ގދ، ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ

ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް: އެ ރަށުގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލާން މާދަމާ ހުޅުވާލާނެ -- ފޮޓޯ: އަދަދު ފައިލް

ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް: އެ ރަށުގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލާން މާދަމާ ހުޅުވާލާނެ -- ފޮޓޯ: އަދަދު ފައިލް

ގދ. ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލާން މާދަމާ ހުޅުވާލާނެ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލާނީ ސެޕްޓެމްބަރު 7، ގެ ހެނދުނު 09:00 އިން ފެށިގެން ނޮވެމްބަރު 7، ގެ 23:59 ގެ ނިޔަލަށް ކަމަށެވެ.

ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލެވޭ އުސޫލު މިދިޔަ ބުދަ ދުވަހު މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ.

އެ ރޯހައުސްއަކީ ތިން ކޮޓަރިއާއި، ތިން ފާހާނާއާއި، އެއް ބަދިގެއާއި، އެއް ސިޓިންރޫމް ހިމެނޭގޮތަށް 1451.12 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްގައި ދެ ބުރިއަށް އިމާރާތްކުރެވޭ އަދި ފުލޯ އޭރިއާގައި 715.83 އަކަ ފޫޓު ހުންނަ ގޮތަށް އިމާރާތްކުރާ ރޯހައުސްތަކެވެ.

ރޯހައުސްއަށް އެދި ތިނަދޫ ރަށްވެހިންގެ އިތުރުން ތިނަދޫއަށް ހިޖުރަކޮށް އެ ރަށުގައި މެދުނުކެނޑި 10 އަހަރުވަންދެން ދިރިއުޅޭ މީހުންނަށް ކުރިމަތިލެވެ އެވެ.

ނަމަވެސް ކުރިމަތިލާ މީހާ އަތުގައި ބިމެއް އޮތް ނަމަ ޝަރުތު ހަމަނުވާ ގޮތަށް ވަރަށް ބޮޑަށް އުސޫލުން ވަނީ ހަނިކޮށްފަ އެވެ.

ޕޮއިންޓް ދޭއިރު ދިރިއުޅުމުގެ ހާލަތާއި ދަރިންނާއި ޝަރުއީ ގޮތުން ބެލުން ހަވާލުވެގެން ހުންނަ 18 އަހަރުން ދަށުގެ ކުދިންގެ އަދަދާއި ހާއްސައެހީއަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތެއް ބަލަހައްޓުމުން ދިއުމަށް ރިއާޔަތްކުރެ އެވެ.

ރޯހައުސްއަށް ކުރިމަތިލުމާއި އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅުމަށް ނުވަތަ މެއިލް މެދުވެރިކޮށް socialhousingprograms@infrastructure.gov.mv އަށް މެއިލް ކުރުމަށް ހައުސިން އިން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox