ދިރާގުގެ އަހަަރީ ފުޓްސަލް މުބާރާތުގެ 19 ވަނަ އެޑިޝަން، "ޑެސްކަޕް" 2025 މުވައްޒަފުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު ނިންމާލައިފި އެވެ.
މުބާރާރުގެ ސީއީއޯ އެންޑް އެމްޑީސް ކަޕްގެ އެއްވަނަ ޑީއެސްއެސް ޔުނައިޓެޑެވެ. ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ ފިނޭންޒެސް ޓީމާ ވާދަކޮށް ޑީއެސްއެސް ޔުނައިޓެޑެވެ.
މީގެއިތުރުން ސުޕަ ލީގުގެ ފައިނަލްގައި އާރްއޯސީއާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ސީއެންއެފްސީ އެވެ.
ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ "ވިމެންސް ފިއެސްޓާ" މުބާރާތުގެ ފައިނަލުގައި ޓެކްނޮލޮޖީ ކަނބަލުންނާއި ހިޔަލަ ޓީމުގެ ވާދަވެރި މެޗަށްފަހު ޗެމްޕިއަންކަން ހޯދީ ހިޔަލައިންނެވެ.
މުޅި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ދިރާގު މުވައްޒަފުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔަ މުބާރާތުގައި މި އަހަރު ޖުމްލަ 321 މުވައްޒަފުންނާއެކު 20 ޓީމެއް ބައިވެރިވި އެވެ.
ދިރާގުން މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، ދިރާގު އީ-ކްލަބް މެދުވެރިކޮށް ހުރިހާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގެ ބޭރުން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދިނުމެވެ.










