އައްޑޫ ސިޓީ ހިތަދޫގައި ޑޮކްޓަރެއް ނެތި މެތަޑޯން ފަރުވާދެނީ، ރައްކާތެރިއެއް ނޫން!

އާޓްވޯކް: އިސްމާއިލް އިމްދާދު

އާޓްވޯކް: އިސްމާއިލް އިމްދާދު

އައްޑޫ ސިޓީ ހިތަދޫގައި ޑޮކްޓަރެއް ނެތި މެތަޑޯން ފަރުވާދޭތީ، އެއީ ރައްކާތެރި ގޮތަކަށް ނުވާތީ އެކަމާ ގުޅިގެން ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ހިތަދޫ ކުރީގެ ހޮސްޕިޓަލުގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ހާއްސަ ޑޮކްޓަރެއް އަދި ނަރުހެއް ވެސް މިވަގުތު ނެތެވެ.

އެ ތަނުގައި މަސައްކަތްކުރި ބޭރު ޑޮކްޓަރާއި ނަރުސް މިދިޔަ މަހު ވަޒީފާއިން ވަކިވެފައިވާއިރު، ދިވެހި ނަރުސް ވަނީ އެހެން ތަނަކަށް ބަދަލުވެފައި ކަމަށް މި ނޫހަށް މައުލޫމާތު ލިބެ އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނީ ހިތަދޫ ސެންޓަރުގައި މެތަޑޯން ފަރުވާ ދިނުމަށް ކޮންމެ ދުވަހަކު ގެންނަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ނުވަތަ ސ. ހުޅުދޫ ވިލުނޫ ސެންޓަރުން ނަރުހެއް ގެނެސްގެން ކަމަށާއި ބައެއް ދުވަހު ނަރުހަކު ހަމަނުޖެހިގެން ފަރުވާ ދިނުން ލަސްވެފައިވެސް އެބަހުރި ކަމަށެވެ.

އޭނާ ބުނީ މެތަޑޯން ފަރުވާ މިހާރު ދެނީ ހުރިހާ އެންމެންނަށް އެއް ޑޯޒެއް ކަމަށާއި ހިތަދޫގައި އެކަން ކުރަނީ އެއްވެސް ރައްކާތެރި ގޮތަކަށް ނޫން ކަމަށެވެ.

"ހިތަދޫ ސެންޓަރުގެ ހާލަތު ވަރަށް ދަށް. ފަރުވާ ދެނީ ކޮންމެ ފަހަރަކު ކޮންމެވެސް ތަނަކުން ނަރުހަކު ގެނެސްގެން. ޑޮކްޓަރެއް ނުހުރޭ. މިތަނަށް ހާއްސަ ޑޮކްޓަރަކާއި ނަރުހެއް މިވަގުތު ނެތް. އެކިމީހުންނަށް އެކިޑޯޒް ދިނުމާއި އަދި ބޭސްދިނުމާގުޅިގެން އައިސްދާނޭ ސިއްހީ ނޭދެވޭ ކުއްލި ހާލަތެއްގާ ފުރާނަފުރާނަޔަށް ގެއްލުން ލިބިދާނެ. މެތަޑޯން ފަދަ ބޭހެއް ދެވޭނީ އެކަމަށް ތަމްރީން ލިބިގެންވާ މީހުންނަށް. އަދި މިފަދަ ބޭހެއް ޑޮކްޓަރަކު ނެތުދިނުން އެއީ ސިއްހީ މިންގަނޑުތަކާ މުޅިން ހިލާފު ކަމެއް،" އޭނާ ބުންޏެވެ.

ހިތަދޫ ސެންޓަރުގައި ޑޮކްޓަރެއް ނެތި ހަމައެކަނި ނަރުހެއް މެދުވެރިކޮށް މެތަޑޯން ދޫކުރުމަކީ ރައްކާތެރި ކަމަކަށް ނުވަނީ ފަރުވާ ދޭ ގަޑީގައި ދިމާވެދާނެ ހާލަތެއްގައި ފަރުވާ ދޭނެ ޕްރޮފެޝަނަލް މީހަކު ނެތުން ކަމަށް މި ނޫހަށް މައުލޫމާތު ދިން ތަޖުރިބާކާރެއް ބުންޏެވެ.

އޭނާ ބުނީ ފަރުވާގައި ތިބޭ ހުރިހާ އެންމެންނަކީ ވެސް ރަނގަޅަށް މޮނިޓާކުރާ ބަޔަކަށް ވާން ޖެހޭ ކަމަށާއި އަދި އެ ޕުރޮގުރާމް ގެ ބޮޑު އިންސައްތައަށް މެޓައެމްފެޓަމައިން ބޭނުން ކުރަމުން ދާކަން އެންގޭ ހާލަތެއްގައި ނުރައްކާއިތުރު ވާނެ ކަމަށެވެ.

"މެތަޑޯން ފަރުވާ ދޭން ޖެހޭނީ ވަރަށް ރަނގަޅަށް މޮނިޓާ ކޮށްގެން. އެ ފަރުވާ ދޭންވާނީ ނަރުހެއްގެ އިތުރުން ޑޮކްޓަރެއްގެ ވެސް ހާޒިރުގައި. ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފަރުވާ ވެސް ވަގުތުން ދެވޭ ގޮތަށް. އެހެން ނޫނިއްޔާ ފުރާނައަށްވެސް ނުރައްކާވެދާނެ،" އޭނާ ބުންޏެވެ.

"ރާއްޖޭގައި މެތަޑޯން ދެމުން މިދަނީ ބަޔަކު ސަލާމަތްކޮށް، ބޭހާއެކީދެވޭ ފަރުވާ ގެ މިންގަނޑުތަކާ މުޅިން ހިލާފަށް. ބޭހާއެކީ ދެވޭ ފަރުވާގައި ބޭހަކީ 10 ޕަސަންޓް. އެވެ އަނެއް 90 ޕަސަންޓަކީ ނަފްސާނީ އިޖްތިމާއި އެހީތެރިކަން. އެބައެއް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ނުދެވޭ."

ހިތަދޫ ސެންޓަރުގައި 100 އަށް ވުރެ ގިނަ ކްލައިންޓުންނަށް ކައުންސިލިންގެ ހިދުމަތް ފޯރުކޮށްދޭން ތިބީ އެންމެ ދެ ކައުންސިލަރުންކަން ފާހަގަކޮށްލެވެ އެވެ.

ހިތަދޫގައި ހުރި ސެންޓަރަށް ސީނިއާ ރެޖިސްޓާޑް ނަރުހެއް ހޯދުމަށް ސެޕްޓެމްބަރު 4، ގައި ވަނީ އިއުލާން ކޮށްފަ އެވެ. އެ އިއުލާނުގެ ސުންގަޑި ހަމަވާނީ ސެޕްޓެމްބަރު 15، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox