފުރުމުންނެވެ. އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 ޕަސެންޓު އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 ޕަސެންޓު ދެ އެވެ. މުސާރައިގެ 30 ޕަސެންޓަރީ 12،750ރ. އެވެ. 45 ޕަސެންޓަކީ 19،125ރ. އެވެ.

ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އިނާޔަތް އޮންނަނީ ނުލިބޭ ގޮތަށެވެ. އެ އިނާޔަތް ލިބޭނަމަ އެހެން ޕެންޝަނެއް ނުލިބޭނެ ކަމަށް ގާނޫނު ބަޔާންކުރެ އެވެ. އޭގެ އިތުރުން ހެލްތު އިންޝުއަރެންސާއި އޮފިޝަލް ޕާސްޕޯޓެއް ވެސް ކުރީގެ މެންބަރުންނަށް ލިބެ އެވެ.

ކުރީގެ ރައީސުންނަށް ދޭ އިނާތްތައް

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދައުލަތުން އިނާޔަތް ދެނީ 2009 ވަނަ އަހަރު ފާސްކުރި "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނު" ގެ ދަށުންނެވެ.

އެ ގާނޫނުގައި ބުނާ ގޮތުން އެއް ދައުރު އަދާކުރި މީހަކަށް މަހަކު 50،000ރ. އަދި ދެ ދައުރު އަދާކުރި މީހަކަށް 75،000ރ. ގެ މާލީ އިނާޔަތެއް ދޭން ޖެހެ އެވެ. އެ މީހަކު މަރުވެއްޖެނަމަ، އެ މީހާގެ އަނބިމީހާއަށް، އޭނާ އެހެން ކައިވެންޏެއް ކުރަންދެން ނުވަތަ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އެ އިނާޔަތް ދޭން ޖެހެ އެވެ.

ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށް 50،000ރ. ގެ އިނާޔަތެއް މަހެއްގެ މައްޗަށް ދޭއިރު ދަތުރުފަތުރުގެ ހަރަދު ވެސް ދައުލަތުން ހަމަޖައްސައިދެ އެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ވެސް ކުރީގެ ރައީސުންނަށް ލިބެ އެވެ.

އޭގެ އިތުރުން އޮފީސް ހިންގަން މަހެއްގެ މައްޗަށް 175،000ރ. ގެ އިނާޔަތެއް ކުރީގެ ރައީސުންނަށް ލިބެ އެވެ.

ޕީއެންސީގެ މެންބަރުންގެ ވިސްނުން

މި ދެ ގާނޫނަށް ބަދަލު ގެނައުމާމެދު ޕީއެންސީގެ މެންބަރުންގެ ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް މުއިއްޒު ވަޓްސްއަޕް ގުރޫޕްގައި ލިޔުއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކަމަށް 100 ޕަސެންޓު ތާއިދު ކުރެއްވި އެވެ. އަދި ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއާއެކު ގިނަ އަދަދެއްގެ މެންބަރުން މުއިއްޒުގެ ހިޔާލަށް ތާއިދު ކުރައްވާ ކަމަށް ގްރޫޕުގައި ލިޔުއްވި އެވެ.

ވަޓްސްއަޕް ގްރޫޕްގައި ތާއިދު ކުރެއްވި ނަމަވެސް އެ ބަދަލު ގެންނަން ޕީއެންސީގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ދެކޮޅު ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި އެވެ.

"ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ރައީސްގެ ހިޔާލާ ދެކޮޅު. ނަމަވެސް އެ ބޭފުޅުންނަށް ވަޓްސްއަޕް ގްރޫޕްގައި އެހެން ލިޔުއްވަން ކެރިވަޑައިނުގަންނަވަނީ،" މެންބަރަކު ވިދާޅުވި އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކެވި އެހެން މެންބަރަކު ވިދާޅުވީ އެ އިނާޔާތް ދިނުން ހުއްޓާލައިފި ނަމަ ނުވަތަ އިނާޔަތާ ކުޅެފި ނަމަ މިހާރަށް ވުރެ ބޮޑަށް ސަރުކާރުގެ ތާއިދު ދަށަށް ދާނެ އެވެ.

މުއިއްޒު ހިޔާލާ ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ހަމައެކަނި އިނާޔަތް ކުޑަކުރަން ޖެހެނީ މަޖިލީހުގެ މެންބަރުންގެ ނޫން ކަމަށާއި، މެންބަރުންގެ އިނާޔަތްތައް ކުޑަކުރާނަމަ ފުލުހުންނާއި ސިފައިން އަދި ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރާ މީހުންގެ އިނާޔަތް ވެސް ކުޑަކުރަންޖެހެ އެވެ. އަދި ޑަބަލް ޕެންޝަންގެ މައްސަލަ ވެސް ހައްލުކުރަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox